Support Us

ސައުދީ ޓީމާ ދެކޮޅަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅެނީ... ފޮޓޯ: އެފް.އޭ.އެމް

ސައުދީން ދިވެހި ޒުވާން ޓީމު ހަމަބިމަށް ތިރިކުރީއޭ؟

"ސައުދީން ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ހަމަބިމަށް ތިރިކޮށްފި" އެވެ. މިއީސައުދީޢަރަބިއްޔާގައި ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ސައުދީ ޓީމުއަތުން ރާއްޖޭގެ ޓީމު 9-0 އިން ބަލިވުމުން ރާއްޖޭގެ އޮންލައިން ނޫހެއްގައި ޖަހާފައި އޮތް ސުރުހީއެކެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު ހަމަބިމަށް ތިރިކުރެވޭނީ އެ ޓީމު ހަމަބިމަށްވުރެ މަތީގައި އުޅޭނަމަތާއެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ރާއްޖޭގެ ޓީމު ވަނީ ބޮޑު ތަފާތުތަކުން ބަލިވެފައެވެ. ފުރަތަމަ މެޗުގައި ކުވޭތު އަތުން ބަލިވީ 6-0 އިންނެވެ. ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވީ 5-0 އިންނެވެ. އެހެންވީއިރު ދިވެހިރާއްޖޭގެ ޓީމު ހަމަބިމަށްވުރެ މަތީގައި އުޅޭތީއެއް ނުފެނެއެވެ. ފެންނަނީ ހަމަބިމަށްވުރެ ތިރީގައި ނުވަތަ އަޑީގައި އުޅޭތީއެވެ.

ޚަބަރު ރިޕޯޓްކުރާއިރު މިހެއް ދިމާވަނީ ހަގީގީ މައްސަލައަށް ރަނގަޅަށް ވިސްނާނުލެވޭތީއެވެ. ބޮޑު ތަފާތުތަކުން ޓީމުތައް ބަލިވުމުން ބޭރުގެ މީޑިއާތަކުގައި އަދި ރާއްޖޭގައި ވެސް މިގޮތަށް ޚަބަރު ސުރުހީ ޖަހައި ޚަބަރު ރިޕޯޓްކޮށްފައި ހުންނާތީއެވެ. މި ގޮތް ބަލައިގަނެވެނީއެވެ. މި ގޮތަކީ އޭގެ ޒާތުގައި ރިޕޯޓްކުރަން ހަމަ ރަނގަޅު ގޮތެކެވެ. އެކަމަކު މިގޮތަށް ރިޕޯޓްކުރަނީ މުބާރާތެއްގައި ޓީމަކުން އެހެން ޓީމުތައް ބަލިކުރަމުން އާދަޔާ ޚިލާފު ކާމިޔާބުތަކެއް ހޯދަމުން (ހަމަބިމަށްވުރެ މަތީގައި އުޅެމުން) ދަނިކޮށް ބޮޑު ތަފާތަކުން އެ ޓީމެއް ބަލިކުރާ ހާލަތުގައެވެ.

މި ހުންނަނީ ފިލާވަޅެވެ. ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ސަރަޙައްދީ ފެންވަރުގައި ވާދަވެރި ކުޅުމެއް ނުދެއްކި ބޮޑު ތަފާތުތަކަކުން ބަލިވަމުން ދިއުމަކީ ކޮންމެ ދިވެއްސަކު ވެސް ދެރަވާނެ ކަމެކެވެ. ޚާއްޞަކޮށް ގިނަ ލަނޑުތަކެއްގެ ތަފާތުން ބަލިވުމަކީ އަދި މާ ދެރަވާނެ ކަމެކެވެ. އެ ދެރަޔާއި މޮޅީގައި ހުއްޓައި ހަމަބިމަށް ތިރިކުރި ވާހަކަ ކިޔާލައިފައި އަދި މާ ދެރަވެއްޖެއެވެ.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *