Support Us

ސުޒެއިން، ނިޒާމް، އިންމައަށް އޭ.އެފް.ސީ ޕްރޯ ކޯޗިން ލައިސަންސް ލިބިއްޖެ

ރާއްޖޭގެ މަޝްހޫރު ތިން ކޯޗަކަށް އޭ.އެފް.ސީ ޕްރޮފެޝަނަލް ކޯޗިން ލައިސަންސް ލިބުނުކަން އިއުލާންކޮށް، އެފް.އޭ.އެމްގެ ހަނދާނީ ފިލާ ދީފިއެވެ. ސަރަހައްދީ ފުޓުބޯޅަ ޖަމިއްޔާ އިން ދޭ ކޯޗިންގެ އެންމެ މަތީ ލައިސަންސް ލިބުނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒެއިނަށާއި ބުރު ސްޕޯޓްސްގެ ކޯޗު މުހައްމަދު ނިޒާމަށާއި ސުޕަރ ޔުނައިޓެޑްގެ ކޯޗު އިސްމާއިލް މަހެފޫޒު (އިންމަ) އަށެވެ.

މި ތިން ކޯޗުންނަށް އޭ.އެފް.ސީ ޕްރޮފެޝަނަލް ކޯޗިން ލައިސަންސް ލިބުމުން، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވީ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗަށްފަހު ރޭ އޮތް އިނާމު ދިނުމުގެ ރަސްމީޔާތުގެ ތެރެއިން، އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ތިން ކޯޗުންނަށް ޕްރޮފެޝަނަލް ކޯޗިން ލައިސަންސް ލިބުމުން، މި ލައިންސަންސް އޮތް ފަސް ކޯޗުން ރާއްޖޭގައި ތިބޭނެއެވެ. މީގެ ކުރިން ޕްރޯ ލައިސަންސް ހޯދައިފައި ވަނީ މުހައްމަދު ޝާޒުލީ އާއި މުހައްމަދު ޝިޔާޒު (މޯހަން) އެވެ.

ސުޒެއިން ވަނީ 2003 ވަނަ އަހަރު ވިކްޓަރީގެ ކޯޗުކަމާ ހަވާލުވެ ގައުމީ ފުޓުބޯޅަ ތަށި ތިން ފަހަރު އަދި ދެ އެފް.އޭ.ކަޕާއި މާލޭ ލީގެއް ވިކްޓަރީއަށް ހޯދައިދީފައެވެ. އޭގެ ފަހުން އޭނާ ވަނީ މާޒިޔާ އަށް އެއް ފަހަރު ގައުމީ ތަށި ހޯދައިދީފައެވެ.

އައި.އެފް.ސީން 2002 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ނިޒާމަކީ ގުރައިދޫ ޓީމަށާއި ވިޔަންސާއަށް ގިނަ ތަށިތަކެއް ހޯދައިދިން ކާމިޔާބު ކޯޗެކެވެ. އަދި މާޒިޔާގެ ކޯޗުކަމާއި ޓީ.ސީގެ ކޯޗުކަން ވެސް އޭނާ ކޮށްފައިވެއެވެ.

އިންމަކީ އަކީ 2005 ވަނަ މާޒިޔާ އިން ކޯޗިން ކެރިއަރު ފެށި، ކުރީގެ ބައިނަލްއަގުވާމީ ކުޅުންތެރިޔެކެވެ. އިންމަގެ ކޯޗުކަމުގެ ދަށުން މާޒިޔާ ވަނީ އެފް.އޭ.ކަޕް ކާމިޔާބުކޮށްފައެވެ. އިންމައަކީ ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފައްދައިފައިވާ ތަޖުރިބާކާރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *