...

Support Us

މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް އަންވަރު އިބްރާހީމު

މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން ޢަބްދުﷲ ސުލްޠާން އެ ޤައުމުގެ ބޮޑުވަޒީރުކަމަށް ކުރީގެ އިދިކޮޅު ޒަޢީމު އަންވަރު އިބްރާހީމު މިއަދު ހެނދުނު ޢައްޔަންކުރައްވައިފިއެވެ. އަދި މީގެ ކުޑަ އިރުކޮޅެއްގެ ކުރިން މަގާމުގެ ހުވާ އަންވަރު ކުރައްވައިފިއެވެ.

މެލޭޝިޔާގައި އެންމެފަހުން ބޭއްވި ޢާންމު އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް އަދި އެއްބާރުލުމަކަށް ބަރްލަމާނުގައި ވަނީ އަޣްލަބިއްޔަތު ނުލިބިފައެވެ. އަންވަރު އިބްރާހީމު ވިދާޅުވި ގޮތުގައި އޭނާ މަސައްކަތްޕުޅު ކުރައްވައިގެން އޭނާގެ ކޯލިޝަނަށް މިހާރު ވަނީ 111 ގޮނޑި ޖާމިނު ކުރެވިފައެވެ. މިއީ ސަރުކާރެއް އެކުލަވައިލުމަށް ފުދޭ އަޣްލަބިއްޔަތެކެވެ.

އަންވަރު އިބްރާހީމަކީ ބޮޑުވަޒީރުކަމުގެ ތުންފަތްމަތީގައި ހުންނަވަނިކޮށް ޖަލަށްލައި އަލުން އެނބުރި ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި ސިޔާސީ ޒަޢީމެކެވެ.

މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން ބުނާގޮތުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ބަރްލަމާނުގައި އަޣްލަބިއްޔަތު ނުލިބުމާ ވިދިގެން ރަސްގެފާނު މި މަސްއަލައިގެ ތެރެއަށް ތަދައްޚުލުވެ ވަޑައިގަތީއެވެ. އަންވަރު އިބްރާހީމުގެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބިފައިވާތީ ރަސްގެފާނު އަންވަރު އިބްރާހީމާ ބޮޑުވަޒީރުކަން ޙަވާލު ކުރެއްވީއެވެ.

ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނުގައި އައިސްފައިވެއެވެ. "މޮޅު ނުވާ ފަރާތަށް ހުރިހާ ފައިދާއެއް ނުލިބޭނެއެވެ. އެހެނަސް ގެއްލުން ލިބުނު ފަރާތަށް ހުރިހާ އެއްޗެއް ބީވެގެން ނުދާނެއެވެ." މި ބަޔާން ބުނާގޮތުގައި "ސިޔާސީ ގަނޑުބަޑުތަކުގެ ސަބަބުން ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. ހަމަޖެހުން ލިބފައިވާ ސަރުކާރަކަށް ޤައުމު ބޭނުންވެއެވެ. އިޤްތިޞާދީ މަސްރަޙު ވަރުގަދަވާނީ އޭރުންނެވެ. ޤައުމީ ތަރައްޤީ ކުރިއަށް ގެންދެވޭނީ އޭރުންނެވެ."

މެލޭޝިޔާގައި އެންމެ ފަހުން ބޭއްވުނު ޢާންމު އިންތިޚާބުގައި ސިޔާސީ އެންމެ ބޮޑ ދެ އެއްބަރުލުމަށް ވެސް ވަނީ އަޣްލަބިއްޔަތު ޙާޞިލު ނުކުރެވިފައެވެ. މީގެތެރެއިން އެއް ކޯލިޝަނަކީ އަންވަރު އިބްރާހީމުގެ ޒަޢާމަތުގެ ދަށުގައި ވާ ކޯލިޝަނެވެ. އަނެއް ކޯލިޝަނަކީ ކުރީގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނުގެ ކޯލިޝަނެވެ. މި އިންތިޚާބުގެ ކުރީގެ މަޝްހޫރު ބޮޑުވަޒީރު މަހާތީރު މުޙައްމަދަށް ވަނީ އޭނާގެ ގޮނޑި ގެއްލިފައެވެ.

އަންވަރު އިބްރާހީމުގެ މި ކާމިޔާބީއަކީ ތިން ދަހަރުގެ ސިޔާސީ ހަނގުރާމައަކަށްފަހު ލިބިވަޑައިގެންނެވި ފޮނި މޭވާއެކެވެ. މަހާތީރު މުޙައްމަދުގެ ނައިބެއް ކަމުގައި ހުންނަވަނިކޮށް ޖަލަށް ލެވުނެވެ. ޖަލުން ސަލާމަތްވެ ވަޑައިގަތުމަށްފަހު އިދިކޮޅު ޒަޢީމަކަށް ވެ ވަޑައިގެންނެވެ. އޭނާ ނޫސްވެރީންނަށް ވިދާޅުވި ގޮތުގައި ބޮޑެތި ކަންތައްތައް ކުރެވޭނީ ކެތްތެރިވެގެންނެވެ. ޢުމުރުފުޅުން 75 އަހަރުވެފައިވާ އަންވަރު އިބްރާހީމުގެ ކޯލިޝަނަށް ލިބިފައި ވަނީ 83 ގޮނޑިއެވެ. ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ މުޙްޔިއްދީން ޔާސީނުގެ ކޯލިޝަނަށް ލިބިފައިވަނީ 73 ގޮނޑިއެވެ.މެލޭޝިޔާގެ އެންމެ ޒަމާންވީ ބޮޑު ޕާޓީ އަށް ލިބުނި އެންމެ 30 ގޮނޑިއެވެ. މުޙްޔިއްދީން ޔާސީން ވަނީ އަންވަރު އިބްރާހީމާ ގުޅިވަޑައިގަތުމާ ދެކޮޅު ހައްދަވައިފައެވެ. މި ޕާޓީ އިސްލާމީ ފިކްރުގެ ކޮންޒަރވެޓިވް ޕާޓީއަކަށް ވާތީއާއި އަންވަރުގެ ކޯލިޝަނުގައި ޗައިނާ މީހުން ބައިވެރިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.