Support Us

ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ކައްދޫ އެއާޕޯޓް ތަރައްޤީކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފި

ލ. ކައްދޫ އެއާޕޯޓް، ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކުރައްވައިފިއެވެ. މި ފަހުމުނާމާގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ކައްދޫ އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެސްވަނީ ފަށްޓަވާފައެވެ. އަދި މި ރަސްމިއްޔާތުގެ ތެރެއިން ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓްގެ ކޮންޓްރެކްޓް އެވޯޑްކުރުމާއި ލާމު މެރިޓައިމް ހަބް ޑިވެލޮޕްމަންޓް އިފުތިތާޙް ކުރުންވެސް އޮތެވެ.

ކައްދޫ ޑޮމެސްޓިކް އެއާޕޯޓް ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ޗައިނާގެ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނާ އެކުގައެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިން ކޯޕަރޭޝަނުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ކައްދޫ ޑޮމެސްޓިކް އެއަރޕޯޓް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީކުރާއިރު 2.45 ކިލޯމީޓަރުގެ ރަންވޭއަކާއެކު ޕީކް ގަޑީގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާމިނަލެއް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން ފިއުލް ފަރމްއާ އަދި އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ތަރައްޤީކުރެވޭނެއެވެ.

ކައްދޫ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 56.60 ހެކްޓަރުގެ ބިން ހިއްކައި 4433 މީޓަރުގެ ރިވެޓްމަންޓު ޖަހާނެއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބް ވެސް އިފުތިތާޙްކޮށްފައެވެ. ލާމު އިންޓެގްރޭޓެޑް މެރިޓައިމް ހަބުގެ ކޮންޓްރެކްޓް އެވޯޑްކޮށްފައިވަނީ ވެސް ޗައިނާގެ ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނަށެވެ. ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޑެޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ވަޖީހު އިބްރާހީމެވެ. ސީ.އެމް.އޭ.ސީ އިންޖިނިއަރިންގ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ލީ ވެއިވެއި އެވެ.

ލާމު މެރިޓައިމް ހަބުގައި ގާދޫ ކޮންޒަވޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ކްރޫޒް ޓަރމިނަލެއް ޤާއިމުކުރުމާއި، ސުޕަޔޮޓް މެރީނާއެއް ޤާއިމުކުރުމާއި، އޮފްޝޯ ބަންކަރިންގެ ޚިދުމަތް ދިނުމާއި، އަދި އިކޯ ރިޒޯޓް ޤާއިމުކުރުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *