...

Support Us

އިޒްރޭލް ފުރިހަމައަށް ބަލައިގަތުމަށް މުޅި އަރަބި ދުނިޔެއިން އެއްބަސްވެއްޖެ: ބައިޑަން

އިޒްރޭލު "ފުރިހަމަ އަށް ބަލައިގަތުމަށް" ސައޫދީ އަރަބިއްޔާ އާއި އެހެނިހެން ހުރިހާ އަރަބި ގައުމުތަކުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޣައްޒާއިން ހަނގުރާމަވެރި ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސްގެ އަސަރު ފިލުވާލައި، އެއަށް ފަހު އިޒްރޭލާއި ފަލަސްތީނުގެ މިނިވަން ވަކި ދެ ދައުލަތް ގާއިމު ކުރެވޭނެ ކަމަށް، އެމެރިކާގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވުމަށް ރޭ ބޭއްވި ހައިރާތު އެއްކުރުމެއްގައި ބައިޑަން ވިދާޅުވިއެވެ.

ބައިޑަން މިހެން ވިދާޅުވުމަކީ ޣައްޒާގެ އާއްމު ރައްޔިތުން ހިމާޔަތް ކުރުމަށް އިޒްރޭލަށް ބާރު އެޅުއްވުމުގައި ބައިޑަން ކުރިއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

"މި ވަގުތު ތަފުސީލަކަށް ދާކަށް ނެތިން. ނަމަވެސް އަޅުގަނޑު ވާނީ ސައޫދީ އަރަބިއްޔާގެ އިތުރުން އެހެން ހުރިހާ އަރަބި ގައުމުތަކާ މަޝްވަރާ ކޮށްފައި. އޭގެ ތެރޭގައި މިސްރާއި އުރުދުން އާއި ގަތަރު ވެސް ހިމެނޭ. އެ ހުރިހާ ގައުމުތަކުން ވެސް އިޒްރޭލް ފުރިހަމައަށް ބަލައިގަތުމަށް އެއްބަސްވެއްޖެ. މިއީ އިޒްރޭލް ފުރިހަމައަށް ބަލައިގަތުމަށް މުޅި އަރަބި ދުނިޔެއިން އެއްބަސްވި ފުރަތަމަ ފަހަރު،" ބައިޑަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޣައްޒާގެ މައްސަލަ ހައްލުކޮށްފައި ދެ ދައުލަތް ގާއިމު ކުރުމުގެ ރޭވުމަކަށް ދާން ޖެހޭ ކަމަށެވެ.

"މިއަދުން މިއަދަށް މިކަން ނުވިޔަސް މި ދިމާއަށް މަޑުމަޑުން ދަތުރު ކުރަން ޖެހޭ. މިއީ ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަށް ހީވޭ،" ބައިޑަން ވިދާޅުވިއެވެ.

އިޒްރޭލުން ހިފާފައިވާ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން އިޒްރޭލުން އެއްބަސް ވެއްޖެ ނަމަ އިޒްރޭލު ބަލައިގަންނާނެ ކަމަށް އަރަބި ގައުމުތަކުން 2002 ވަނަ އަހަރު ވަނީ ބުނެފައެވެ. ނަމަވެސް އިޒްރޭލުން އެއިއިރު އެކަމާ ދެކޮޅު ހެދިއެވެ.

ރޭ އޮތް ބައްދަލުވުމުގައި އެމެރިކާގެ ކުރީގެ ރައީސުން ކަމަށްވާ ބަރަކް އޮބާމާ އާއި ބިލް ކްލިންޓަން ބައިވެރިވެ ވަޑައިގަތެވެ. އެ ބޭފުޅުންގެ ގާތުގައި ތިއްބަވައިގެން ބައިޑަން ވިދާޅުވީ "އިޒްރޭލާއި ފަލަސްތީނުގެ ވެސް މައުސޫމް ފުރާނަތައް ގެއްލިގެން އެބަދާ" ކަމަށެވެ.

"އަދިވެސް އިތުރަށް ކާބޯތަކެއްޗާއި ބޭސް ފަލަސްތީނު ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ،" ބައިޑަން ވިދާޅުވިއެވެ.

"ނަމަވެސް އަހަރެމެން ހަނދާން ނައްޓާލައިގެން ނުވާނެ އިޒްރޭލު ދެމިއޮތުމަށް ވެސް އޮތީ ހުރަސް ހުރަސްއެޅިފައިކަން،" ބައިޑަން އިތުރަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.