Support Us

ޢަބްދުއްސައްތާރު މޫސާދީދީ: ރާއްޖެއަށް ޤައުމީ މިނިވަންކަން ހޯދުމުގެ ބުރަ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި

އަލްމަރުހޫމު ޢަބްދުއްސައްތާރު މޫސާދީދީ އަކީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން، ރާއްޖެއަށް ޤައުމީ މިނިވަންކަން ހޯދުމުގެ ބުރަ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން ބަލާއިރު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަރިހުގައި އެންމެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ޢަބްދުއްސައްތާރު މޫސާދީދީއެވެ. ސިލޯނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ގޮތުގައި 1960 ގެ ކުރީގެ އަހަރުތަކުގައި ހުންނަވައިގެން އިނގިރޭސި ދައުލަތާއި، ދިވެހި ދައުލަތުގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާ ބެހޭ ސިޔާސީ މަޝްވަރާތައް ކުރެއްވީވެސް އެމަނިކުފާނު އިސްވެ ހުންނަވައިގެންނެވެ. މިގޮތުން ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އިރުޝާދާ އެއްގޮތަށް ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން 26 ޖުލައި 1965 ގައި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނެވެ.

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތާރީޚީ ރަސްމިއްޔާތުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ އަރިހުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅަކީވެސް ޢަބްދުއްސައްތާރު މޫސާދީދީއެވެ. މިކަމުގެ ތާރީޚީ ހަނދާނެއްގެ ގޮތުން މިނިވަންކަމުގެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަރާތުން ބޮޑުވަޒީރު އިބްރާހީމް ނާޞިރު ސޮއިކުރެއްވި ގަލަންކޮޅު ޢަބްދުއްސައްތާރު މޫސާދީދީއަށް ވަނީ ވެދުންކުރައްވާފައެވެ.

ޢަބްދުއްސައްތާރު މޫސާ ދީދީއަކީ ދައުލަތުގެ އިސް މަޤާމްތަކެއް ފުރުއްވައި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްކަމާއި އެތައް ވުޒާރާއެއްގެ ވަޒީރުކަން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *