Support Us

ހުދު ހަމާމު ދޫނި

މި ލަވައަކީ މެކްސިކޯގެ ދަރިކޮޅުގެ، އެމެރިކާގެ ފަންނާނެއް ކަމަށްވާ ފްރެޑީ ފެންޑަރ ކިޔައިފައިވާ ލަވައެކެވެ. މިލަވައިގެ ނަމަކީ "ލާ ޕަލޯމާ ބްލަންކާ" (ދަ ވައިޓް ޑަވް، ހުދު ހަމާމު ދޫނި) އެވެ. މި ލަވައިގެ މާނައާ މެދު ވިސްނާލުމަށް އެހީވެދިނުމުގެ ގޮތުން، "ލާ ޕަލޯމާ"ގެ މާނައާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ.

ބައެއް ސަގާފަތްތަކުގައި، 'ހުދު ހަމާމު ދޫނި' ބެލެވެނީ، ކަނޑު މަތީ ގެއްލިފައިވާ ކަނޑުދަތުރު ކުރާ މީހާގެ ފަރާތުން އޭނާގެ އަހުލުވެރީންނަށް ލޯބީގެ މެސެޖު ފޯރުކޮށްދޭ ދޫންޏެއްގެ ގޮތުގައެވެ. މި ކަމުގެ އަސްލު ގޮސް ގުޅެނީ މީލާދުގެ ފަސް ޤަރުނު ކުރިޔާއެވެ. ދާރާ (އެއްވަނަ) ރަސްގެފާނު ދުވަސްވަރު، ފާރިސީން، ޔޫނާންއާ، ކުރެވުނު ހަނގުރާމައަކާއެވެ. މި ހަނގުރާމައިގައި ބައިވެރިވި ފާރިސީ އަރުމާދު ފެތި ހަލާކުވިއެވެ. އަދި އެ ވަގުތު، އެ އަރުމާދުގައި ހިމެނުނު ބޯޓުތަކުން، ހަމާމު ދޫނިތަކެއް ނިކުމެ އުދުހި ދިޔަ ތަން ޔޫނާނީންގެ މީހުން ދުށްކަމަށް ވިއެވެ. އެ ވަގުތުން ފެށިގެން، ހަމާމު ދޫންޏަކީ ކަނޑުމަތީ ގެއްލިދާ މީހުންގެ އާއިލާތަކަށް އެމީހުންގެ ލޯތްބާއި ހިތްހެޔޮކަމުގެ މެސެޖު ރައްދުކޮށްދޭ ދޫންޏެއްގެ ގޮތުގައި ބެލެން ފެށުންނެވެ. ލާ ޕަލޯމާގެ އަސްލު ލަވަ ލިޔުނީ އިސްޕޭނުގެ މޫސީގާރެއް ކަމަށްވާ ސެބެސްޓިއަން އިރޭޑިއަރއެވެ. ނަވާރަ ވަނަ ގަރުނުގެ މެދެއްހާތާ ކިޔުބާއަށް ކުރި ޒިޔާރަތެއްގައެވެ. މެކްސިކޯގައްޔާއި އަދި އިސްޕޭނު ބަހުން ވާހަކަދައްކައި އުޅޭ އެހެން ރާއްޖެތަކުގައި ވެސް މި ލަވަ ވަރަށް މަޝްހޫރުވެ، މި ލަވައަކީ މީސްތަކުންގެ މަގުބޫލުކަން ލިބުނު ލަވައަކަށް ވިއެވެ. ކުދިކުދި ބަދަލާއެކު، އިސްޕޭނު ބަހުން، ގިނަ ފަންނާނުންތަކެއް މިލަވަ ކިޔައިފައި ވެއެވެ. މީގެ ތެރޭ ކޯނީ ފްރެންސިސް، ނާނާ މުސްކޫރީ އަދި ހޫލިޔެސް އިގްލޭސިސް ހިމެނެއެވެ. އަދި މުޅިން ލަފްޒީ ތަރުޖަމާއަކަށް ނުވިޔަސް، ލަވައިގެ މައިގަނޑު މާނަ ހިމެނޭ ގޮތަށް އެހެން ބަސްބަހުން ވެސް މި ލަވަ ކިޔައިފައި ވެއެވެ. ޖަރުމަނު ބަހުންނާއި ފަރަންސޭސި ބަހުންނެވެ. މިރޭ މެތީއު މި ލަވަ މި ދެބަހުން ކިޔައިފައި ވެއެވެ. މި ލަވައިގެ އިނގިރޭސި މާނަކޮށްލުން ކަމުގައިވާ "ނޯމޯ" ޑީންމާރޓިން އާއި އެލްވިސް ޕްރީސްލީ ކިޔައިފައި ވެއެވެ. ތިރީގައި އެވަނީ މި ލަވައިގެ ފްރެޑީ ފެންޑަރގެ މާނަކޮށްލުމެވެ. މީނާގެ ގިނަ ލަވަތަކުގައި ވާ ފަދައިން، މި ލަވައިގައި ވެސް ސްޕެނިޝް ބަހުގެ ކަޑިއެއް ހިމަނައިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *