Support Us

ސޫފިޔާނާ ވާހަކައެއް: ދުއާ އިޖާބަކުރެއްވުން

ޑރ. އީޝާނކީ ވަރަށް ކާމިޔާބު އަދި މަޝްހޫރު ބޭސްވެރި ޑޮކްޓަރެކެވެ. އިލްމީ މުއުތަމަރެއްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ޑރ. އީޝާން އެއަރޕޯޓަށް ވަޑައިގަތެވެ. ނަމަވެސް، ކުޑަ އިރުކޮޅަކަށް ފަހު، އިއުލާނުކުރެވިގެން ދިޔައީ ޑރ. އީޝާން ދަތުރުކުރައްވަން ހަމަޖެހިފައި އޮތް ބޯޓު ލަސްވީ ވާހަކައާއި ދެން، ބޯޓު ޖައްސާނީ އަދި 10 ގަޑިއިރު ފަހުން ކަމެވެ.

ޑރ. އީޝާން ކަންބޮޑުވެވަޑައިގަތެވެ. މުއުތަމަރަކީ ވަރަށް ވެސް މުހިއްމު މުއުތަމަރެއް ކަމަށް ވެފައި، ބޯޓު އެހާއިރު ލަސްވެއްޖެ ނަމަ، ގަޑިއަށް މުއުތަމަރަށް ހާޒިރުވެވަޑައި ނުގެންނެވޭނެތީއެވެ. ކޮންމެ އަކަސް ކަމާ ބެހޭ ކައުންޓަރަށް ވަޑައިގެން، އެތާ އިން މުވައްޒަފު ގާތު މި ވާހަކަ އީޝާން ވިދާޅުވިއެވެ. ދެން މުވައްޒަފު ލަފައެއް އެރުވިއެވެ. ވަޑައިގަންނަވަން ބޭނުންވާ ތަނަށް ކާރުގައި ތިން ގަޑިއިރުން ދެވޭނެތީ ކާރުގައި ދަރުތުކުރެއްވުމަށެވެ.

މިއީ ރަނގަޅު ގޮތެއް ކަމަށް ނިންމައި ޓެކްސީއެއް ހޯއްދަވައިގެން ޑރ. އީޝާން ދަތުރު ފެއްޓެވިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއްގެ ތެރޭގައި ވިއްސާރަވެ، މަގު އޮޅި، ދެވޭ ނުދެވޭ ތަނެއް ނޭނގި ދެ ގަޑިއިރު ދަތުރު ކުރެވުނެވެ. ދެން، ވާރޭ ހުއްޓާލުމުން، ކާރު މަޑުޖައްސައިލިއެވެ. އެ ހިސާބުގަނޑުން ގެއެއް ފެނި އެ ގެއާ ދިމާއަށް ދިޔައެވެ. ދެން، ޑރ. އީޝާން އެގޭ ދޮރުގައި ޓަކި ޖެއްސެވިއެވެ.

އެ ގޭތެރެއިން މުސްކުޅި އަންހެނަކު ވަންނާށޭ ބުނި އަޑު އިވުމުން ޑރ. އީޝާން އެގެއަށް ވެންނެވިއެވެ. ދެން، އެގޭ އަންހެން މީހާ ކުރެން ފޯނެއް ކޮށްލައްވަން ބޭނުން ވާހަކައާއި ފޯނު ބޭނުންކޮށްލެއްވިދާނެތޯ ޑރ. އީޝާން އެ އަންހެން މީހާ ކުރެން އެއްސެވިއެވެ. އަންހެން މީހާ ހީނލާފައި ޑރ. އީޝާން އަށް ދެންނެވިއެވެ. މިގެއަކު ފޯނެއް، ކަރަންޓެއް ނެތެވެ. މިއީ ރަށްފުށެވެ. ނަމަވެެސް ކާއެއްޗިއްސާއި ބޯއެއްޗެހި އެބަހުއްޓެވެ. ކާން ލިިބިދާނެއެވެ.

ދެން ޑރ. އީޝާން ހައްދަވާނެ އެއްވެސް އެހެން ގޮތެއް ނެތުމުން، ފަރިއްކުޅުއްވާން ފެއްޓެވިއެވެ. އަދި ގޭގެ މުސްކުޅި އަންހެނާ ނަމާދުކޮށް ދުއާކުރާތަން ދެކެވަޑައިގަތެވެ. ނަމާދުކޮށް ނިމުމުން، އެ އަންހެން މީހާއާ ޑރ. އީޝާން ވާހަކަ ދައްކަވާލެއްވިއެވެ. ދައްތައަކީ ހެޔޮލަފާ މީހެއްކަން ފެނެއެވެ. ދައްތަގެ ދުއާއަކީ ކޮބައިހެއްޔެވެ؟

އަންހެން މީހާ ޖަވާބުގައި ޑރ. އަށް ދެންނެވިއެވެ. އަޅުގަނޑުގެ އެންމެ ދުއާއެއް މެނުވީ އަޅުގަނޑުގެ ހުރިހާ ދުއާއެއް މާތްރަސްކަލާނގެ މިހާރު ފުއްދަވައި ދެއްވައިފިއެވެ. ދެން ޑރ. އިޝާނު ވިދާޅުވިއެވެ. ނުފުދި އޮތީ ކޮން ދުއާއެއް ހެއްޔެވެ؟

ޖަވާބުގައި އެ އަންހެން މީހާ ބުންޏެވެ. ތިޔަހެރި އެނދުގައި އެ އޮތީ ޔަތީމު ކުއްޖެކެވެ. އަޅުގަނޑުގެ މާމަ ދަރިއެކެވެ. އޭނާގެ ބައްޕަ، އަޅުގަނޑުގެ ދަރިފުޅު، ވަނީ ނިޔާވެފައެވެ. އޭނާގެ މަންމަވެސް މެއެވެ. އެ ކުއްޖާއަށް ވަނީ ވަރަށް ބޮޑު ބައްޔެއް ޖެހިފައެވެ. އެންމެން ވެސް ލަފާ ދިނީ އޭނާ ގޮވައިގެން ޝަހަރުގެ ބޮޑު ހަސްފަތާލަށް ދިޔުމަށެވެ. އެއީ ޝަހަރުގައި އުޅުއްވާ ޑރ. އިޝާނަށް ދެއްކުމަށެވެ. އޭނާއަށް ދަރިފުޅު ރަނގަޅުކުރެވިދާނެތީއެވެ. ނަމަވެސް، އޭނާ ގޮވައިގެން ޝަހަރަށް ދެވޭނޭހާ ހިއްވަރެއް، އަދި ފައިސާގެ ތަނަވަސްކަމެއް ވެސް ނެތެވެ.

ދެން، ޑރ. އީޝާން ފެންކަޅިވިއެވެ. އަދި އެ އަންހެން މީހާ ގާތު ވިދާޅުވިއެވެ. ދައިތަގެ ދުއާ އިޖާބަކުރައްވައިފިއެވެ. ބޯޓެއް ލަސްވުމާއި ކާރެއްގެ ދަތުރުގެ މަގު އޮޅުން ވެސް މެދުވެރިކުރައްވައި، ދައިތަ ގާތަށް އަހުރެން، ޑރ. އީޝާން މާތްރަސްކަލާނގެ ގެންނަވައިފިއެވެ. ދެން، ދަރިފުޅުގެ ފަރުވާކުރުމުގެ މަސައްކަތްކުރަމާ އަންނާށެވެ! އެއްވެސް ކަމަކާ ދައިތަ ކަންބޮޑުވުމުގެ ބޭނުމެއް ނެތެވެ! އާދެ، ادعوني أستجب لكم ތިމަންރަސްކަލާނގެ ކިބަފުޅަށް ކަލޭމެން ދުއާކުރަމުން ދާށެވެ! ތިމަން ރަސްކަލާނގެ ތިޔަބައި މީހުންގެ ދުއާ އިޖާބަކުރައްވާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *