Support Us

ލިޔުންތެރިޔާ: ފާޠިމަތު އިޖާޒާ

‎ފާޠިމަތު އިޖާޒާ ލިޔުންތެރިކަމުގެ ދާއިރާގައި އުޅޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ. އާންމުންގެ މެދުގައި އެންމެ މަޝްހޫރުވެފައިވަނީ ދިވެހި ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ ގޮތުން އިނގިރޭސިން ލިޔާ މީހެެއްގެ ގޮތުގައެވެ. ނަމަވެސް އިޖާޒާ އެންމެ ޝައުޤުވެރިކަމާއެކު ލިޔަނީ ދިވެހި ލިޔުންތަކެވެ. އޭނާގެ ފުރަތަމަ ދިވެހި މަޒުމޫނު ނެރެފައިވަނީ އައިލެންޑް އޭވިއޭޝަންގެ "ވަރަ" މަޖައްލާގައެވެ. ‎މިވަގުތު އޭނާ ކުރަމުންދާ މައިގަނޑުކަމަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ރައިޓިންގް ގްރާންޓުން ފަންޑު ލިބިގެން، ޒަރީނާ އިބްރާހިމް ދީދީގެ ދިވެހި ކާނާ 1 އަދި 2 ފޮތްތަކުން ހޮވާލެވިފައިވާ ރެސިޕީތަކެއް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ޝާއިޢުކުރުމަށް ކުރުމުގެ މަސައްކަތެވެ. އަދި ހަމަ އެއާއެކު، ދިވެހިރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ބަޔޮގްރަފީގެ މަސައްކަތްވެސް އިޖާޒާ ގެންދަނީ ކުރަމުންނެވެ.