Support Us

ލިޔުންތެރިޔާ: އާދަމް ނަޞީރު އިބްރާހީމް

އާދަމް ނަޞީރު އިބްރާހީމަކީ ތަފާތު އެތައް މައުޟޫޢަކަށް ޅެން ހައްދަވާފައިވާ ބޭފުޅެކެވެ. ދީނީޅެން، ޤައުމީޅެން، ކުޑަކުދިންނާ ގުޅޭ ޅެން، މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅޭ ޅެންތަކާއި، އެކިއެކި މުނާސަބަތުތަކާ ގުޅޭ ތަމްސީލީ ޅެންތަކާއި، ލޯބީގެ އެތައް ޅެމެއް، އޭނާ ހައްދަވައިފައިވެއެވެ. އަދި ރާއްޖޭގައި ނުކުމެފައިވާ ބައެއް ލަވަ އަލްބަމްތަކަށްވެސް އޭނާވަނީ، ލަވަ ހައްދަވައިދެއްވާފައެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކޮންމެ އަހަރެއްގެ ޤައުމީ ދުވަހު ނެރުއްވާ ޤައުމީ ލަވަ އަލްބަމަށް ލަވަ ހައްދަވައިދެއްވައެވެ. ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ޒުވާނުންގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި އަދި ޤައުމީ ދިފާޢީ ބާރުގެ ޝަރަފުގެ އައްޑަނަ ނަޞީރަށް ވަނީ ލިބިވަޑައިގެންފައެވެ.