Support Us

ނުދާށޭ އޭ ޝަހުރު ރަމަޟާން

ނުދާށޭ އޭ ޝަހުރު ރަމަޟާން ވިދާ ކަރުނައިން ނިދާ އިވޭނީ
އުދާހާ ނުދަނަވަސްކަން ތިޔަ ވަދާޢުން މުޅި ހިތަށް ލިބެނީ

ޛިކްރަކީ އެންމެ ފޮނި މާމުއި އެއިން ރޫޙަށް ޝިފާ ލިބިދޭ
ޛިކްރުކުރުމާ ތަދައްބުރްކުރުމުގައި، ނިދިވެސް ހަނދާން ނެތިދޭ
ޛިކުރުކުރި ކޮންމެ ހިތަކުން ނަފުސަކުން މެޔަކުން މިހެން ބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ

ޙިރާއާ ބަދުރު، މައްކާ ފަތަޙަ މީ ހަނދުމައިގެ މީރުކަމޭ
ދިރާލައި ހެޔޮކަމުގެ އުންމަތް ވިދައި ބަބުޅައިލި ރީތިކަމޭ
މުރާދީ ކޮންމެ ނިތަކުން، މޫނަކުން، ލޮލަކުން މިހެން ބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ

ޞިޔާމުގެ މަދްރަސާ ތިޔައީ ހެވާ ތަޤްވާގެ މާތް ކިއްލާ
ޤިޔާމު ސުޖޫދުގައި ރޫޙާ ޟަމީރާ ނަފުސުތައް ދިއްލާ
މިޔާއެކު ކޮންމެ ގެޔަކުން، ނޫރަކުން، ވޮށަކުން މިހެން ބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ

ކިހައި ފަޅުވާނެހޭ ދެން އޮތް ނުމޫސުމު އަނދިރި ރޭތަކުގައި
ފިހާރައިން އެޅުވި ސޭލް ނިމިގޮސް، ދަރައިވިކި އެކަނިވެރިކަމުގައި
މިހާލުން ކޮންމެ ބިމަކުން، ތަރިޔަކުން، އުޑަކުން މިހެންބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ

ބަދީލެއް ނޭދި ލޯބިން މުށްތަކާ ހިތްތައް ހެމުން ހުޅުވައި
ޙަދީޤާއެއް ފަދައިން ދެރަ ނިކަމެތީންނަށް ރޯދި ފަހިކުރުވައި
ވިދީލަތި ކޮންމެ އަތަކުން ރޫޙަކުން ލޮލަކުން މިހެން ބުނެދޭ
ނުދާށޭ އޭ ޝަހުރު ރަމަޟާން، ވިދާ ކަރުނައިން ނިދާ އިވެނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *