Support Us

ތަހުނިޔާ ބަރުތީލަކުރަމޭ އައި މި ޢީދުގެ ޒާތުގައި

ހިތް އެދޭ އެ ހިތާއެކީ ގޮސް ރޮއިލުމަށް ޢަރަފާތުގައި
ނިތް އެ ދުހު ތިރިކޮށްލުމަށް ތައުބާގެ މާތް ޙަރަކާތުގައި

އުފުލަމުން تكبير، تحميدގެ އަޑާ އަދި تلبية
އުފަލުގައި ޢީދާއި ދެން ބައްދަލުކުރަން ބަރަކާތުގައި

ހަމަ މިއާއެކު އޮހޮރިދޭ ލޭކަރުނަތައް ދެ ލޮލުގެ ތެރޭން
ހަމަ މި އިސްލާމިއްޔަ ޖިސްމުގެ ޙާލު ދެކި ޖަޒުބާތުގައި

ޝާމުކަރައިން ކޮން ހިތެއް އުފަލުގެ ލަފުޒު ވެސް ދަންނަނީ؟
ހާދަ އިންސާނުންނެކޭ އެ ވަނީ ގިލަން އާފާތުގައި

މުޅި ފަލަސްޠީނާ ޢިރާޤާ ސީރިޔާ އަދި ލީބިޔާ
ދޮޅި މިއަދު އުފުލައި ލަނީ ނޭވައި މަރުގެ ސަކަރާތުގައި

މި ފިކުރާ އިޙްސާސްތަކޭ ޢީދާ އެކީ ރޫޙަށް ދިނީ
ނަފުސު ހަމަ ރޮއި ގިސްލަނީ ފާއިތުވިހައި ސާޢާތުގައި

ރަޙްމަތަށް އެދި އަތް ނަގައި މި ދުޢާވެވޭ ހިތި ޙާލުގައި
ތަހުނިޔާ ބަރުތީލަކުރަމޭ އައި މި ޢީދުގެ ޒާތުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *