Support Us

ކަސްތޫރި މޫސުން

يامرحبا يامرحبا يا شهررمضان الكريم

ކަސްތޫރިޔާ ރައިޙާންގެ މޫސުން ދުނިޔެއަށް މި އައީ ހެމުން
ބަސްތީ އެއަށް ދަހިވެތި ހިޔާ ތަނަވަސްވެގެން މި އައީ ހެމުން

ވަހުމެއް ނެތޭ ބިން ފަހިވެ މާތައް ފަރިވެ މޭވާ ހަލިވެދާން (މާ ފަރިވެ މޭވާ ހަލިވެދާން)
ރަޙްމަތުގެ ފެން ހަދިޔާކުރާ ވާރޭ ވިލާ މި އައީ ހެމުން

ދަންވަރުގެ ކަނު އަނދިރީތެރޭ، ބިރުވެތިކަމުގެ ވިންދުން ތެޅޭ (ރަޙްމާ ޢަފޫއަށް އެދި ތެޅޭ)
ހިތް އަދި މެޔާ، ނޫރުން ފުރާ ދަންމަރު ޔަޤީން މިއައީ ހެމުން

ދަސްތޫރު މި ބިމުގެ ދެއްވުމާ މައްކާ ފަތަޙަވެވިގެންވުމާ (ބަދްރުން ދުނިޔެ ހައިރާންވުމާ)
މަޝްހޫރުވީ ނަޞްރުގެ އެ މާތް މައްސަރު އަލުން މިއައީ ހެމުން

ޖަންނަތުގެ ދޮރުކޮޅުތައް އެކީ ދީލަތިކަމާއެކު ހުޅުވަމުން (ތަނަވަސްކަމާއެކު ހުޅުވަމުން)
ތަންޑެއް ޖަހަންނަމުގައި އަޅާ ބައްވާބު މާތް މިއައީ ހެމުން

ފާފައިގެ ފަރުބަދަތައް މުޅިން އަނދުނަށް ހަދާށޭ ކަރުނަޔާ! (ޝައުޤާއެކީގާ ކަރުނަޔާ)
އާފާޤު ރޫޙާނީ ފަވާ ތާޒާ ފަތިސް މި އައީ ހެމުން

ތައްޔާރުހޭ؟ މި ބިމަށް ވަޑައިގެން މަލަކުނާ ޖިބްރީލް އަމީން (ހެޔޮ ރަޙްމަތުން ފުރުވާ ޒަމީން)
އަމްނާ ޤަދަރު ދޭ ރޭ މި އައިސް ބައްދަލުކުރީ ނޫންހޭ ހެމުން

ޢިތުޤުން މިނައްނާރިގެ އުފާވެރި ފުރުޞަތަށް ވާޞިލްކުރާން (މާތް ޖަންނަތަށް ވާޞިލްކުރާން)
މިތުރާ ޢަފޫގެ ހަލޫހި އަސް ތިޔަ އަރިހަށޭ މި އައީ ހެމުން

ހަމަ – ރުއްސެވުން އަދި ފުއްސެވުން ނުނީ ނެތޭ މި ރަބީޢުގައި (ރަޙމަތުގެ އައި މި ރަބީޢުގާ)
ރަމަޟާންގެ އަޖުރުގެ މުޢުޖިޒާއޭ ހެޔޮ ހިތުން މި އައީ ހެމުން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *