Support Us

ވަދާޢުގެ އަސަރު

ރަމަޟާނެ މީ ތިބާގެ ހިޔާ ދިން މުސާފިރޭ
ހަމަ ގައިމެ ތިބާއީ ހެޔޮކަންކަމުގެ ނާޒިރޭ

އާފާތުގައި ޙަޔާތުގެ އުރެދޭ ޟަމީރުތައް
ފާފައިން ދުރަށް ލުމުގެ ތިޔައީ އަޞްލު މާހިރޭ

ރޫޙާ ފުރާނަ މަތިވެރި ޢާލަމްތަކާ ގުޅޭ
ރޫޙީ ދަރެސްތަކާ އިލްހާމުގެ މުޙާޟިރޭ
ހެޔޮ އަމަލަކާ އެކަނި ހެޔޮ ނިޔަތެއް އޮތަސް ހެވޭ،

ތިޔަ އަރިއަހުން އިނާމު ނުދޭ އަޅަކު ނާދިރޭ
ޝައްކެއް ނެތޭ މި ދީލަތިކަމުގައި ފަގީރަކީ

މައްކާރު ދުނިޔެ ނޭނގި ދަމަށް ހުންނަ ސާހިރޭ
އީމާން މި ހިތުގެ އުތުރި ދެޔޭ ފުން ޔަޤީނުގައި

ސީދާ ތިބާ ފޮނުއްވީ މަޢުބޫދު، ޣާފިރޭ
ދީވާނުގައި ތިބާގެ އޮހޭ މަޣުފިރަތު އަދައި،

ރޫޙާ ހިތާ މި ނަފުސު، ޝުޢޫރާއި ހާޒިރޭ
ލޯ ކަރުނައިން ތެމިއްޖެ ތަ؟ ޤަދުރުގެ ޢަފޫގެ ރޭ

ބޯކިރުފޮދެއްގެ ހުދުކަން ފަދަ ނަފުސު ޠާހިރޭ
ދެކިފައި މި ބަރަކަތާ ރޫޙާނީ ސަޢާދަތާ

ރަކި މޫނަކާ އެކީ އެހެރީ ހިމަ ވެ ކާފިރޭ
ޢަޤުލާ ޒަމީރު ބުނެޔޭ މި ހިނދުގެ ޙަޔާތަކީ،
ތަޤުވާގެ މާތް އޮޑީގެ އަމާޒާއި މޯހިރޭ

ދިރުމާ މަރާއި ދެމެދުން އަދު ލޯ ދެކެންފެށީ،
ފިރުދައުސު މަރުޙަބާގައި ފަރިވާ މަނާޒިރޭ

އުންމީދު ފިޔަޖަހައިލި ވަގުތު، އިއްވުމުން ވަދާޢު
ފުން އަސަރުގައި މި ޅެން މި ހެދީ ޅެމުގެ ޝާޢިރޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *