އަމާނާތްތެރިކަމީ މީހެއްގެ ފުދުމާ ފޯރުމާ ކެރުމާ
ހަމައިން ހުރިހައި ކަމެއް ކުރުމާ އެ ތަން މި ބިމާ އުޑަށް ފެނުމާ
ކޮބައިތޯ ފުދުމަކީ އޭ ހިތުގެ އެދުމާ އޭގެ ދަހިލެވުމާ
އޮބައި ކިޔަމަން ކުރަން ދަތުމާ އެ ހިތްވަރު އަޒުމުގައި ހުރުމާ
ތެދެއް! ފޯރުން އެއީ އަނެކުންގެ ހިޔަނިން ކަންފުޅެއް ވެލިޔަސް،
ލަދެއްނެތި ޝުކުރުވެރިވެލުމާ އެ ޙައްޤު އެ މީހަކަށް ދިނުމާ
ހަގީގީ ކެރުމަކީ ހުރި ސޫރައެއްގައި ސޫރަވާން ރުހުމާ
ޔަގީންކަން އެ ކަމުގައި އޮތުމާ އެ ގޮތުގައި ދުނިޔެއުޅެ ނިމުމާ
ހަމައިން ހުރިހައި ކަމެއް ކުރުމީ ހެވާ ނުބަޔާ އޮޔާ ނުލުމާ
ނަމައިގެ ބަލިން ދިފާޢުވުމާ އަމާޒަށް އަބަދު ވެސް ދިޔުމާ
ބިމާއި އުޑަށް މި ތަން ފެނުމީ އަޅުންނާ ޢާބިދަށް ސީދާ
ތިމާގެ ޙަޔާތް ފަރަގުނުވުމާ ޙިމާޔަތް މާދަމާ ލިބުމާ