Support Us

ޢީދު މުބާރިކް

އިރުއަރަމުން ދޯދިތަކުން އިއްވާލީ – عيد مبارك
ފަރިވެލަމުން ފަރި މާތައް ފޮނުވާލީ – عيد مبارك
ތަރިހަނދު ރޭގަނޑު ނޫރުން ދިއްލާލީ – عيد مبارك
ހުރިހާ މުސްލިމް ހިތްތައް ހެއްވާލީ – عيد مبارك

ހިނިތުންވެ ސަލާންކޮށްލާ، ހާލާތު ބަޔާންކޮށްލާ
ފިނިހިތްވެ އަޚުންއުޚުތުން ހިތް ހެޔޮކަން އާ ކޮށްލާ
ފޮނި ރާގުން ހިތް ލޯބިން ގުޅުވާލީ – عيد مبارك
ހުރިހާ މުސްލިމް ހިތްތައް ހެއްވާލީ – عيد مبارك

އަޅުކަމުގެ ދަރެސްގާހުން، އަޅުތަކުނަށް ދިން ނޫރުން
ފަޅުކަން ހުރިހާ ހިތަކުން ނެތިކޮށް ފޮހެލީ ކޫރުން
ދިން ޢަޒުމުން، އަލި ވިދުމުން ބަބުޅާލީ – عيد مبارك
ހުރިހާ މުސްލިމް ހިތްތައް ހެއްވާލީ – عيد مبارك

ވެދުމާ ހަދިޔާ އޮހެނީ، މަދަދާ ޤަދަރާ ވެހެނީ
ތަދުތައް ވޭނީ އުފުލާ މިތުރުންނާ ލާމެހެނީ
ހަމްދަރުދީން،އިޙްސާނުން، ގުގުމާލީ – عيد مبارك
ހުރިހާ މުސްލިމް ހިތްތައް ހެއްވާލީ – عيد مبارك

ދުރު ގާތް އަދި މާ ދުރުގައި، ދުނިޔޭ އެކި ކަންކޮޅުގައި
ދިރެމުން ލޯބިން މި ހިނގާ އިސްލާމީ އަޚްކަމުގައި
ޙުރުމަތުގާ ބަރަކަތުގާ ފޮޅުވާލީ – عيد مبارك
ހުރިހާ މުސްލިމް ހިތްތައް ހެއްވާލީ – عيد مبارك

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *