އުމުރުން 16 އަހަރު ނުވާ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ މާއްދާއެއް އެކުލެވޭ ބިލެއް ޔޫކޭގެ ޕާލަމަންޓްގެ މަތިގެއިން ފާސްކޮށް އަނެއްކާވެސް ބަހުސަށް ތިރިގެއަށް ފޮނުވައިލައިފިއެވެ.
މި ކަމާ ގުޅޭ މާއްދާއެއް ކުޑަކުދިންގެ ދުޅަހެޔޮކަމާއި ސްކޫލްތަކާ ބެހޭ ބިލްގައި މަތިގެކަމަށްވާ، ދުރުކުރިމަގުގެ ސިޔާސަތަށް މަސައްކަތްކުރާ، ރަސްގެފާނު ހޮއްވަވައިފައިވާ މެންބަރުން ހިމެނޭ ހައުސް އޮފް ލޯޑްސްއިން ހިމަނައި، އެ ބިލް އިއްޔެ ފާސްކުރީ 261 ވޯޓުންނެވެ. އިދިކޮޅަށް ވޯޓު ދިނީ 150 މެންބަރުންނެވެ. މިހެންވެ ތިރިގެ ކަމަށްވާ، އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ، ނަމަވެސް ކައިރި ކުރިމަގެއްގައި ސިޔާސީ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮތް، ހައުސް އޮފް ކޮމަންސްއަށް އަލުން ފޮނުވައިލީ "ދެވަނަ ވިސްނުމަކަށް" ދިއުމަށެވެ.
ކޮމަންސްގެ އަޣްލަބިއްޔަތު މި ވަގުތު އޮތީ ވެރިކަންކުރާ ލޭބާ ޕާޓީގެ އަތުގައެވެ. މިހެންވެ ބޮޑު ވަޒީރު ކެއާ ސްޓާމާއަށް 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރެއްވިދާނެ މި ބިލް ފާސްވުން އަވަސްކުރެއްވިދާނެއެވެ. ނަމަވެސް އޭނާގެ ސަރުކާރުން ވަނީ އަވަސް ކުރުމުގެ ބަދަލުގައި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން މި ކަމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވައިލައްވައިފައެވެ. ސަބަބަކީ މި މައްސަލައިގައި ޔޫކޭގައި ހިޔާލުތަފާތުވުން އުފެދިފައިވާތީއެވެ.
"ބޭނުންވަނީ އަވަސްއަރުވައިލައިގެން ގާނޫނެއް ފާސްކުރުމެއް ނޫން. ބޭނުންވަނީ ދިގު މުއްދަތަކަށް ރަނގަޅު ނަތީޖާއެއް ނުކުންނާނެ ހައްލެއް،" ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ލިޒް ކެންޑޯލް ވިދާޅުވިއެވެ.
ދުނިޔޭގައި ފުރަތަމަ ފަހަރަށް 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ގައުމަކަށްވީ އޮސްޓްރޭލިއާއެވެ. އެއީ ޕާލަމަންޓުން ފާސްކުރި ބިލެއް މި ދިޔަ މަހު ތަންފީޒުކުރުމުންނެވެ.



advertisment