Support Us

16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނު އޮސްޓްރޭލިއާގައި ތަންފީޒުކުރަން ފަށައިފި

އުމުރުން 16 އަހަރު ނުވާ ކުދިންނަށް ހުރިހާ ސޯޝަލް މީޑިއާއެއް މަނާކުރާ ގާނޫނު ދުނިޔޭގައި ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގައި މިއަދު ތަންފީޒުކުރަން ފަށައިފިއެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މީގެ އަހަރެއްހާ ދުވަސް ކުރިން ފާސްކުރި ބިލް ގެޒެޓުކޮށް، ސޯޝަލް މީޑިއާ ހިންގާ ފަރާތްތަކުން އެ ހިދުމަތްތައް 16 އަހަރު ނުވާ ކުދިންނަށް ކަނޑައިލުމަށް މި ރޭ ދަންވަރު 12.00 އަށް ވަނީ މުހުލަތެއް ދީފައެވެ. އެހެންކަމުން އޭގެ ފަހުން ފޭސްބުކް، ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް އަދި އެކްސް ފަދަ ހިދުމަތްތައް 16 އަހަރު ނުވާ ކުދިންނަކަށް ނުލިބޭނެއެވެ.

މި ގާނޫނަށް ތަބާ ނުވާ މަންސަތައް ގިނަވެގެން 49 އޮސްޓްރޭލިއާ ޑޮލަރު ނުވަތަ 32 މިލިއަން އެމެރިކާ ޑޮލަރު (505 މިލިއަން ރުފިޔާ)އިން ޖޫރިމަނާކުރާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ބޮޑުވަޒީރު އެންތަނީ އަލްބެނީޒް ވިދާޅުވީ "މިއަދަކީ އާއިލާތަކަށް ފަހުރުވެރި ދުވަހެއް" ކަމަށެވެ.

"މިއީ އަހަރެމެންގެ ގައުމަށް ގެނެވޭނެ އެންމެ ބޮޑު އެއް އިޖުތިމާއީ އަދި ސަގާފީ ބަދަލު،" އޭނާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އަދި ކުޑަކުދިން ރައްކާތެރިކުރަން ވަކާލާތުކުރާ ފަރާތްތައްވަނީ މި ގާނޫނަށް މަރުހަބާ ކިޔައިފައެވެ. އެއީ "ޑޫމް-ސްކްރޯލިން"، "ސައިބާ-ބުލީން" އަދި ނުރައްކާތެރި މައުލޫމާތަށް ކުޑަކުދިން ހުށަހެޅުން ހުއްޓުވޭނެތީއެވެ. ޑޫމް-ސްކްރޯލިންއަކީ ނުބައި ޖަޒުބާތުތައް އުފެދޭ މައުލޫމާތު ހޯދުމަށް ދެވިހިފުމެވެ. ސައިބާ-ބުލީންއަކީ އޮންލައިންކޮށް ހަނގާކުރުމެވެ.

ފުރާވަރުގެ ބައެއް ކުދިންވަނީ މި ގާނޫނާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެއީ ހާއްސަ މައުލޫމާތު ހޯދުމަށް ހުރަސްއެޅުމާއި ގައުމުގައި އަޣްލަބިއްޔަތު ނެތް މުޖުތަމައުތައް އެކަހެރި ބަޔަކަށް ވެގެންދާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *