މައުލޫމާތު ހޯދުމަށް މާ ބޮޑު ސަމާލުކަމެއް ނުދިނަސް ޝައުގުން ފުރިފައިވާ ގުދުރަތީ ކަންތައްތަކާއި އަދި އިންސާނުންގެ އަމަލުތައް ވެއެވެ.
ތިރީގައި މި ބަލައިލަނީ މި ފަދަ 51 ކަމަކަށެވެ:
1 – ހިކަންޖަށް ހޮޑެއް ނުލެވެއެވެ.
2 – ހަރުފައަކަށް، އެއްގޮތަކަށް ވެސް ނުހޭލައި، ތިން އަހަރުގެ ނިންޖަކުން ނިދެއެވެ.
3 – ތާޒާކަން ގެއްލި، ކުނި ނުވާ ހަމައެކަނި ކާނާއަކީ މާމުޔެވެ.
4 – ޒަރާފާއަކަށް ފަތާކަށް ނޭނގެއެވެ.
5 – ހަރުފައަކަށް އަޑެއް ނީވެއެވެ.
6 – ހިންޏާއި ކަނޑައަށް ނިންޖެއް ނާދެއެވެ.
7 – ހެޖްހޮގް ޣަރަގެއް ނުވެއެވެ.
8 – ޕޯލާ ސާރިދޯޅަކީ ވައަތްތެރި ހައިވާނެކެވެ.
9 – މެހީގައި ފަސް ލޯ ހުރެއެވެ.
10 – ކޯމަސް ނިދަނީ އެއް ލޯ ހުޅުވައިގެންނެވެ.
11 – ޖަމަލުގައި ތިން ބުމަ ވެއެވެ.
12 – ގާތުން ކިރު ދޭ ބާވަތުގެ ހައިވާނުން ކަމަށްވާ މެމަލްގެ ތެރެއިން އެތަކަށް ނުއެއް ފުންމެއެވެ.
13 – ގެރީގެ އާއިލާގެ ބާވަތްތައް ކަމަށްވާ ޔަކް، ބައިސަން އަދި ބަފަލޯގައި ހަޖަމު ކުރާ ހަތަރު ބަނޑު ވެއެވެ.
14 – ކެންގަރޫއަކަށް ފަހަތަކަށް ނުހިނގެއެވެ.
15 – ސައްވީސް ގަޑިއިރު ހުއި ހަފައިލަހަފައިލަ ތިބުމަށް ހަޖަމުގެ ނިޒާމު ގުދުރަތީ ގޮތުން ބައްޓަން ވެފައިވާ އަހަށް، ނުކައި އެއް މަސް ދުވަހާ ހަމައަށް އޮވެއެވެ. ފެން ނުބޮއި އޮވެވެނީ ގާތްގަނޑަކަށް ފަސް ދުވަސް ވަންދެނެވެ.
16 – ބޮކުގެ 2،600 ބާވަތް ވެއެވެ.
17 – ފުރާފުރިހަމަވެފައިވާ ސާރިދޯޅަކަށް އަހެއްގެ ހަލުއިމިނުގައި ދުވެވެއެވެ.
18 – އަވިން އަނދަނީ ހަމައެކަނި އޫރެވެ.
19 – ދަތްއަޅަނީ ހަމައެކަނި އަންހެން މަދިރިއެވެ.
20 – އިންސާނަކަށް ފެނާއި ކާނާ ނުލިބި އެންމެ ގިނަ ދުވަހަށް ވެސް ދިރިހުރެވޭނީ 18 ދުވަހުއެވެ.
21 – ހިންޏާއި ކަނޑައަށް އޭގެ އަމިއްލަ ބުރަދަނުގެ 10 ގުނަ ބަރު ތަކެތި އުފުލެއެވެ.
22 – ޕެރަގުއޭއަކީ ދުނިޔޭގެ އެންމެ ވިއްސާރަ ސަރަހައްދެވެ. އެ ސަރަހައްދުގައި ވާރޭވެހުން ގާތްގަނޑަކަށް މެދުނުކެނޑެއެވެ.
23 – ދުނިޔޭގައި ގާތްގަނޑަކަށް 2،000 ނަސްލުގެ އިންސާނުންނާއި ގާތްގަނޑަކަށް 3،000 ބަހުރުވަ ވެއެވެ.
24 – އާދައިގެ އައިސްބާގެއް ނުވަތަ ގަނޑުފެންގަނޑެއްގައި 20،000،000 ޓަނުގެ ބަރުދަން ހުރެއެވެ.
25 – ކިނބިއްސެއް އަޅައި ކޮންމެ ފަހަރަކު އަހަރެމެންގެ ހަށިގަނޑުގެ ހުރިހާ ނިޒާމެއް އެ ހިނދުކޮޅު ހުއްޓުމަކަށް އާދެއެވެ. ހިތުގެ ހިނގުން ވެސް މެއެވެ.
26 – ލޯ ނުމަރައި ކިނބިހި އެޅުމަކީ ވާނޭ ކަމެއް ނޫނެވެ.
27 – ފިރިހެނުންނަށްވުރެ ދެ ގުނަ ގިނައިން އަންހެނުން އެސްފިޔަޖަހައެވެ.
28 – އަނދިރިކުލައިގެ އިސްތަށިގަނޑު ހުންނަ އިންސާނުންނަށްވުރެ ދޮން ކުލައިގެ އިސްތަށިގަނޑު ހުންނަ އިންސާނުންގެ އިސްތަށިގަނޑުގައި ހުންނަ އިސްތަށި އިތުރެވެ.
29 – ފިޔާ ކޮށާއިރު ޗުއިންގަމް ހެފުމުން ލޮލުން ކަރުނަ އައުން މަނާވެއެވެ.
30 – މަދުވެގެން 1،460 އަށްވުރެ ގިނަ ހުވަފެން ކޮންމެ އަހަރަކު ކޮންމެ އިންސާނަކަށް ފެނެއެވެ.
31 – އަހަރެމެން މި ބޯފެނުގެ އުމުރަކީ ތިން ބިލިއަން އަހަރެވެ.
32 – ބައެއް ހިންޏާއި ކަނޑާގައި ފުއްޕާމޭ ނުހުރެ، ނޭވާލަނީ ހަށިގަނޑުގައި ހުންނަ ސްޕިރެކްލް ކިޔާ ލޯވަޅުތަކަކުން ކަމަށްވާތީ، ބައެއް ހިންޏާއި ކަނޑައަށް ފެނުއަޑީގައި ނޭވާ ނުލައި 24 ގަޑިއިރު ވެސް ނޫޅެވެއެވެ. ނަމަވެސް ހިންޏާއި ކަނޑާގެ ބައެއް ބާވަތްތައް، އެ ސޮރުގެ ސްޕިރެކްލްތައް ބަންދުކޮށްލައި، އެތެރެ ހަށީގައި ވައިގެ ބޮކިތަކެއް އުފައްދައިގެން ފެނު އަޑީގައި ދެ ހަފުތާ ވަންދެން ވެސް ދިރިއުޅެވެއެވެ.
33 – އިނގިލީގެ ނިޝާން ފަދައިން ކޮންމެ އިންސާނެއްގެ ދުލުގެ މަތީ ފަށަލައިގައިވާ ނިޝާން ވެސް އެކަކު އަނެކަކާ ތަފާތެވެ.
34 – އިންސާނުންނަށްވުރެ ދުނިޔޭގައި ކުކުޅު ހާ ގިނައެވެ.
35 – ގަޑީގެ ކަށި އެނބުރޭ ގޮތަށް ދައުރު ކުރަނީ އިރާއި ދުނިޔެއާ ދެމެދު ދުނިޔޭގެ އެންމެ ކައިރީގައިވާ ވީނަސް ބިން ނުވަތަ ޕްލެނެޓެވެ.
36 – އިންސާނާގެ އަރިކަށި ކޮންކްރީޓަށްވުރެ ވަރުގަދައެވެ.
37 – މަގުބޫލު މޮބައިލް ގޭމް "ސްލޭ ދަ ސްޕަޔާ"ގައި "ޑުއަލް ވީލްޑް" ކާޑު ހަތް ފަހަރު އަތުރައިލެވޭވަރު ދެ ގުނަ އިތުރެއް ނުކުރެވެއެވެ. އެއީ ހައްދެއް ނެތް ގޮތުގައި ގޭމް ކުޅުމުން ގޭމް ހުއްޓުމަކަށް އައިސްފައިނެތީ ގޭމް އުފެއްދި ފަރާތްތަކުން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
38 – "މުހައްމަދު"ގެ ނަން ތުރްކިޔެގެ ބަހުރުވައަށް ބަދަލުކޮށްފައިވާ "މެހްމެތް"ގެ ނަން ކިޔާ 1،229،000 މީހުން އެ ގައުމުގައި އުޅެއެވެ.
39 – އެކަކުން ފަށައިގެން އެއް ބިލިއަނާ ހަމައަށް ގުނޭނީ، މެދުކެނޑުމެއް ނެތި ދުވާލުގެ 24 ގަޑިއިރު، 32 އަހަރު ވަންދެން ގުނައިގެންނެވެ.
40 – އޮކްސިޖަން ހުސްވެފައިވާ ލޭ އަލުން އަނބުރާ ހިތަށް ފޮނުވައިދޭ "ވެއިން"ތައް ނުވަތަ ހޮޅިތައް، އެކަތި އަނެކައްޗާ ގުޅުވައިލައިފި ނަމަ، އޭގެ ދިގުމިނުގައި 19،200 ކިލޯމީޓަރު ނުވަތަ 11،930 މޭލު ހުރެއެވެ.
41 – އާފަލު، ފިޔާ އަދި އަލުވީގައި ލަނީ އެއް ރަހައެކެވެ. ހަމައެކަނި ތަފާތަކީ އެ ތަކެތީގެ ވަސް އެކަތި އަނެކައްޗާ ތަފާތީއެވެ. ހަގީގަތުގައި އެ ތިނެތީގައި ވެސް ލަނީ ފޮނި ރަހައެވެ.
42 – ނަންބަރު 13 ބެލެވިފައިވަނީ ބަދުނަސީބު ނަންބަރެއްގެ ގޮތުގައި ކަމަށްވާއިރު، އެމެރިކާގެ ގިނަ ހޮޓާތަކުގެ 13 ވަނަ ފަންގިފިލާގައި ކޮޓަރިއެއް ނުހަދައެވެ.
43 – މަދިރި ދުރުކުރާ "ރެެޕެލެންޓް" މާއްދާއަކީ އެ ސޮރުމެން ތިބާއާ ދުރުކޮށްދޭ ސްޕްރޭއެއް ނޫނެވެ. އޭގެން ކުރާ ކަމަކީ މަދިރިއަށް އެއްޗެހި އިހުސާސް ކުރެވޭ ގުނަންތަކުގެ ހިއްސުތައް ކަނޑުވައިލަނީއެވެ. އަދި މިހެންވެ، ތިބާ ހުރި ތަނެއް އެ ސޮރަށް ނޭނގެނީއެވެ.
44 – ކިއުކަމްބާގެ 96 ޕަސެންޓް މާއްދާއަކީ ފެނެވެ.
45 – މަދިރީގައި 47 ދަތް ހުރެއެވެ.
46 – ކޮކާ ކޯލާ ފުރަތަމަ ބްރޭންޑް ކުރީ ފެހި ކުލައިންނެވެ.
47 – އިންސާނުން ދިރިއުޅޭ އިރުގެ ނިޒާމު ނުވަތަ ސޯލާ ސިސްޓަމްގައި، ދުނިޔެ ވެސް ހިމެނޭ ގޮތަށް، އެކުލެވޭ އަށް ބިން ނުވަތަ ޕްލެނެޓްގެ ތެރެއިން އިރުން ބޭރުން ދުނިޔެއާ ހަތަރު ވަނައަށް ޖެހޭ ޔުރެނަސް ޕްލެނެޓް އަހަރެމެންނަށް ހަމަލޮލުން ފެނެއެވެ.
48 – އަންހެނަކު މިހާތަނަށް އެންމެ ގިނައިން ވިހެއީ 69 ދަރިންނެވެ. ދުނިޔޭގައި މުގުރާ ރެކޯޑުތައް ބަލަހައްޓައި ގިނެސްއިން މައުލޫމާތު ދޭ ގޮތުގައި، ތާރީހީ ރިޕޯޓްތައް ދައްކައި ގޮތުން، 1725 އާއި 1765 އާ ދެމެދު ރަޝިއާގެ ދަނޑުވެރިއެއް ކަމަށްވާ ފީއޯޑަރް ވޭސިލިޔޭވްގެ ފުރަތަމަ އަނބި ވެލެންޓީނާ ވޭސިލްޔެވާ، ރަސްމީ ރެކޯޑުތަކެއް ނެތް ނަމަވެސް، ގަބޫލު ކުރެވިފައިވާ ގޮތުގައި ވަނީ 16 ފަހަރު އެއްމާބަނޑު ދެ ކުދިންނާއި ހަތް ފަހަރު އެއްމާބަނޑު ތިން ކުދިންނާއި ހަތަރު ފަހަރު އެއްމާބަނޑު ހަތަރު ކުދިން ވިހައިފައެވެ. މާނައީ 27 ފަހަރު ބަލިވެއިނދެ، މުޅިއެކު 69 ކުދިން ވިހޭކަމެވެ. ހަގީގަތުގައި ވެސް މިއީ އަޖައިބެއް ފަދަ ތާރީހީ ރެކޯޑެކެވެ.
49 – އަދުގެ ދުނިޔޭގައި ކައިވެނި ކުރާ 50 ޕަސެންޓް މީހުންގެ ކައިވެނި ރޫޅެއެވެ.
50 – ކޮންމެ އިންސާނަކަށް، ހިނި ނުވަތަ ކަނޑާ އާއިލާގެ އެއް މިލިއަން ވެއެވެ.
51 – ވަޒަނާއި އުންޑަނަ ނާރާ އަންނައުނާއި އިމާރާތްތަކުގައި އަލިފާން ހިފައިފި ނަމަ، ސަލާމަތްވުމަށް ފަހަތުގައި ލައިފައިވާ ސިޑި އާއި ފެންވަރު ރަނގަޅުކޮށް ލިޔުމާއި މަންޒަރު ލޭސަރު އަލީގެ އެހީގައި ޗާޕްކުރެވޭ ލޭސަރު ޕްރިންޓަރު އީޖާދުކުރީ އަންހެނުންނެވެ.
- ތަރުޖަމާއެއް
