Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ޗައިނާގެ ޗޮންގްކިންގް އެއާޕޯޓަކީ އިންޖިނިއަރިންގެ "ޖާދުލެއް"

ޗައިނާގެ ޗޮންގްކިންގް ވުޝާން އެއާޕޯޓު އޮންނަނީ 1،771 މީޓަރު މަތީގައެވެ. އެއީ 5،810 ފޫޓު ނުވަތަ 1.7 ކިލޯމީޓަރުގެ އުސްމިނެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 1.1 މޭލުގެ އުސްމިން މަތީގައެވެ.

އެއާޕޯޓް ހުޅުވީ 2019 ގައެވެ.

އެއާޕޯޓުގެ އުމްރާނީ މަސައްކަތަކީ ހައިރާންވެ އަންތަރީޒުވާވަރުގެ ކާމިޔާބީއެކެވެ. ސަބަބަކީ އިންޖިނިއަރުންނަށް ޖެހުނީ 2،000 މީޓަރު ނުވަތަ 1.2 މޭލު އުހުގެ ފަރުބަދައެއްގެ މަތި ފަތާކުރާށެވެ.

މިއީ މި ޒަމާނުގެ އިންޖިނިއަރިންގެ ދާއިރާގެ އިންތައް އިތުރަށް ފުޅާކުރަން ޗައިނާއިން ކެރިގެން މިސާލު ދެއްކި އިތުރު ފަހަރެކެވެ.

އެއާޕޯޓު ހެދުމަށްޓަކައި ފަރުބަދަ ފަތާކުރަން ފާހަގަކުރޭވަރުގެ އިންޖިނިއަރިންގެ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެއީ ޓައުހުއާ ފަރުބަދައިގެއެވެ.

މި ބޮޑު މަސައްކަތަށް ހަ އަހަރު ހޭދަވިއެވެ.

އުމްރާނީ މަސައްކަތްތައް އެންމެ ގަދައަށް ހިނގާ ވަގުތުގައި 2،000 އަށްވުރެ ގިނަ  މަސައްކަތްތެރިންނާއި 800 މެޝިން ފަދަ އާލާތްތައް ބޭނުންކުރިއެވެ.

އެއާޕޯޓްގެ ރަންވޭގެ ދިގު މިނަކީ 2،600 މީޓަރު ނުވަތަ 1.6 މޭލެވެ. އަހަރަކު 280،000 ފަސިންޖަރުންނަށާއި 1،200 ޓަނުގެ ކާގޯ އުފުލުމަށް ހިދުމަތް ދެވެއެވެ.

ޗޮންގްކިންގް ވުޝާން އެއާޕޯޓަކީ އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ޗައިނާގައި ހުރިކަމުގެ ދަލީލެކެވެ. ހާއްސަކޮށް ގޮންޖެހުން ކުރިމަތިވާ ގުދުރަތީ މާހައުލުތަކުގައި އުމްރާނީ މަސައްކަތްތައް ކުރުމަށެވެ.