Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ކާމިޔާބު މީހުން ހިފަހައްޓާ 7 އުސޫލު

ސްޓީވަން އާރް. ކޯވީގެ ފޮތް "ދަ ސެވަން ހެބިޓްސް އޮފް ހައިލީ އެފެކްޓިވް ޕީޕްލް" ނުވަތަ "ކަންތައްތައް ކުރެވޭ މީހުން ގެންގުޅޭ ހަތް އާދަ"އާ ގުޅޭ ގޮތުން ލިޔެފައިވާ ފޮތުގައި އޭނާ އަލިއަޅުވައިލަނީ ތިބާ އަގު ހިފަހައްޓާ އުސޫލުތަކާއި ތިބާ ރަނގަޅު ޝަހުސިއްޔަތެއް ގެންގުޅުމުން ޒާތީ ދިރިއުޅުމާއި މަސައްކަތުގެ ދާއިރާގައި ވެސް ކާމިޔާބު ލިބޭނެ ގޮތްތަކަށެވެ.

މި ބަލައިލަނީ މި ފޮތުގައި އޭނާ ފާހަގަކޮށްފައިވާ މުހިންމު 10 ނުކުތާއަށެވެ.

  1. ކަންކަމުގައި އަބަދުވެސް އިސްނަގާށެވެ. ކަންތައްތައް ހިޔާރުކުރަންވަނީ އަމިއްލައަށް ބޭނުންވެގެންނެވެ. ސަމާލުކަން ދޭނީ ތިބާގެ ބާރުގެ ދަށުން ކުރެވޭނެ ކަންތައްތަކަށެވެ.
  2. ކަމެއް ކުރަން ފަށާނީ ވަކި އަމާޒެއް ކަނޑައެޅުމަށް ފަހުއެވެ. އަދި އެ މަސައްކަތެއް ވާންޖެހޭނީ ތިބާގެ ސުލޫކީ މިންގަނޑުތަކާ ހިލާފު ނުވާ ކަމަކަށެވެ.
  3. އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ މުހިންމު ކަންތައްތައްކޮށް ނިންމައިލައިށެވެ.
  4. މީސްމީހުންނާ ބާއްވާ ގުޅުމުގައި ކޮންމެ ކަމެއް ވެސް ކުރަންވާނީ ދެ ފަރާތަށް ވެސް ފައިދާ ހުރި ގޮތަށެވެ.
  5. އަނެކާ ދައްކާ ވާހަކަ ފުރަތަމަ ކަނުލާ އަޑުއަހާށެވެ. ދެން އޭނާ އެ ބުނި އެއްޗެއް ރަނގަޅަށް ފަހުމްވުމަށް ފަހު ތިބާގެ ހިޔާލު ފާޅުކުރާށެވެ.
  6. އެދެވޭ ނަތީޖާތައް ނެރެން ޓީމެއްގެ ގޮތުގައި ގުޅިގެން ރަނގަޅަށް މަސައްކަތްކުރާށެވެ. އެކަކު އަނެކަކާ އެއްކޮށް މަސައްކަތް ކުރުމުން އެ މަސައްކަތަކަށް އިތުރު ބާރެއް ލިބިގެން އަންނާނެއެވެ.
  7. ތިބާ ތާޒާކަން މަތީ އަބަދުވެސް ދެމިހުރުމަށް ތިބާގެ ޖިސްމާއި، ސިކުނޑި އާއި ހިތާއި އަދި ރޫހަށް ފައިދާ ކުރާނެ ކަންތައްތައް ކުރުންމަތީ ދެމިހުންނާށެވެ.
  8. ތިބާ އެހެން މީހުންނަށް މަގު ދައްކައިދޭނީ ނަޒާހަތްތެރިކަމާއި ސުލޫކީ މިންގަނޑުތަކުގައި ހިފެހެއްޓުމާއެކުއެވެ. ތިބާގެ ބާރު އޮތްކަން ދެއްކުމަކުން އަދި ނުފުދެއެވެ.
  9. އެކަނިހަށްޓަށް ހުރެ މަސައްކަތް ކުރުމަށްވުރެ އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުން ލިބޭ ނަތީޖާތައް މާ ރަނގަޅުވާނެއެވެ.
  10. ތިބާގެ ނަފުސުގެ ތަރައްގީއަށްޓަކައި ކުރެވޭ ކަންތައްތަކާމެދު އަލުން ވިސްނައި، އެ ވަގުތުގެ ހާލަތާ އެއްގޮތަށް ތިބާގެ އަމަލުތައް ބައްޓަންކޮށް، އަދި ކުރިމަގުގައި ރަނގަޅު ފިޔަވަޅުތައް އަޅަމުން ތިބާގެ ނަފުސު ތަރައްގީ ކުރަމުން ގެންދާށެވެ.

ސްޓީވަންގެ ފޮތުގައި އަލިއަޅުވައިލައިފައިވަނީ ވަރުގަދަ ސުލޫކީ މިންގަނޑުތަކެއްގައި ހިފަހައްޓައިގެން ކުރިއަށް ދިއުމުން ދިރިއުޅުމާއި މަސައްކަތުގެ ދާއިރާގައި ތިބާ އިތުރަށް ކާމިޔާބުވާނެކަމެވެ. ކަންތައްތަކުގައި އިސްނެގުމާއި، ބޭނުންތެރި ކަންތައްތަކަށް ސަމާލުކަންދިނުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި އަދި ވަށާޖެހޭ ގޮތަށް ތިބާގެ ނަފުސު ތަރައްގީ ކުރުމަށް މަސައްކަތް ކުރުމުގައި ދެމިހުރުމުން ތިބާގެ ދިރިއުޅުން ކާމިޔާބުވާނެކަމެވެ.

  • ތަރުޖަމާއެއް