އެއް ދުވަހަކު މާމަދަރިއަކު އޭނާގެ މާމަ ގާތަށް ޒިޔާރަތްކުރިއެވެ. އަދި މާމަގެ ދިގު އުމުރުގައި ދަސްވީ ކޮން އިބުރަތްތެރި ފިލާވަޅުތަކެއްތޯ އެހިއެވެ.
މާމަ ބުނީ ހަތް ތަދެއް ފާހަގަ ކުރެވުނު ކަމަށެވެ.
އެ ހަތް ތަދަކީ:
- ތަދުވާނީ ބުރަކަށްޓަކަށް ނޫނެވެ؛ އުފުލަން ޖެހިފައިވާ ބުރަ ކަންތަކާއެވެ.
- ތަދުވާނީ ދެ ލޮލަކަށް ނޫނެވެ؛ މީހުންނަށް އިންސާފު ނުލިބޭ ތަން ފެނުމުން އެ ކަމަށެވެ.
- ތަދުވާނީ ބޮލަކަށް ނޫނެވެ؛ ބޮލަށް ވަންނަ ކަމުނުދާ ހިޔާލުތަކުގެ ސަބަބުން އެ ކަމަށެވެ.
- ތަދުވާނީ ކަނދުރާއަކަށް ނޫނެވެ؛ ރުޅިއައިސްގެން ހަޅޭއްލަވައިގަތުމުން އެރި ލޮޅުމުން އެ ކަމަށެވެ.
- ތަދުވާނީ ބަނޑަކަށް ނޫނެވެ؛ ހަޖަމު ނުކުރެވޭ މައްސަލަތަކުގެ ސަބަބުން ފުރާނައަށެވެ.
- ތަދުވާނީ މެއަކަށް ނޫނެވެ؛ އެތެރެ ހަށީގައި ފޮރުވައިގެން ގެންގުޅޭ ނަފުރަތުގެ ސަބަބުން އެ ކަމަށެވެ.
- ތަދުވާނީ ހިތަކަށް ނޫނެވެ؛ ލޯބި ނެތުމުން އެ އުފެދޭ ހުސްކަމަށެވެ.
ވާހަކަ ނިންމާލަމުން މާމަ ބުންޏެވެ: "ދަރިފުޅާއެވެ. ތަދުތަކަށް އެންމެ ބާރުގަދަ ބޭހަކީ ލޯތްބެވެ."
- ތަރުޖަމާއެއް
