Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ފުރާނަ ދިއުމުގެ ކުރިން…

އަހަރެމެން މަރުވާއިރު އަހަރެމެންގެ ފައިސާ ހުންނާނީ ބޭންކްގައެވެ. އަހަރެމެން ދިރިހުރިއިރު އަހަރެމެން ހީކުރަނީ ހަރަދުކުރަން ބޭނުންވި މިންވަރަކަށް އަހަރެމެންގެ އަތުގައި ފައިސާއެއް ނެތް ކަމަށެވެ. އެކަމަކު ހަގީގަތުގައި އަހަރެމެން މަރުވެދާފަހުން ދިރިތިބީންނަށް އެނގޭނީ ހޭދަކުރަން އަހަރެމެންގެ އަތުގައި ވަރަށް ގިނަ ފައިސާ ހުރި ކަމެވެ.

ޗައިނާގައި މަހުޖަނެއް މަރުވެދިޔައިރު އޭނާގެ ހުވަފަތް އަނތްބަށް 1.9 ބިލިއަން ޑޮލަރު (29 ބިލިއަން ރުފިޔާ) ބޭންކްގައި ބަހައްޓައިފައިވެއެވެ. ހުވަފަތް އަނބިމީހާ ދެން ކައިވެނިކުރީ އޭނާގެ މަރުވެދިޔަ ފިރިމީހާގެ ކާރު ޑްރައިވަރާއެވެ. ކާރު ޑްރައިވަރު ބުންޏެވެ: "މިއޮއް ހުރިހާ ދުވަހު އަހަރެން ހީކުރީ އަހަރެން މި މަސައްކަތްކޮށްދެމުން އައީ އަހަރެންގެ ބޮސްއަށް ކަމަށް. ނަމަވެސް އަހަރެންނަށް އަދިކިރިޔާ މި ރޭކާލީ މިއޮއް ހުރިހާ ދުވަހު އަހަރެންގެ ބޮސް ހަގީގަތުގައި މަސައްކަތްކޮށްދެމުން އައީ އަހަރެންނަށްކަން!"

އިންސާފެއް ނެތް ހަގީގީ ދުނިޔެއިން އެނގެނީ އިތުރު މުއްސަނދިކަން ނުލިބުނަސް އުމުރު އިތުރަށް ދިގުވުމުގެ މުހިންމުކަމެވެ. އެހެންކަމުން އަހަރެމެން މަސައްކަތްކުރަންވާނީ ވަރުގަދަ އަދި ސިއްހަތު ރަނގަޅު ހަށިގަނޑެއް ލިބޭތޯއެވެ. ކާކު މަސައްކަތްކޮށްދެނީ ކާކަށްކަން އެއީ މުހިންމު ކަމެއް ނޫނެވެ.

އަގުބޮޑު ފޯނެއްގައި 70 ޕަސެންޓް ހުންނަނީ ބޭނުމެއް ނުހިފޭ ހިދުމަތްތަކެވެ!

އަގުބޮޑު ކާރެއްގައި 70 ޕަސެންޓް ދުވެއްޔާއި އާލަތްތަކަކީ ބޭނުންތެރި އެއްޗެއްސެއް ނޫނެވެ.

ތިބާއަކީ އަގުބޮޑު ގެއެއްގެ ވެރިއެއް ނަމަ އެނގޭނީ އެ ގޭގެ 70 ޕަސެންޓް ޖާގައަކީ އާއްމު ގޮތެއްގައި ބޭނުން ނުކުރާ ބޭކާރު ޖާގަ ކަމެވެ.

ތިބާގެ އަލަމާރީގައި ހުރި އަންނައުނަށް ބަލަމާ ހެއްޔެވެ؟ އޭގެ ތެރެއިން 70 ޕަސެންޓް ހެދުމަކީ ތިބާ ނުލާނެ ހެދުންތަކެވެ!

މުޅި ހަޔާތުގައި މަސައްކަތްކޮށް އާމްދަނީ ހޯދާ އިރު ވެސް އޭގެ ތެރެއިން 70 ޕަސެންޓް ފައިސާއަކީ އެހެން މީހުން ހަރަދުކުރަން ތިބާގެ ފަރާތުން އެ މީހުންނަށް ދާ ބައެކެވެ.

އެހެންކަމުން އަހަރެމެންގެ އަމިއްލަ ކަންކަމަށް ހަރަދުކުރަން ހުރި 30 ޕަސެންޓް އާމްދަނީގެ ބޭނުން އެއްކޮށް ހިފަންވާނެއެވެ.

ބަލި ނޫނަސް މެޑިކަލް ޗެކަޕްއެއް ހަދަން ދާށެވެ.

ކަރުހިއްކައިނުގަތަސް އިތުރަށް ފެން ބޯށެވެ.

ސީރިއަސް މައްސަލަތަކެއް ކުރިމަތިވިޔަސް ބައެއް ކަންތައްތަކުގައި ހިފަހައްޓައިގެން ނޫޅޭށެވެ.

ތިބާ ހުރީ ރަނގަޅު ކޮޅުގައި ނަމަވެސް އަނެކާއަށް ބައެއް ކަންތައްތައް ދޫކޮށްލަން ވެސް ތައްޔާރަށް ހުންނާށެވެ.

ތިބާ ވަރަށް މުއްސަންޖަސް އަދި ނުފޫޒު ގަދަ މީހަކަށް ވިޔަސް އަބަދުވެސް ހިތްތިރިކުރާށެވެ.

ތިބާ ފަގީރަސް އުފަލުގައި ހުންނަން ދަސްކުރާށެވެ.

ކިތައްމެ ބުރަކޮށް އުޅުނަސް ހަށިގަނޑާއި ސިކުނޑި ކަސްރަތުކުރުވައިށެވެ.

ތިބާ ހެޔޮއެދޭ މީހުންނަށް ވަގުތު ދޭށެވެ.

ހަޔާތަކީ ކުރު އެއްޗެކެވެ. އުފާކުރާށެވެ. އަދި ހަޔާތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޭދަކޮށްލާށެވެ!

މާތް ﷲއަށް ލޯބިކުރާށެވެ. އަދި އަނެކުން ދެކެ ވެސް ލޯބިވާށެވެ.

ދުއާ ކުރަން ވަގުތު ހޯދާށެވެ. އަދި މާތް ﷲ ބާއްވާލެއްވި އިލާހީ ބަސްފުޅުތައް ކިޔައިށެވެ!

ގިނަ އަދަދަކަށް ފެން ބޯށެވެ.

ކާށެވެ. ހެނދުނުގެ ނާސްތާ ކުރާނީ ރަސްކަލެއްހެންނެވެ. މެންދުރުގެ ކެއުން ކާނީ ޝެހެޒާދެއް ހެންނެވެ. ރޭގަނޑުގެ ކެއުން ކާނީ ފަގީރެއް ގޮތަށެވެ.

ހަކަތަ އާއި ޝައުގުވެރިކަމާއި ހަމްދަރުދީ ވާ ހާލު ދިރިއުޅޭށެވެ.

ރަނގަޅު ކުޅިވަރުތައް ކުޅޭށެވެ.

ތިބާ 2018 ގައި ކިއި ވަރަށް ވުރެ ގިނަ ފޮތް ކިޔާށެވެ.

މަދުވެގެން 10 މިނެޓް ކޮންމެ ދުވަހަކު ހަމަހިމޭނުން އިންނާށެވެ.

ހަތް ގަޑިއިރު ނިދާށެވެ.

ގާތްގަނޑަކަށް 10 އާއި 30 މިނެޓާ ދެމެދުގެ މިންވަރަކަށް ކޮންމެ ދުވަހަކު ހިނގައިލައިށެވެ. އަދި ހިނގާއިރު ހިނިތުންވެފައި ހުންނާށެވެ.

އެއްވެސް ކަމެއްގައި ހައްދުފަހަނަޅާ ނުދާށެވެ. ކޮންމެ ކަމެއްގައި ވެސް ހައްދެއް ގެންގުޅޭށެވެ.

ތިބާގެ ނަފުސު މާ ސީރިއަސްކޮށް ނުނަގާށެވެ. އެހެން މީހުން އުޅޭނީ އެ މީހުންގެ އަމިއްލަ ނަފުސައިގެންނެވެ.

ދެބައޮޑުވުމުގައި ތިބާގެ ހަކަތަ ދުއްވައިނުލައިށެވެ.

ހޭލާ ހުންނަ އިރު ގިނަގިނައިން ހުވަފެން ދެކޭށެވެ.

ހަސަދަވެރިވުމަކީ ވަގުތު ބޭކާރުކޮށްލުމެކެވެ. ތިބާގެ އަތުގައި ތިބާ ބޭނުންވާ ހުރިހާ އެއްޗެއް މިހާރު ވެސް އެބަހުއްޓެވެ.

މާޒީގެ މައްސަލަތައް ހަނދާން ނައްތައިލައިށެވެ. ތިބާގެ ބައިވެރިޔާއަށް ކުރެވިފައިވާ ކުށްތައް އަލުން އޭނާއަށް ހަނދާން ނުކޮށްދޭށެވެ. އެ ގޮތަށް ކަންތައްތައް ކުރުމުން ތިބާގެ އަދުގެ އުފާތައް ސުންނާފަތިވެގެން ދާނެއެވެ.

އެހެން މީހުންނަށް ނަފުރަތު ކުރުމުގައި ހޭދަކުރުމަށްވުރެ ހަޔާތަކީ ކުރު އެއްޗެކެވެ. އެހެން މީހުން ދެކެ ނަފުރަތު ނުކުރާށެވެ.

ތިބާގެ މާޒީއާ ސުލްހަވާށެވެ. ތިބާގެ އަދުގެ ދިރިއުޅުން ހަލާކު ނުކޮށްލުމަށްޓަކައެވެ.

ތިބާގެ އުފާވެރިކަމުގެ ލަގަން އޮތީ ހަމައެކަނި ތިބާގެ އަތުގައެވެ.

ގިނަގިނައިން ހިނިތުންވެ، ހީ ހަދާށެވެ.

ކޮންމެ ކޮންމެ އަރައިރުންވުމެއްގައި ތިބާ ކޮންމެހެން މޮޅުވާކަށް ނުޖެހެއެވެ. ދެބަސްވުމަށް އެއްބަސްވާށެވެ.

ގިނަގިނައިން ތިބާގެ އާއިލާއަށް ގުޅާށެވެ.

ކޮންމެ ދުވަހަކު ވެސް އެހެން މީހުންނަށް ކޮންމެވެސް އެއްޗެއް ދޭށެވެ.

ހުރިހާ އެންމެންގެ ހުރިހާ ކަމަކަށް މައާފު ކުރާށެވެ.

އުމުރުން 70 އަހަރަށްވުރެ މަތީ މީހުންނާއި އުމުރުން ހަ އަހަރަށްވުރެ ހަގު ކުޑަކުދިންނާއެކު ވަގުތު ހޭދަކުރާށެވެ.

ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހުންގެ މޫނަށް ހިނިތުންވުން ގެނެސްދޭށެވެ.

އެހެން މީހުން ތިބާއާމެދު ދެކޭ ގޮތަކީ ތިބާއާ ބެހޭ ކަމެއް ނޫނެވެ.

އަބަދުވެސް ރަނގަޅު މަގުން ކަންތައްތައް ކުރާށެވެ!

ހުރިހާ ޝިފާއެއް އަންނަނީ މާތް ﷲގެ ފަރާތުންނެވެ.

ހާލަތު ކިތައްމެ ރަނގަޅަސް ނުވަތަ ކިތައްމެ ނުބަޔަސް އެ ހާލަތު ބަދަލުވާނެއެވެ.

ތިބާއަށް ކޮންމެ ފަދަ އިހުސާސެއް ކުރެވުނަސް، ތެދުވާށޭވެ. ހެދުން ލާށެވެ. އަދި ދާންވާ ތަންތަނަށް ދާށެވެ. ރަނގަޅު ގޮތްތައް ވުން އަދި އޮތީ ކުރިމަތީގައެވެ.

ހެނދުނު ހޭލެވުމުން އެ ކަމަށްޓަކައި ޝުކުރު ކުރާނީ މާތް ﷲ އަށެވެ.

ތިބާގެ ނަފުސުގެ އެތެރެއަކީ އަބަދުވެސް އުފާވެރިކަމުގައިވާ ތަނެކެވެ. ބޭރުންވާ ކަމަކުން އެއަށް އަސަރުކުރުމަށް ފުރުސަތު ނުދޭށެވެ. އެހެންކަމުން އަބަދުވެސް އުފަލުގައި ހުންނާށެވެ.

  • ތަރުޖަމާއެއް