Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަންހެނުން ފޯން ބޭނުންކުރާ ގޮތުން ބޭވަފާތެރިކަން ދެނެގަނެވިދާނެތަ؟

ފޯނަކީ ތިބާގެ ލޯބިވެރިޔާ އޭނާގެ ސިއްރުތައް ރައްކާތެރިކުރާ އާލާތެވެ. އެހެންކަމުން އޭނާގެ އަމަލުތައް ހުންނަ ގޮތުން އޭނާ ތިބާއަށް ބޭވަފާތެރިވޭތޯ އޭނާ ފޯން ގެންގުޅޭ ގޮތުން ބެލިދާނެއެވެ. މި ބަލައިލަނީ މި ފަދަ 10 ކަމަކަށެވެ.

  1. ތިބާގެ ގާތުގައި އުޅޭ ވަގުތު ފޯން ނިއްވައިލައިގެން ނުވަތަ ސައިލެންޓް މޯޑްއަށް ލައިގެން އުޅޭ ނަމަ އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަނީއެވެ. އެއީކީ އޭނާއަށް "އަމާންކަމާއި ހިމޭންކަން" ބޭނުންވެގެނެއް ނޫނެވެ. އޭނާގެ ބޭނުމަކީ ތިބާއަށް ފެންނަން ބޭނުންނުވާ ނުވަތަ ތިބާއަށް އަޑުއިވެން ބޭނުންނުވާ ކަންތައްތަކެއް ފޮރުވުމެވެ.
  2. ފޯނަށް ޖަވާބު ދިނުމަށް އޭނާ ދައްކާ ވާހަކަ ތިބާއަށް ނީވޭހާ ދުރަށް ދާ ނަމަ އޭގެ މާނައަކީ އެއީކީ އޭނާގެ ރަހްމަތްތެރިއެއްގެ ނުވަތަ މަސައްކަތު މާހައުލާ ގުޅޭ ފޯން ކޯލެއް ނޫންކަމެވެ. ވަފާތެރި އަންހެނަކު އޭނާގެ ލޯބިވެރިޔާގެ ގާތުގައި ހުރެގެން އެއްވެސް ވާހަކައެއްދައްކަން ޖެހިލުމެއް ނުވާނެއެވެ.
  3. އޭނާ ފޯން ބާއްވާފައި އޮންނަނީ ބަންޑުން ހެއްޔެވެ؟ ތިބާ އޭނާގެ ގާތަށް އައުމުން ފޯނު ފޮރުވާ ހެއްޔެވެ؟ އޭނާގެ ފޯންގެ ޕާސްވޯޑު ނާންގަން އުޅޭ ހެއްޔެވެ؟ އެހެންކަމަށްވާ ނަމަ އޭނާ ކޮންމެވެސް ކަމެއް ސިއްރުކުރަން އެބައުޅެއެވެ. ހިތުގައި ބިރުވެރިކަމެއް ނެތް ނަމަ ތިބާއަށް ފޮރުވަން ޖެހޭ ކަމެއް ނޯންނާނެއެވެ.
  4. އޭނާއަށް ގުޅަނީ ކޮން ބައެއްތޯ އާއި އޭނާ ފޯންގެ ބޭނުންކުރަނީ ކިހިނެތްތޯ ތިބާ ސުވާލުކުރުމުން އޭނާ އޭނާގެ ނަފުސު ދިފާއުކުރަން އުޅެ އަދި އޭނާގެ ގާތަށް ރުޅި އަންނަ ނަމަ އޭގެ މާނައަކީ އޭނާގެ ޕްރައިވެސީ އާއި ޒާތީ ކަންތައްތައް ފޮރުވަން އުޅުމެއް ނޫނެވެ. އެއީ އޭނާއަށް ކުށެއް ކުރެވޭކަން އިހުސާސް ކުރެވޭތީ އޭނާގެ ގިލްޓެއް ވަނީއެވެ.
  5. ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި އޭނާ ތިބާގެ ނަން ނުގަނެ އޭނާއާއެކު ކެއުންތަކަށާއި އޭނާ ދަތުރު ދާ ތަންތަނަށާއި އޭނާއަށް ލިބޭ ހަދިޔާތަކުގެ ވާހަކަތަކުގައި އޭނާއަށް އެ ކަންތައްތަކަށް މަގުފަހިކޮށްދޭ މީހާއަކީ ކާކުކަން ސިއްރުކުރާ ނަމަ އެއީ އޭނާގެ ޕްރައިވެސީ ރައްކާތެރިކަން ކުރަން އުޅުމެއް ނޫނެވެ. އޭނާ އެ ބަލަމުން ދަނީ އުދުއްސައިލުމުގެ ކުރިން ޖައްސާނެ ގަލެއް ފެނޭތޯއެވެ.
  6. އޭނާގެ ފޯނަށް ދަންވަރު ނޮޓިފިކޭޝަން އައިސްގެން ދިއްލޭ ވަގުތު އެއީކީ "ކަމެއް ނޫން" ކަމަށް އޭނާ ބުނާ ނަމަ އެ ކަމަށް ސަމާލުވާށެވެ. މަކަރުވެރި ގޮތަކަށް އޭނާ އެހެން މީހުންނާ ވާހަކަދައްކާނީ ތިބާ ސަމާލުކަން ނުދީ ހުރި ވަގުތެއް ކަމަށް އޭނާއަށް ހީވާ ނަމައެވެ.
  7. އޭނާގެ ކޯލް ލިސްޓް އަވަސްއަވަހަށް ފުހެލައި މެސެޖްތައް ވެސް އަވަސްއަވަހަށް ޑިލީޓް ކުރާ ނަމަ އެއީ އޭނާ ހެކި ނައްތައިލަނީއެވެ. ފޯންގައި ހުންނަ މައުލޫމާތު ފުހެލުމަށް އަވަސްވެގަތުމުގައި އެހެން ބޭނުމެއްވޭ ހެއްޔެވެ؟
  8. އޭނާ އަބަދު ފޯނާ ދޯޅުކޮށް އުޅޭއިރު ތިބާގެ ކޯލްތަކަށާއި މެސެޖްތަކަށް ޖަވާބު ދޭން އެތައް ގަޑިއިރެއް ނަގާ ނަމަ އޭގެ މާނައަކީ އެހެން މޫނެއް ތިބާއަށް ދައްކައިގެން އޭނާ ހަގީގަތުގައި ތިބާއާ ޖަޒުބާތީ ގޮތުން ދުރުވާން ބޭނުންވަނީ ކަމެވެ.
  9. އޭނާގެ ފޯން އެންގޭޖްވެ ނުވަތަ ތިބާގެ ކޯލްތަކުން ރެކެން މަސައްކަތްކުރާ ދަނޑިވަޅުގައި ތިބާ އެ ކަމާ ސުވާލުކުރުމުން އޭނާ ވާހަކަ ދެއްކި މީހާއާ ބެހޭ ގޮތުންނާއި ދެއްކި ވާހަކައިގެ ތަފުސީލު މާ ބޮޑަށް ތިބާއަށް ކިޔައިދޭން އުޅޭ ނަމަ އޭގެ މާނައަކީ އޭނާއަށް ކުށެއް ކުރެވުމުގެ އިހުސާސް ނުވަތަ ގިލްޓް އިހުސާސް ކުރެވުމުން ތިބާއަށް އޮޅުވާލުމަށްޓަކައި މާ ތެދުވެރިވެގެން އުޅެނީ ކަމަށް ހެދެނީއެވެ. ދެ ފުށް ފެންނަ ކަންތައްތަކުގައި އޭނާ ތިބާއަށް ތަގުރީރެއް ދޭކަން ނުޖެހެއެވެ.
  10. އޭނާގެ ފޯނަކީ އޭނާގެ އަމިއްލަ ޒާތީ ކަމެއް ކަމަށް ބުނެ އެ ކަން އިތުރަށް ނުކިޔައިދޭން އުޅެނީ ނަމަ އެއީ "ރަތް ދިދަ"އެކެވެ. ދުޅަހެޔޮ ގުޅުމެއް ބިނާވަނީ އިތުބާރާއި ދެ ފުށް ފެންނަ ލޯތްބެއްގެ މައްޗަށެވެ. އިންތަކެއް ކަނޑައެޅުމުގެ ނަމުގައި ސިއްރިޔާތުގައި ކަންތައްތަކެއް ނުކުރާނެއެވެ.

މި ހުންނަނީ ތިބާގެ ލޯބިވެރިޔާ ތިބާއަށް ބޭވަފާތެރިވާކަން ދެނެގަތުމަށް ލިބޭ ހެކިތަކެވެ. މިހާ ހިސާބަށް ކަންތައްތައް ދިއުމުން އެންމެ ރަނގަޅުވާނީ ހުޅުވިފައިވާ މަޝްވަރާއެއް ކުރުމެވެ. ނުވަތަ އޭނާ ދާން ބޭނުންވާ ގޮތަށް އޭނާ ތިބާގެ ހަޔާތުން ދޫކޮށްލުމެވެ. ތިބާއަކީ ކުޅޭކުޅޭ އެއްޗަކަށް ހެދިޔަ ނުދޭށެވެ. ހަނދާންކުރާށެވެ؛ ވަފާތެރި އަންހެނަކު އޭނާގެ ފުރާނަ ރައްކާތެރިކުރާ މިނަކަށް އޭނާގެ ފޯން ރައްކާތެރިއެއް ނުކުރާނެއެވެ. އޭނާ ތިބާއަށް އިހުތިރާމްކުރާ ނަމަ އޭނާގެ އަމަލުތައް ހުންނަ ގޮތުގެ ހަގީގަތްތައް ތިބާއަށް ތެދުވެރިކަމާއެކު ކިޔައިދޭކަށް ޖެހިލުމެއް ނުވާނެއެވެ. އެހެންކަމުން ލޯބިވެރިއެއް ގެންގުޅޭއިރު އަބަދުވެސް ކަންތައްތަކާ ސަމާލުވެ ހުރެ ލޯބިވެރިޔާ ތިބާއާ ތެދުވެރިކަމާއެކު މުއާމަލާތްކުރަން އެދޭށެވެ.

  • ތަރުޖަމާއެއް