Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ގުދުރަތީ 22 އަޖައިބުގެ ވާހަކަ

އެނގޭ ހެއްޔެވެ؟

  1. ދޫނިސޫފާސޫފި ކުޑަކަމު ނުދެއެވެ.
  2. އަހާއި ގެރި ނިދަނީ ކޮޅަށް ހުރެގެންނެވެ.
  3. ގާތުން ކިރު ދޭ މަހުލޫގުންގެ ތެރެއިން އުދުހެވެނީ ހަމައެކަނި ވާލަށެވެ. ވާލުގެ ފައިގެ ކަށިތައް ކުދި ކަމުން އެ ސޮރުމެންނަކަށް ނުހިނގެއެވެ.
  4. ހަރުފައެއް ލޯ މަރައިލިޔަސް އެ ސޮރަށް ބޭރު ފެނެއެވެ.
  5. ޕޯލާ ބެއާ ބާވަތުގެ ސާރިދޯޅުގެ ކެހެރި ހުންނަނީ ހުދު ކުލައިގައި ކަމަށް ވިޔަސް އެ ސޮރުގެ ހަން ހުންނަނީ ކަޅު ކުލައިގައެވެ.
  6. މެއްސެއްގެ އުމުރަކީ ތިން ހަފުތާއެވެ.
  7. ކޮންމެ އިންސާނަކަށް އެއް މިލިއަން ހިނި ވެއެވެ.
  8. ނަގުލަންދާށްޓެއްގެ ހަށިގަނޑު މައްޗަށް ބަނގުރާ އެޅިއްޖެ ނަމަ އެ ސޮރު އަމިއްލައަށް އެ ސޮރުގެ ގަޔަށް ކަށި ޖަހައި މަރުވެއެވެ.
  9. މިޔަރާއި ކިނބޫގެ އުމުރަކީ 100 އަހަރެވެ.
  10. މާމުއި ކުޅަނދުރުގައި ދެ ބަނޑުވެއެވެ. އެއް ބަނޑަކީ އެ ސޮރު މާމުއި ރައްކާކުރާ ބަނޑެވެ. އަނެއް ބަނޑަކީ އެ ސޮރު ކާ ތަކެތި ހަޖަމު ކުރާ ބަނޑެވެ.
  11. އެތެއްގެ ބަރުދަން "ބްލޫ ވޭލް" ބޮޑުމަހެއްގެ ދުލަށް ވުރެ ލުޔެވެ. ބްލޫ ވޭލެއްގެ ހިތުގެ ބޮޑު މިން ކާރަކާ އެއްވަރެވެ.
  12. ބްލޫ ވޭލަކީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބޮޑު މަހުލޫގެވެ.
  13. ކުރަތްޕަކަށް އޭގެ ބޮލާ ނުލައި ހަފުތާއަކު ދިރިހުރެވެއެވެ. ނަމަވެސް ދެން ބަނޑުހައިހޫނުކަމުގައި މަރުވެއެވެ.
  14. ކޯމަހަކަށް ބައްޔެއް ޖެހިއްޖެ ނަމަ ނުވަތަ ޒަހަމެއް ލިބިއްޖެ ނަމަ، އެ ސޮރުގެ ރުއިން އަޑުއިވިގެން އެހެން ކޯމަސްތައް ވަގުތުން އެ ސޮރު ގާތަށް އާދެއެވެ. އަދި ކޯމަހަކީ ފުއްޕާމެއިން ނޭވާ ލާ މަހަކަށްވާތީ އެހެން ކޯމަސްތައް ވެގެން އެ ކޯމަސް ފެނުން މައްޗަށް ގެންގޮސްދެއެވެ. ނޭވާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންނެވެ.
  15. ފިނިހަކަ ޖެހިޖެހިގެން ތިން އަހަރު ނިދައެވެ.
  16. އެންމެ ހަލުއި ދުވެއްޔެއްގައި އުދުހެނީ "ޕެރަގްރިން ފޮލްކަން" ބާވަތުގެ ދޫންޏެކެވެ. އެއީ ގަޑިއަކު 108 މޭލުގެ ދުވެއްޔެއްގައެވެ.
  17. ގެރިއެއްގެ މުޅި ހަޔާތުގައި އުފައްދަނީ 200،000 ތަށީގެ ކިރެވެ.
  18. ލޭ ބޯ މަހުލޫގެއް ކަމަށްވާ "ލީޗް"އެއްގައި 32 ސިކުނޑިވެއެވެ.
  19. މަގުމަތިވެފައިވާ ބުޅާ ދިރިހުންނަނީ ގާތްގަނޑަށް ތިން އަހަރުއެވެ. ގޭތެރޭގައި ފަރުވާތެރިކަމާއެކު ގެންގުޅޭ ބުޅާ 16 އަހަރަށްވުރެ ވެސް ދިގު މުއްދަތަކަށް ދިރިހުރެއެވެ.
  20. އެއްވެސް ބައްޔެއް ނުޖެހޭ ހަމައެކަނި މަހުލޫގަކީ މިޔަރެވެ. އެ ސޮރަށް ކެންސަރު ވެސް ނުޖެހެއެވެ.
  21. މަދިރި ކަށި ޖަހާ "ޕްރޮބޯސިސް"ގައި 47 ތަން ތޫނުކޮށް ހުރެއެވެ. އެއީ ހަން ކަނޑައިލުމަށް ފަހު ލޭ ބުއިމަށެވެ. އަދި މި ޕްރޮބޯސިސްއަކީ އިންސާނުން ލާ ހެދުމުގެ ފެބްރިކް ވެސް ފޫއަޅުވައިލެވޭ ގުނަވަނެކެވެ.
  22. އިންސާނެއްގެ ސިކުނޑީގައި 2.5 މިލިއަން ޕެޓަބައިޓްސްގެ މައުލޫމާތު ރައްކާކުރެވެއެވެ. މިއީ 2،500،500 މިލިއަން ގިގަބައިޓެވެ.
  • ތަރުޖަމާއެއް