Support Us

ކޮލަމް: މީތިނުކިޔާތި

ދަތުރުމަތީގައި މަޑުކުރާ ހޮޓާގެ ފާހާނާ ދިއްލައިފައި ބެހެއްޓުމުގެ މުހިންމުކަން

ތަޖުރިބާހުރި ދަތުރުވެރިންނާއި ހޮޓެލް ނުވަތަ ގެސްޓްހައުސްގެ ރިސެޕްޝަންގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ މުވައްޒަފުން ބުނާ އެއް ވާހަކައެއް އޮވެއެވެ. އެއީ ތިބާ ދަތުރުވަރިއްގައި އުޅޭ ނަމަ ތިބާ ހުންނަ ހޮޓެލް ނުވަތަ ގެސްޓްހައުސްގެ ފާހާނާ ނިއްވައިނުލައި ނިދަން އޮށޯތުމެވެ. މި ބަލައިލަނީ މި ފަދަ ނަސޭހަތެއް ދިނުމުގެ ފަހަތުގައިވާ ފަސް ސަބަބަކަށެވެ.

  1. ފާހާނާގެ ބޮކި ދިއްލައިފައި ބެހެއްޓުމުން ކުއްލި ހާލަތެއްގައި ތިބާގެ ފުރާނަ ސަލާމަތްކުރެވިދާނެއެވެ. ހީނުކުރާ ކަހަލަ ކަމެއް ދިމާވުމުން ތިބާގެ ކޮޓަރިއަށް އެޅިފައިވާ ފަނޑު އަލިން ތަންތަނާއި އެއްޗެހި ހުރި ގޮތް ދެނެގަނެވޭނެއެވެ. ކޮންމެވެސް ހާދިސާއެއް ހިނގުމުންނެވެ. މިސާލަކަށް، ބިންހެލުމެއް، އަލިފާން ރޯވުމެއް، ނުވަތަ ތިބާގެ ކޮޓަރިއަށް ވަގަކު ވަނުމުންނެވެ. ތިބާ ނުދަން މާހައުލެއްގައި އެއްވެސް ބޮތްކެއް ނުދިއްލައި، އެއްވެސް އަލިކަމެއް ނެތުމުން، ކޮޓަރިން ބޭރަށް ނުކުންނާނެ ގޮތެއް ނޭނގޭނެއެވެ. ފޯން ހޯދުމަށާއި ކޮޓަރީގެ ބޮކި ދިއްލޭ ސްވިޗު ހޯދުމަށް އެތައް ވަގުތެއް ބޭކާރުވާނެއެވެ. މި ކަހަލަ ކަމެއް ނުވުން ގާތަސް އެންމެ ބުއްދިވެރި ގޮތަކީ މި ކަހަލަ ކުއްލި ހާލަތަކަށް ތައްޔާރުވެ ހުރުމެވެ.
  2. ނުދަންނަ ތަންތަނުގައި ނިދުމުން ތިބާ ފަސޭހައިން ބިރުގަނެ ނުވަތަ ހާސްވާ ނަމަ ފާހާނާގެ ބޮކި ދިއްލައިފައި ބެހެއްޓުމުން ތިބާގެ ހިތަށް ފިނިކަމެއް ލިބޭނެއެވެ. ފަނޑު އައްޔެއް ހުރުމުން ތިބާގެ ނިންޖަށް ބުރޫ ނާރާނެ ގޮތަކަށް ތިބާގެ ހާސްކަން ވެސް ކަނޑުވައިލަދޭނެއެވެ. ނުދަންނަ މާހައުލެއްގައި ނިދުމަކީ ބައެއް މީހުންގެ ސިކުނޑި ނުތަނަވަސްވާ ކަމެކެވެ. އަމިއްލަ ގޭގައި ނިދުންހާ ހިތަށް ފަސޭހަކަމެއް ނޫނެވެ. ފާހާނާގެ ބޮކި ދިއްލައިފައި ބެހެއްޓުމުން ތިބާއަށް ސަލާމަތްތެރިކަން އިހުސާސްކުރެވޭނެއެވެ. އަދި ދަންވަރު ސިއްސަސިއްސައިގެން ގޮސް ނުހޭލެވޭނެއެވެ.
  3. ކޮޓަރި މާބޮޑަށް އަނދިރިވުމުން ބައެއް މީހުންނަށް ނިދަން އުނދަގޫވެއެވެ. އަނެއްކޮޅުން ކޮޓަރި ތެރޭގައި ބޮތްކެއް ހުރި ނަމަ އެ އަލި މާގަދަކަމަށް ވެދާނެއެވެ. އަދި މިހެންވެ ނިދަން އުނދަގޫ ވެދާނެއެވެ. މިހެންވެ ހޮޓަލެއްގައި މަޑުކުރާއިރު ފާހާނާގެ ބޮކި ދިއްލައިފައި ބެހެއްޓުމުން އަރާމު ނިންޖަކުން ނިދައިލެވިދާނެއެވެ. މިހެން ހެދުމުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ހުންނާނެއެވެ. އެހާ ގަދަކޮށެއް ނޫނެވެ. އަދި ތިބާގެ ލޮލާއި ކައިރިއަކު ނޫނެވެ. މިހެންވެ، ތިބާއަށް އަރާމުވެ، ނިދި އަންނަން ފަސޭހަވާނެއެވެ. މީގެ އިތުރުން ތިބާއަށް ދަންވަރު ހޭލެވިއްޖެ ނަމަ، އޭގެ މާނައަކީ ކޮޓަރީގެ ބޮކީގެ ސްވިޗާއި ފޯނު ހޯދަން ޖެހިދާނެއެވެ. ނުވަތަ ފާހާނާ ހުރި ދިމާ ހޯދަން ޖެހިދާނެއެވެ. މި ގޮތަށް ހަރަކާތްތެރިކަން އިތުރުވުމުން ތިބާގެ ނިދި އެއްކޮށް ފިލައިފައިނެއެވެ. އަދި މިހެންވެ އަލުން ނިދި އައުމަށް ދަތިކަމެއް ދިމާވެދާނެއެވެ. މީގެ އިތުރުން ތިބާއާއެކު ތިބާގެ އެކުވެރިއަކު ނުވަތަ ބައިވެރިޔާ އެއް ކޮޓަރިއްގައި ނިދާ ނަމަ އޭނާއަށް އުނދަގޫވެދާނެއެވެ.
  4. ރޭގަނޑު އަލާޓްގައި ހުރުމަކީ ހާއްސަކޮށް މުހިންމު ކަމެކެވެ. ހާއްސަކޮށް ތިބާ އެކަނި ހޮޓަލެއްގެ ކޮޓަރީގައި ހުންނަ ނަމައެވެ. ފާހާނާގެ ބޮކި ދިއްލައިފައި ބެހެއްޓުމުން ނުބައި ނިޔަތެއްގައި ތިބާގެ ކޮޓަރިއަށް ވަންނަން އުޅޭ މީހަކަށް އެ ކަން ކުރަން ޖެހިލުންވާނެއެވެ. ކޮޓަރީގައި އަލިކަމެއް ހުރުމުން ތިބާ އަދިވެސް ހޭލާ އުޅެނީ ކަމަށް އޭނާއަށް ހީވެދާނެއެވެ. މިހެންވުމުން ތިބާގެ ކޮޓަރި "ފަޅައިލައިގެން" ވަންނަން މަސައްކަތް ކުރާކަށް ނުކެރޭނެއެވެ.
  5. އާ ކޮޓަރިއެއްގެ ލޭއަޓު ފަރުމާ ކުރެވިފައިވާ ގޮތް ނޭނގުމުން، ކޮޓަރީގައި އަލިކަމެއް ނެތް ނަމަ، ތަފާތު ބާވަތްތަކުގެ "އެކްސިޑެންޓް"ތަކާ ކުރިމަތިވެދާނެއެވެ. މިސާލަކަށް، ފެން ބޮވައިގަނެގެން ނުވަތަ އިތުރު ރަޖާގަނޑެއް ހޯދަން ތެދުވެގެން އުޅޭއިރު އެއްޗެއްގައި އަޅައިގެންފައި ތިބާ ވެއްޓިދާނެއެވެ. ވަކިން ހާއްސަކޮށް ތިބާއަކީ ތިބާގެ ފޮށިތައް ކޮޓަރީގައި ހުޅުވައިފައި ބަހައްޓައިގެން އުޅޭ މީހެއް ނަމަ، އެންމެ ވުން ކައިރި ކަމަކީ އެއިން ފޮއްޓެއްގެ ތެރެއަށް ފައި އެޅި، ތިބާ ބިންމައްޗަށް ވެއްޓުމެވެ. ދެވޭ ނުދެވޭ ތަން ނޭނގޭނެތީއެވެ.

މި ބަލައިލި ފަސް ކަމެއް ކޮށްލުމުން ވެސް ގިނަ ފައިދާތަކެއް ލިބޭނެއެވެ. ކުއްލި ހާލަތެއްގައި ތިބާގެ ފުރާނަ ވެސް ސަލާމަތްކުރެވިދާނެއެވެ.

ނޯޓު: ތަރުޖަމާއެއް