Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ބާރު ފޯރުވުމަށް ބޭނުންކުރާ 10 އުކުޅެއް

ތިބާ ހީވެސް ނުކުރާ ގޮތްގޮތް ބޭނުންކޮށްގެން ބައެއް މީހުން ތިބާގެ މައްޗަށް ނުފޫޒު ފޯރުވަފާނެވެ. މި ބަލައިލަނީ އެ ގޮތުން ބައެއް މީހުން ތިބާއާމެދު ކަންތައްތައްކޮށްފާނެ 10 ގޮތަށެވެ.

  1. ތިބާއަށް ލޯބި އޮއްސައިލައިފާނެއެވެ.
  2. ތިބާގެ ދުނިޔޭގައި ހިނގާ ކަންތައްތައް ތިބާއަށް އޮޅުވައިލައިފާނެއެވެ.
  3. ތިބާއާމެދު އަޅާލުންކުޑަކޮށްލަފާނެއެވެ. ތިބާއަކީ ކުށެއް ކުރެވިފައިވާ މީހެއްކަމަށް ހީކުރުވާށެވެ.
  4. އެ މީހުންގެ ޖަޒުބާތުތަކަށް ޒިންމާ ނަގަން ޖެހޭނީ ތިބާކަމަށް ވިސްނައިދޭން އުޅެފާނެއެވެ.
  5. ގެއްލުން ލިބެނީ އަބަދުވެސް އޭނާއަށްކަމަށް ހެދިގެންއުޅެފާނެވެ.
  6. ދުވަހަކުވެސް ނުގެންނާނެ ކުރިމަގެއް ގެނެސްދޭނެކަމަށް ހެދިގެން އުޅެފާނެއެވެ.
  7. ތިބާގެ ހިތުގައި ހަސަދަ އުފައްދަން އެހެން މީހުންގެ ބޭނުންކޮށްފާނެއެވެ.
  8. މައްސަލައަކީ ތިބާކަމަށް ދައްކަން އުޅެފާނެއެވެ.
  9. ހަތިޔާރެއްގެ ގޮތުގައި ލޯބި ބޭނުންކޮށްފާނެއެވެ. މިސާލަކަށް، ތިބާއަށް ލޯބި ނުދިނުމެވެ.
  10. ތިބާއަކީ މާބޮޑަށް ޖަޒުބާތުގައި ޖެހޭ މީހެއްކަމަށް ދައްކަން އުޅެފާނެއެވެ. އަދި އެ ޖަޒުބާތުތަކަކީ އަގެއް ނެތް އެއްޗެއް ކަމަށް ހަދަން އުޅެފާނެއެވެ.

ގޯސްކޮށް ކަންތައްކުރަނީ އަބަދު ތިބާކަމަށް ދައްކާށައި އެހެން މީހުން ގޯސްކުރުމާއި ކުށްތަކަށް ޒިންމާ ނުނަގާ މީހުންނާމެދު ހުށިޔާރުވާށެވެ. އެ މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރާށެވެ. އެ މީހުންނަށް ހަމްދަރުދީވާކަން ދައްކައިފި ނަމަ އޭގެ ނާޖާއިޒު ފައިދާ އެ މީހުން ނަގާނެއެވެ. ތިބާގެ ލޮލަށް ފެންނަ ވަރަށްވުރެ ފުން، ނާމާން އަދި އަޑި ނޭނގޭ ހިސާބެއްގައި މީހުން އުޅޭކަން ގަބޫލުކުރާށެވެ.

ނޯޓު: ތަރުޖަމާއެއް