އެއާ ކޮންޑިޝަނާ (އޭސީ) އިން ކަރަންޓަށް ދާ ހަރަދު ކުޑަކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް ޑިހިއުމިޑިފިކޭޝަން މޯޑް (ޑްރައި މޯޑް) އަށްލައިށެވެ. އެއިރުން ކޮޓަރީގެ ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހުންނާނީ 50 އާއި 60 ޕަސެންޓާ ދެމެދުގައެވެ.
ދެން ރިމޯޓުން އޭސީގެ ޓެމްޕަރޭޗަރު ނުވަތަ ފިނިކަން 26 ޑިގްރީ ސެލްސިއަސްއަށްލައިށެވެ. މިހެން ހެދުމުން ކޮޓަރީގެ އަސްލު ޓެމްޕަރޭޗަރު ހުންނާނީ 24.3 ޑިގްރީ ސެލްސިއަސްގައެވެ. ހިއުމިޑިޓީ ހުންނާނީ 47 ޕަސެންޓްގައެވެ.
ނިދާއިރު ކޮޓަރީގެ ޓެމްޕަރޭޗަރު 24 ނުވަތަ 25 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމުން ރަނގަޅުވާނެއެވެ. ރިމޯޓް ބޭނުންކޮށްގެން އޭސީގެ ޓެމްޕަރޭޗަރު 16 ޑިގްރީ ސެލްސިއަސްގައި ބެހެއްޓިޔަސް 19 ޑިގްރީ ސެލްސިއަސްއަށްވުރެ ޓެމްޕަރޭޗަރު އަސްލު ދަށްނުވެދާނެއެވެ. އެހެނަސް ކޮމްޕްރެސަރު ހުންނާނީ ހިނގަހިނގައެވެ. އަދި މި ކަމުގެ ސަބަބުން ކަރަންޓް ހަރަދު ބޮޑުވާނެއެވެ.
އެނަޖީ ސޭވްކުރަން ރިމޯޓް ޑިހިއުމިޑިފިކޭޝަން މޯޑަށްލައިށެވެ. މިއީ ޑްރައި މޯޑެވެ. ރިމޯޓުން ސްނޯފްލޭކެއްގެ ބަދަލުގައި ފެންނާނެ ނިޝާނަކީ ފެންތިއްކެއްގެ ސިފައިގައެވެ. ކޮޓަރީގެ ޓެމްޕަރޭޗަރު 24 ނުވަތަ 25 ޑިގްރީ ސެލްސިއަސްއަށްލައިށެވެ. އަދިވެސް ހޫނުކަން އިހުސާސްކުރެވޭ ނަމަ، ކޫލް މޯޑުގައި ރިމޯޓުން އޭސީގެ ޓެމްޕަރޭޗަރު 22 ޑިގްރީ ސެލްސިއަސްއަށްލައިށެވެ. ދެން ޑިހިއުމިޑިފިކޭޝަން ނުވަތަ ޑްރައި މޯޑަށްލައިށެވެ.
ޑިހިއުމިޑިފިކޭޝަން މޯޑުން ކޫލް މޯޑަށްވުރެ 50 ޕަސެންޓް ކަރަންޓް ހަރަދުކުޑަކޮށްދޭނެއެވެ. ސަބަބަކީ ކޮމްޕްރެސަރު ދަށް ފްރިކުއެންސީއެއްގައި ހިނގާނެތީއެވެ.
މި ފިޔަވަޅުތައް އެޅުމުން ކޮޓަރީގައި އޭސީ ޖައްސައިފައި ހުންނަ ގޮތުން ކަރަންޓު ހަރަދު ބޮޑެއްނުވާނެއެވެ.
