Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވަގުތު ނުދޭންވީ 10 ބާވަތުގެ މީހުން

ބައެއް މީހުންނަކީ ތިބާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާވަރުގެ މީހުންނެއް ނޫނެވެ. މި ބަލައިލަނީ މީގެ 10 ބާވަތުގެ މީހުންނަށެވެ.

  1. ތިބާއަށް ވަގުތު ނުދޭ މީހަކަށް ތިބާ ވަގުތު ދިނުމުގެ ބޭނުމެއް ނެތެވެ. ކިތައްމެ ބިޒީ މީހަކަސް އޭނާ ބޭނުން ނަމަ ވަގުތު ހޯދައިގެން ވެސް ތިބާއަށް ވަގުތު ދޭނެއެވެ. ތިބާއާމެދު އަޅާލުން ބަހައްޓާ ނަމަ ތިބާއަށް ވަގުތު ދޭނެއެވެ.
  2. ތިބާ ފޮނުވާ މެސެޖްތައް ކިޔައިފައި އެއާމެދު އަޅާނުލާ މީހަކަށް މެސެޖް ނުފޮނުވާށެވެ. ތިބާކުރާ ކޯލްތަކަށް ޖަވާބުދޭން އާއްމު ގޮތެއްގައި ހަނދާން ނައްޓާލާ މީހަކަށް ނުގުޅާށެވެ.
  3. ބަހާއި އަމަލު ދިމާނުވާ މީހަކަށް ވަގުތު ނުދޭށެވެ. އެއް ދުވަހު ތިބާއާ ރަނގަޅަށް ވާހަކަދައްކައިފި ނަމަ އަނެއް ދުވަހު ތިބާއާމެދު އަމަލުކުރާނީ ތަފާތު ގޮތަކަށެވެ. އޭނާކުރާ ވައުދެއް ނުފުއްދާނެއެވެ.
  4. ދެ ފަހަރު ދެ ގޮތަށް ކަންތައްކުރާ މީހަކަށް ވަގުތު ނުދޭށެވެ. ތިބާއަކީ އޭނާގެ މަންޒިލްކަމަށް އެއް ދުވަހަކު ބުނެފިއްޔާ އަނެއް ދުވަހަކު އޭނާ ކަންތައްކުރާނީ ތިބާ ދިރިއުޅުމާމެދު ވެސް ފޫހިވާ ފަދަ ގޮތަކަށެވެ.
  5. ތިބާއާމެދު ޔަގީންކަމެއް ނުބަހައްޓާ މީހަކަށް ވަގުތު ނުދޭށެވެ. ތިބާއާއެކު އޮތް ގުޅުން ދާ މިސްރާބު ނޭނގޭކަމަށް އޭނާ ބުނާނެއެވެ. މިހެންވެ، އޭނާއާއެކު އުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟
  6. އެ މީހަކުގެ ދުނިޔެ ތިބާއާ ހިއްސާނުކުރާ މީހަކަށް ވަގުތު ނުދޭށެވެ. އެ މީހާ ތިބާއާ ހިއްސާކުރާނީ އެ މީހާއަށް ކުރިމަތިވެފައިވާ މައްސަލަތަކެވެ. އެ މީހާ ތަޖުރިބާކުރާ ރަނގަޅު ކަންތައްތަކުގެ ވާހަކަ ތިބާއާ ހިއްސާއެއްނުކުރާނެއެވެ. ތިބާއަކީ އޭނާގެ މައްސަލަތައް ބޮލަށް ލައިގެން އުޅެންޖެހޭ މީހާ ހެއްޔެވެ؟
  7. ތިބާއަކީ އެ މީހެއްގެ އާއިލާ އާއި ރަހްމަތްތެރިންނަށް ފޮރުވައިގެން އުޅޭ މީހެއް ނަމަ، ތިބާ އޭނާއަށް ވަގުތު ނުދޭށެވެ. ރަނގަޅު ވަގުތު ޖެހުމުން އޭނާގެ އާއިލާއަށާއި ރަހްމަތްތެރިންނަށް ތިބާ ތައާރަފުކޮށްދޭނެކަމަށް އޭނާ ބުނާނެއެވެ. ސުވާލަކީ އެ ބުނާ ރަނގަޅު ވަގުތު އަންނާނީ ކޮން އިރަކުން ހެއްޔެވެ؟
  8. ތިބާއާ ގުޅުން ބޭއްވުމާމެދު ޝައްކު އުފެދޭ މީހަކަށް ވަގުތު ނުދޭށެވެ. ތިބާއާ ގުޅުން ބާއްވަން އެދޭ ނަމަ ތިބާއާ ގުޅުން ބާއްވަން އޭނާ މަސައްކަތްކުރާނެއެވެ. ތިބާއަށް ގުޅާނެއެވެ. ތިބާއަށް މެސެޖުކުރާނެއެވެ. ތިބާއަށް ވަގުތު ނުދޭ ނަމަ އޭގެން ދޭހަވަނީ ތިބާއާއެކު ގުޅުން ބޭއްވުމާމެދު އޭނާގެ ހިތުގައި ޝައްކެއްވާކަމެވެ.
  9. ހަމައެކަނި ޖިންސީ ހިޔާލުތަކާމެދު ވާހަކަދައްކާ މީހަކަށް ވަގުތު ނުދޭށެވެ. އެ މީހަކީ ކުރިމަގުގައި ދިރިއުޅުން ރަނގަޅުކުރަން ވިސްނާނެ މީހެއް ނޫނެވެ. އޭނާއަކީ ކުޅޭކުޅޭ މީހެކެވެ.
  10. ތިބާއަށް ބޭނުމެއް ޖެހިއްޖެ ހިނދެއްގައި ތިބާ ގުޅުމުން ފޯނަށް ޖަވާބު ނުދޭ މީހަކަށް ވަގުތު ނުދޭށެވެ. ތިބާގެ ފަރާތުން ކަމެއް ބޭނުންވުމުން އޭނާ ގުޅާނެއެވެ. ހުށިޔާރުވާށެވެ. ހަގީގީ ގުޅުމަކީ ލޯތްބާއި އަޅާލުމާއި އިހުތިރާމް އެކުލެވޭ ގުޅުމެކެވެ.

މި ބަލައިލި 10 ސިފައިން ސަލާމަތްވެފައިވާ މީހުންނާ ނޫނީ ގުޅުން ނުބާއްވާށެވެ. ތިބާއާ ގުޅުން ބާއްވަން ބޭނުންވާ، ތިބާގެ ކަންތައްތައް ދެނެގަތުމަށް ބޭނުންވާ، ތިބާ ދަށްކޮށްނުލާ މީހުންނާ ތިބާއާ ބައްދަލުވާނެއެވެ. މި ފަދަ މީހުންނާ ދިމާނުވެދާނެކަމަށް ހިތަށް އަރައިފައި ހަލާކުގެ މަގަށް ގެންގޮސްފާނެ މީހުންނާ ގުޅުން ގާއިމުނުކުރާށެވެ. ރަނގަޅު މީހުންނާ ދިމާވަންދެން ތިބާ އެކަނިހައްޓަށް ހުރުމާމެދު ވެސް އުފާކުރާށެވެ. ހަޔާތަކީ މާތް ﷲ ދެއްވި ހަދިޔާއެއްކަން ހަނދާންކުރާށެވެ.

ނޯޓު: ތަރުޖަމާއެއް