Support Us

ސުޝާންތްގެ ކައްކާ މިހާރު މަސައްކަތް ކުރަނީ ރިއާގެ ގާތް މީހަކަށްކަން އެނގިއްޖެ

ޖޫން މަހުގެ 14 ގައި މަރުވެފައި އޮއްވާ ފެނުނު ފިލްމީ ތަރި ސުޝާންތް ސިންގްގެ ކުރީގެ ކައްކާ މިހާރު މަސައްކަތް ކުރަމުން ދަނީ ސުޝާންތްގެ އޭރުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ ގާތް މީހަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސުޝާންތް މަރުވިއިރު އެގޭގައި ތިބި ފަސް މީހުންގެ ތެރޭގައި ހިމެނޭ އެކެއް ކަމަށްވާ އޭނާގެ ކައްކާ ނީރާޖް ސިންގް މިހާރު ހުރީ ދިއްލީގައި ކަމަށް ރިޕަބްލިކް ޓީވީ އިން ބުނެފިއެވެ. އަދި އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ މި މައްސަލައިގެ ހައްޔަރު ކުރެވިފައިވާ ރިއާގެ ގާތް ބޮލީވުޑްގެ އެހެން ފިލްމީ ތަރިއަކަށެވެ.

މައުލޫމާތު ލިބޭގޮތުގައި ނީރާޖް ވަނީ އޭނާގެ ފޯނު ނަމްބަރުވެސް ބަދަލުކޮށްފައެވެ. އަދި ސީ.ބީ.އައި އިން އޭނާ އާ ސުވާލުކޮށްފައިވާ ކަމަށްވެސް ވެއެވެ. އަދި މުމްބާއީ އިން ފުރުމުގެ ކުރިން ސީ.ބީ.އައިގެ ހުއްދަ ހޯދާފައިވާ ކަމަށްވެސް ވެއެވެ.

އޯޑިއޯ ޓޭޕެއްގައި ބުނާ ގޮތުން ނީރާޖް ހުރީ ދިއްލީގައެވެ. އަދި އޮކްޓޯބަރު 2 ގެ ކުރިން އޭނާ ކޯޓަށް ހާޒިރުވާން އަންގާފައިވާ ކަމަށްވެސް އޭގައި ވާ ކަމަށް ވެއެވެ.

ނީރާޖުގެ ބޮޑުބޭބެ ބުނާގޮތުން ނަމަ ސުޝާންތަ މަރުވި ދުވަހުގެ ހެނދުނު ސުޝާންތައް ޖޫސް ތައްޓެއް ދިނީ އެގޭގައި މަސައްކަތް ކުރާ އެހެން މީހެއް ކަމަށްވާ ކީޝަވް އެވެ.

"އަހަރެން އޭނާގެ ދަށުގައި މަސައްކަތް ކުރާތާ ދޮޅު އަހަރު މިވަނީ. އޭނާ މަރުވި ދުވަހު އަހަރެން ހުރީ ގޭގައި. އަހަރެންގެ އިތުރުން ހަތަރު މީހަކު އުޅުނު ގޭގައި. އަދި ސުޝާންތް ސަރ ވެސް ގޭގައި ހުރި. ބޭރު ގޭޓު ސާފުކުރަން ހުއްޓާ ސަރ އައިސް ފިނި ފެންތައްޓެއް ގެނެސްދިނުމަށް އެދުނު. އަދި ހުރިހާ ކަމެއް ރަނގަޅުތޯ ސުވާލުކުރުމަށްފަހު ހިނިތުންވެލާފަ ދިޔައީ. މީ އަހަރެންނާ ސަރ އާ ބައްދަލުވި އެންމެ ފަހު ފަހަރު. އޭރު ގަޑިން ވާނީ ހެނދުނު 8 ނުވަތަ 8:15 ހާއިރު." ނީރާޖް ބުންޏެވެ.

ސުޝާންތް މަރުވުމުގެ ކުރިން އާދަޔާ ހިލާފު ކަމެއް ނީރާޖަށް ފާހަގަ ނުކުރެވުނު ނަމަވެސް ސުޝާންތް މަރުވުމުގެ ދުވަސްކޮޅެއް ކުރިން އޭނާ މާ ގިނައިން ނިދާތީ، ރިއާ އޭނާއަށް ބޭސްތަކެއް ދިން ކަމަށް ނީރާޖު ބުނެފައިވެއެވެ.

"އޭރު ސަރ ޑޮކްޓަރަކަށް ދެއްކި. ނަފްސާނީ ބައްޔެއްގެ އަލާމާތެއް ނެތް. އަހަންނަކަށްވެސް ހީއެއް ނުވޭ ނަފްސާނީ މައްސަލައެއް ހުރި ހެނެއް. އެކަމަކު އޭރު ވަރަށް ގިނައިން ސަރ ނިދާތީ، ރިއާ މެޑަމް ގެނަސްދޭނެ ބޭސްތަކެއް. އަހަރުންނަކަށް ނޭނގެ އެއީ ކޮން ބޭސްތަކެއް ކަމެއް. އެ ބޭސް ސަރ އަށް ކާންދޭނީ މެޑަމް،" އިތުރަށް ނީރާޖް ބުންޏެވެ.

ސުޝާންތް މަރުވި ދުވަހުގެ ހެނދުނު ނާސްތާއަށް ބޭނުމީ ކޯއްޗެއްތޯ އެހުމުން ބޭނުންވަނީ ދޮންކެޔޮވަކަކާއި، ޖޫސް ތައްޓަކާއި، ކުރުނބާ ފެން ކަމަށް ނީރާޖް ގާތުގައި ސުޝާންތް ބުނި ކަމަށް ވެއެވެ. ނަމަވެސް އެ އެއްޗިހި ގެނެސްދިނުމުން ކޮޓަރިއަށް ގެންދިޔައީ ހަމައެކަނި ޖޫސް ތައްޓާއި ކުރުނބާ ފެން ކަމަށްވެސް ނީރާޖް ބުންޏެވެ.

"އެދުވަހު މެންދުރު ކެއްކުމަށްފަހު ގޮސް ކޮޓަރި ތަޅުގައި ހިފިއިރު ހުރީ ތަޅުލާފައި. ސަރ ދުވަހަކުވެސް ކޮޓަރި ތަޅެއް ނުލާނެ. ދެން ދޮޅު ގަޑިއިރު ވީ އިރުވެސް ނުހުޅުވާތީ ދީޕަޝް އާއި ސިދާތް ޕިތާނީ ކައިރީގައި އެވާހަކަ ބުނުމުން ބުނި ގޮސް ބަލާލާނަމޭ. ސަރގެ ރަހުމަތްތެރިއެއްވެސް ދޮރުގައި ޓަކިޖެހި. އެކަމު ޖަވާބެއް ނައިމަ ހީކުރި ނިދާފަ ކަމަށް. އޭރު ސަރ ވަރަށް ގިނައިން ނިދާނެ،" އެދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ނީރާޖް ބުންޏެވެ.

ސުޝާންތްގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މިހާރު ހުރީ ސުޝާންތްގެ މަރުގެ ތުހުމަތުގައި ޖަލުގައެވެ. އޭނާގެ ބަންދުގެ މުއްދަތު ނިމޭނީ 6 އޮކްޓޫބަރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *