Support Us

ޣައްޒާއާ ގުޅޭ އިސްރާއީލުގެ ބޯޑަރުގައި ޓޭންކެއްގައި އިސްރާއީލު ސިފައިންގެ މީހަކު މަޑުކޮށްލައިގެން

ޣައްޒާ ހަނގުރާމަ އަލުން ފަށައިފާނެ ކަމަށް އިސްރާއީލުން އިންޒާރު ދީފި

މި ދިޔަ އަހަރު އޮކްޓޫބަރުގައި ހުއްޓައިލި ދެ އަހަރު ވީ ޣައްޒާ ހަނގުރާމަ އަލުން ފަށައިފައިނެ ކަމަށް އިސްރާއީލުން އިންޒާރު ދީފިއެވެ.

އެމެރިކާ މެދުވެރިވެގެން ގާއިމުކުރި ސީޒްފަޔާއަށްފަހު ވެސް އިސްރާއީލުން ޣައްޒާއަށް ހަމަލާދޭތީ އެ ސީޒްފަޔާ މިހާތަނަށް އޮތީ ބަލިކަށި އެއްބަސްވުމެއްގެ ގޮތުގައެވެ. އެހެން އޮއްވައި އިސްރާއީލުން މިހާރު ބުނީ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސްއިން ހަތިޔާރުތައް ދޫކޮށްލަން ދެކޮޅުހަދައިފިނަމަ ޣައްޒާ ހަނގުރާމަ އަލުން ފަށައިފައިނެ ކަމަށެވެ.

"ހަމާސްއިން ހަތިޔާރު ނުގެންގުޅެން އެއްބަސް ނުވެއްޖެނަމަ އިސްރާއީލުން އެ ކަމާ ދެކޮޅަށް އަމަލުކުރާނެ،" އިސްރާއީލު ސަރުކާރުގެ ތަރުޖަމާނު އައިލޯން ލެވީ ބުންޏެވެ.

އިސްރާއީލުން ދިން އިންޒާރަށް ރައްދު ދެމުން ހަމާސްއިން ބުނީ ޣައްޒާއަށް އެހީ ދިނުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ ޝަރުތަކީ ހަމާސް އަތުން ހަތިޔާރު އަތުލުން ކަމަށް ވެގެން ނުވާނެ ކަމަށެވެ.

"އެހީ ހޯދުމުގެ ބަދަލެއްގެ ގޮތުން އަހަރެމެންގެ ހަތިޔާރުތައް ހަވާލެއް ނުކުރާން،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ބާސިމު ނައީމު ބުންޏެވެ.

ހަމާސްގެ އިތުރުން ފަލަސްތީން އިސްލާމިކް ޖިހާދު ޖަމާއަތުންނާއި ޕޮޕިއުލާ ފްރޮންޓް ފޮ ދަ ލިބަރޭޝަން އޮފް ފަލަސްތީން ޖަމާއަތުން ވެސް ބުނީ ހަތިޔާރު ގެންގުޅުން ހުއްޓައިނުލައިނެ ކަމަށެވެ.

ސީޒްފަޔާއަށްފަހު ވެސް އިސްރާއީލުން ޑްރޯން ހަމަލާތައް ދީ، ޣައްޒާގެ އިމާރާތްތައް ސުންނާފަތިކުރަމުންދާތީ ޣައްޒާ ހަނގުރާމަ އަލުން ފަށައިފައިނެ ކަމަށް ޣައްޒާގެ ރަށްވެހިން ކުރިން ވެސް ދިޔައީ ޝައްކުކުރަމުންނެވެ. އަދި ސީޒްފަޔާގެ ސަބަބުން ހަނގުރާމަ ހުއްޓުނީތޯ ވެސް އޮތީ ސުވާލެއްގެ ތެރޭގައެވެ. ސަބަބަކީ ސީޒްފަޔާގެ ފަހުން ވެސް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 828 މީހުން ޝަހީދުވެފައިވާތީއެވެ.

ސީޒްފަޔާއަށްފަހު ވެސް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުން ހިމެނުމުން، އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އޮކްޓޫބަރު 2023 ގައި ފެށި ޣައްޒާގައި ހަނގުރައިމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 72،608 އަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *