Support Us

އިސްރާއީލުން ސުންނާފަތިކޮށްލައިފައިވާ ޣައްޒާގެ ސަރަހައްދެއް

ޣައްޒާ ހަނގުރާމަ އަލުން ފެށިދާނެކަމުގެ ބިރު އުފެދިއްޖެ

އެމެރިކާ މެދުވެރިވެގެން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާ ހަނގުރާމަ ހުއްޓުވައިލިޔަސް ހަނގުރާމަ އޭގެ ފުރިހަމަ މާނައިގައި އަލުން ފެށިދާނެ ކަމަށް މިހާރު ބެލެވެން ފަށައިފިއެވެ.

ހަމާސްއާއެކު ގާއިމުކުރި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ކޮންމެވެސް ވަރަކަށް ހަމަލާދެމުން ދިޔަސް އިސްރާއީލުން މިހާރު ވަނީ ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރުކުރަން ފަށައިފައެވެ. އެ ގޮތުން މި ދިޔަ ހަފުތާގައި އެކަނިވެސް ވަނީ ޣައްޒާއިން 25 މީހުން ޝަހީދުކޮށްލައިފައެވެ. އެހެންކަމުން، އޮކްޓޫބަރު 2023 ގައި ފެށުނު ޣައްޒާގައި ހަނގުރައިމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 72،500 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޣައްޒާ ހިންގާ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ދޭ ހަމަލާތައް އިތުރުކުރަމުންދާތީ އެ ކަން ކުށްވެރިކޮށްފައެވެ.

"މި ގޮތަށް ކަންތައް މި ދިމާވީ އިސްރާއީލުން ހަނގުރާމަ ހުއްޓައިލުމަށް އަހަރެމެންނާއެކު ހެދި އެއްބަސްވުން ނެގެހެއްޓުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ފޭލިވުމުން،" ހަމާސްއިން ބުންޏެވެ.

ސިޔާސީ ތަޖުރިބާކާރުން ބުނީ އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާދޭން ފެށުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އާރާސްތު ކުރެއްވުމަށް އުފެއްދެވި "ސުލްހައިގެ ބޯޑު"ގެ މަސައްކަތަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.

"އިސްރާއީލުން ބޭނުންވަނީ ފަލަސްތީން ރައްޔިތުން ގެދޮރުން ބޭރުކޮށްލައި، ޣައްޒާއަކީ ދިރިނޫޅެވޭނެ މާހައުލަކަށް ހަދަން،" ޣައްޒާގެ ސިޔާސީ ތަޖުރިބާކާރެއް ކަމަށްވާ އަހްމަދުއްތަނާނީ ބުންޏެވެ.

އިސްރާއީލުން ބުނީ އިސްރާއީލުން ދޭ ހަމަލާތަކަކީ ހަމާސްއާ ގުޅުން ހުރި ހަނގުރާމަވެރިންނަށާއި އިސްރާއީލަށް ހަމަލާދިނުމަށް ރާވާ ޣައްޒާގެ ފުލުހުންނާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *