Support Us

އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު އީރާންގެ ސްކޫލަކަށް ދީފައިވާ ހަމަލާ

އީރާނަށް އެއްގަމު މަގުން އަރަން ޖެހިދާނެ، ގަލްފު ގައުމުތަކުން ވެސް ބައިވެރިވާން އެދޭ: ޓްރަމްޕް

އިސްރާއީލާ ގުޅިގެން އެމެރިކާއިން ދޭން ފެށި ހަމަލާތަކުގައި އީރާނަށް އެއްގަމު މަގުން އަރަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ފެށި ހަމަލާތައް އެމެރިކާ އާއި އިސްރާއީލުން މިހާރު ދަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ. އީރާންގައި އިއްޔެއާ ހަމައަށް މަދުވެގެން 555 މީހުން މަރުވެއްޖެއެވެ. އީރާނުން ވެސް ދަނީ ރައްދުގައި ގަލްފުގައި ހުރި އިސްރާއީލާއި އެމެރިކާގެ އަރަނިތަކަށް ހަމަލާދެމުންނެވެ. އީރާންގެ ސަލާމަތީ މަޖިލީހުގެ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ ބުނީ އެމެރިކާއާއެކު ނިއުކްލިއަ ވާހަކަތައް ކުރިއަށްނުގެންދާނެ ކަމަށެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ އީރާނަށް "ބޮޑެތި ހަމަލާތަކެއް ވަރަށް އަވަހަށް ދޭން ފަށާނެ" ކަމަށެވެ.

"އީރާނަށް ވަރުގަދައަށް ހަމަލާދޭކަށް އަދި ނުވެސް ފައްޓަން. އެންމެ 'ބޮޑު ރާޅު' އަދި އީރާނަކަށް ނާރާ. އެންމެ 'ބޮޑު އެތިފަހަރު' ވަރަށް އަވަހަށް ފޮނުވައިލައިނަން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާއިން އީރާން "ހޭވައްޓާލާ" ވަރަށް ހަމަލާދެމުންދާ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ ހަމަލާތައް ދިގުދެމިގެންދާން ބޭނުންނުވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ހީކުރަމުން އައީ ހަމަލާތަކުގެ މުއްދަތަކީ ހަތަރު ހަފުތާކަމަށް. ހަމަލާތައް މި ފެށީ ޝެޑިއުލް ކޮށްފައިވާ ދުވަހުގެ ކުރިން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާންގެ އެންމެ މަތީ އަދި ރޫހީ ވެރިޔާ އަލީ ހާމަނާއީ އާއި އީރާންގެ އެތައް ދޮޅަހެއްގެ އޮފިޝަލުން ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި މަރައިލެވިފައިވާތީ އީރާންގެ ކަންތައްތައް މިހާރު ހިންގަނީ ކޮން ބައެއްކަން ސާފު ނޫން ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އޭނާއަށް "އެންމެ ބޮޑު ސަޕްރައިސް"އަކަށްވީ އީރާނުން އެ ގައުމުގެ އަވަށްޓެރިން ކަމަށްވާ ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ގަތަރު، ކުވައިތު، ބަހްރައިން އަދި އުރްދުން އަށް ހަމަލާ ދޭން ފެށުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުން އީރާނުން ދޭ ހަމަލާތަކަށް ރައްދު ދޭނެ ކަމަށް މެދުއިރުމަތީގެ ގައުމުތަކަށް އެންގި ކަމަށެވެ. އެ ކަމަކު އެ ގައުމުތަކުން ވެސް މިހާރު ބޭނުންވަނީ އީރާނަށް ހަމަލާދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ގައުމުތަކުން އެންމެ ފުރަތަމައިން ބޭނުންވީ ކުޑަކޮށް މި ކަމަށް ފިޔަވަޅު އަޅަން. ނަމަވެސް މިހާރު ބޭނުންވަނީ މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަންނަން،" ޓްރަމްޕް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *