Support Us

ގަދަކަމުން ރިޔާސީ ގަނޑުވަރުން ނެރުނު ޔޫންއަށް 5 އަހަރުގެ ޖަލު ހުކުމެއް

ވެރިކަމުގައި ހުއްޓައި ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގައި ހައްޔަރުކުރި ރައީސްއެއްކަމަށްވި ޔޫން ސުކް ޔިއޯލްއަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފިއެވެ.

ޑިސެމްބަރު 2024 ގައި ގައުމުގައި މާޝަލް ލޯ ހިންގުމުން ގާނޫނު ހަދާ މަޖިލީހުން އަޒުލުކުރުމުން ހައްޔަރުވިޔަނުދިނުމަށް ސަލާމަތީ އޮފިސަރުންތަކެއްގެ އެހީގައި ރިޔާސީ ގަނޑުވަރުން ނުނުކުތުމުން 3،000 ފުލުހުން މި ދިޔަ އަހަރުގެ ޖަނަވަރީ މަހު ގަނޑުވަރުގެ ފާރު މައްޗަށް އަރައި، ކަށިނަރު ބުރިކޮށްގެން އެ ތަނުގެ ތެރެއަށް ފައިބައި ހައްޔަރުކުރި ޔޫން (ފޮޓޯ) ޖަލަށް ލާން ހުކުމްކުރީ ހަމަ މާޝަލް ލޯ ހިންގި މައްސަލައިގައެވެ.

މި މައްސަލައަކީ ގައުމުގެ ޑިމޮކްރެސީއަށް ގުޑުންއެރި ސިޔާސީ ހާދިސާއެކެވެ.

"ޔޫން ވަނީ ގާނޫނުއަސާސީ އާއި ގާނޫނު މުގުރައިލައިފައި،" ހުކުމް އިއްވަމުން ފަނޑިޔާރު ބައެކް ޑައެ-ހިޔުން ބުންޏެވެ.

ދައުލަތުގެ ވަކީލުން ބޭނުންވީ ބައެކް އިއްވި ހުކުމަށްވުރެ ހަރުކަށި ހުކުމެކެވެ.

ބައެކްގެ ހުކުމުގެ ސަބަބުން ޔޫންއާ ދެކޮޅަށް އިތުރު ޝަރީއަތެއް ހިންގުން އެކަށީގެންވެއެވެ. އެއީ ސަރުކާރާ ދެކޮޅަށް އަނިޔާވެރި ގޮތަކަށް ހަރަކާތެއް ހިންގުމުގެ ތުހުމަތުގައެވެ. އެ ކުށް ސާބިތުވެއްޖެނަމަ މިއަދު އިއްވި ހުކުމަށްވުރެ ހަރުކަށި އަދަބެއް ޔޫންއަށް ލިބޭނެއެވެ.

ޔޫންގެ ވަކީލުން ބުނީ ބައެކްގެ ހުކުމް އިސްތިއުނާފުކުރާނެކަމަށެވެ.

"މިއަދު އިއްވި ހުކުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ހުކުމަކަށްވާތީ އެ ކަމާ ހިތާމަކުރަން،" ޔޫންގެ ވަކީލަކު ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *