Support Us

ޣައްޒާގެ ހާން ޔޫނިސްގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)އިން ހިންގާ ސިއްހީ ކްލިނިކެއް ކައިރީގައި ފަލަސްތީން މީހަކު މަޑުކޮށްލައިގެން

37 އެން.ޖީ.އޯ އަލުން ހުއްދަކުރަން އދ.އިން އިސްރާއީލަށް ގޮވައިލައިފި

ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވުން މަނާކުރި ހިލޭސާބަހަށް މަސައްކަތްކުރާ 37 އެން.ޖީ.އޯ އަލުން ހުއްދަ ކުރުމަށް އދ.އިން އިސްރާއީލަށް ގޮވައިލައިފިއެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުން ތަންފީޒުކުރި ނިންމުން އަނބުރާގެންދިއުމަށް އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް ޖެހިގެން އައި ދުވަހު ވަނީ އެދިފައެވެ.

"އިސްރާއީލުގެ ނިންމުމުގެ ސަބަބުން ފުރާނަ ރައްކާތެރި ކުރެވޭ އެހީއަށް ހުރަސްއެޅި، ޣައްޒާ ހަނގުރާމަ ހުއްޓައިލަންވި އެއްބަސްވުމަށް ހިޔަނި އެޅިދާނެ،" އޭނާ ބުންޏެވެ.

މިސާލެއްގެ ގޮތުން އެންޓޯނިއޯ ބުނީ ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ޖަމިއްޔާ، ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް) އާއި ނޯވޭގެ ރެފިއުޖީންނާ ބެހޭ ކައުންސިލުން ކުރަމުންދަނީ ކޮންމެހެން މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

"މި އެން.ޖީ.އޯތައް މަނާކުރުމުން ފަލަސްތީން ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާތައް އިތުރަށް ގޯސްވާނެ،" އޭނާ ބުންޏެވެ.

އިސްރާއީލުން ބުނީ މަނާކުރި ހިލޭސާބަހަށް މަސައްކަތްކުރާ 37 ޖަމިއްޔާގެ ހުއްދަ ބާތިލުކުރީ އެ ޖަމިއްޔާތަކުގައި މަސައްކަތްކުރަނީ ކޮން ކަހަލަ މުވައްޒަފުންކަން ނޭނގޭތީ އެހެންވެ އޭގެ ތެރޭގައި ޓެރަރިސްޓުން ހަރަކާތްތެރިވެދާނެތީ އިސްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކުރަން ކަމަށެވެ.

އިސްރާއީލަށް ފާޑުކިޔާ ފަރާތްތަކުން ބުނީ މި އެން.ޖީ.އޯތައް މަނާކުރުމުން އޭގެ ގެއްލުން ލިބޭނީ އާއްމުންނަށް ކަމަށާއި ސަބަބަކީ މިހާރު ވެސް އެ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާތީ އެ ހާލަތު އިތުރަށް ގޯސްވާނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *