Support Us

ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލްގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)ގެ ޑޮކްޓަރުން ކުޑަކުއްޖަކަށް ފަރުވާ ދެނީ

އާ އަހަރުން ފެށިގެން ޣައްޒާގައި އެހީ ދޭ 37 ޖަމާއަތް މަނާ

މާދަމާއިން ފެށިގެން ޣައްޒާގައި އެހީ ދޭ 37 ޖަމާއަތް ހަރަކާތްތެރިވުން އިސްރާއީލުން މަނާކޮށްފިއެވެ.

އިސްރާއީލުން މި ގޮތަށް ނިންމީ އެ ޖަމިއްޔާތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި ފައިސާ ހޯދާ ގޮތުގެ ތަފުސީލު އެނގެން ނެތުމުން ކަމަށް ބުނެފައެވެ.

"އިންސާނީ އެހީއަށް މަރުހަބާ ކިޔަން. އެކަމަކު އެ ކަމުގެ ތެރެއިން ޓެރަރިޒަމަށް ޖާގަ ދޭކަށް މަރުހަބާއެއް ނުކިޔާނަން،" އިސްރާއީލަށް ހިޖުރަކޮށްފައިވާ ޔަހޫދީންނާ ބެހޭ ވަޒީރު އަމިޝާއި ޝިކްލީ ބުންޏެވެ.

އާ ގަވައިދުގެ ދަށުން އެންމެ ބޮޑު އަސަރެއް ކުރާނީ ދުނިޔޭގައި ސިއްހީ އެހީ ދޭ ބައިނަލްއަގުވާމީ ޖަމިއްޔާ ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)އަށެވެ. ސަބަބަކީ ޣައްޒާގައި ހޮސްޕިޓަލްތަކުގައި ކޮންމެހެން މުހިންމު ހިދުމަތް ދިނުމާއި ވިހެއުމުގެ ކަންތައްތައް އެ ޖަމިއްޔާއިން ބަލަހައްޓާތީއެވެ.

"އަހަރެމެންނަށް އެނގިގެން ހުރެ ދުވަހަކު ވެސް އަސްކަރީ އަމަލެއްގައި ހަރަކާތްތެރިވާ މީހަކަށް ވަޒީފާ ނުދޭނަން،" އިސްރާއީލުގެ ނިންމުމާމެދު ނުރުހުން ފާޅުކުރަމުން އެ ޖަމިއްޔާއިން ބުންޏެވެ.

ޣައްޒާގެ ހޮސްޕިޓަލްތަކުގެ އެނދުތަކުގެ 20 ޕަސެންޓާއި އުފަންވާ ކުދިންގެ ތިންބައިކުޅަ އެއްބައި ބަލަހައްޓަނީ އެމް.އެސް.އެފްއިންނެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި ޣައްޒާގެ ސިއްހީ ދާއިރާ އިސްރާއީލުން ވަނީ ސުންނާފަތިކޮށްލައިފައެވެ.

އިސްރާއީލުން ހަމަ ހުރެފައި ހިތުހުރި ގޮތަކަށް ނިންމި މި ނިންމުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ކާރިސާ މިހާރަށް ވުރެ ވެސް ގޯސްވާނެ ކަމަށް ޣައްޒާގައި ހިލޭސާބަހަށް މަސައްކަތްކުރި އިނގިރޭސި ވިލާތުގެ ފިޒިޝަނެއް ކަމަށްވާ ޑރ. ޖޭމްސް ސްމިތު ބުންޏެވެ. އޭނާ ޣައްޒާއަށް ވަނުން ފަހުން ވަނީ މަނާކޮށްފައެވެ.

ފަލަސްތީން ނަސްލު ނައްތައިލަން އިސްރާއީލުން ކުރިއަށްގެންދާ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 71،269 މީހުން ވަނީ ޝަހީދުވެފައެވެ. އަދި 171،232 މީހުން ޒަހަމްވެފައެވެ.

ޣައްޒާ ހަނގުރާމަ އިސްރާއީލުން ފެށީ 2023 ގެ އޮކްޓޫބަރު ހަތެއްގައި ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ގްރޫޕުން އިސްރާއީލަށް ވަދެ 1،139 މީހުން މަރައިލައި، 250 އެއްހާ މީހުން ރަހީން ކުރުމުން، ޖެހިގެން އައި ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *