Support Us

މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން އަނިޔާކޮށްފައި މަރުގެ ހުކުމް ތަންފީޒުކުރި ނޫސްވެރިޔާ ތުރުކީ އަލް-ޖާސިރު

ސައުދީން 347 މީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި، ގައުމީ ރެކޯޑެއް

ސައުދީ އަރަބިއްޔާއިން މި އަހަރުގެ މިހާތަނަށް 347 މީހުންނަށް މަރުގެ އަދަބު ދީފިއެވެ. މި ދިޔަ އަހަރު މަރުގެ ހުކުމް ތަންފީޒުކުރީ 345 މީހުންނަށް ކަމަށްވާއިރު މި އަހަރަކީ ރެކޯޑެކެވެ.

މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އަމިއްލަ ބޭނުމަށް މަސްތުވާތަކެތި ބޭނުންކުރި މީހުންނެވެ.

"މިހެންވެ، މިއީ ބައިނަލްއަގުވާމީ އާދަތަކާ ހިލާފު ކަމެއް،" އދ.އިން ބުންޏެވެ.

އދ.އިން ސައުދީއަށް ގޮވައިލީ ހަމަޖެހޭ އުސޫލެއް ގާއިމު ކުރެވެންދެން ވީ އެންމެ އަވަހަކަށް މަރުގެ ހުކުމް ތަންފީޒު ކުރުން އަލުން ހުއްޓައިލުމަށެވެ. ނަމަވެސް ސައުދީން ބުނީ މަރުގެ ހުކުމް ތަންފީޒު ކުރަނީ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށްފައި ކަމަށެވެ.

"އަދި މަރުގެ ހުކުމް ތަންފީޒު ކުރަނީ އެންމެ ސީރިއަސް ކުށްތަކަށް،" ސައުދީގެ އޮފިޝަލަކު ބުންޏެވެ.

މަރުގެ ހުކުމް ތަންފީޒު ކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ. އެއީ "މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދަށުން" ކަމަށް ސައުދީން ބުންޏެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް އިއްވި ޕާކިސްތާންގެ ދެ ރައްޔިތުން ހިމެނެއެވެ.

މަރުގެ ހުކުމް އިއްވި މީހުންގެ ތެރޭގައި ބަންދުގައި ބަހައްޓައިގެން އަނިޔާކޮށްފައި މަރުގެ ހުކުމް ތަންފީޒުކުރި ނޫސްވެރިޔާ ތުރުކީ އަލް-ޖާސިރު ހިމެނެއެވެ.

މީގެ އިތުރުން މުޒާހަރާކުރި ދެ މީހުން ހިމެނެއެވެ. އެ ދެ މީހުން މުޒާހަރާކުރީ ކުޑަ އިރުއެވެ. ސައުދީގައި އެއްވެސް ބާވަތެއްގެ މުޒާހަރާއެއް ކުރުމަކީ ކުށެކެވެ.

މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރޭގައި ފަސް އަންހެނުން ވެސް ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިނގިރޭސި ވިލާތުގެ ޖަމާއަތް ރިޕްރީވްއިން ބުނީ ސައުދީން ކަންތައްކުރަނީ "ހިތުހުރި ގޮތަކަށް" ކަމަށެވެ.

"ސައޫދީގައި އަނިޔާ ކުރުމާއި ގަދަކަމުން އިއުތިރާފު ކުރުވުމަކީ ޖިނާއީ އިންސާފުގެ ނިޒާމުގައި އާއްމު ކަމެއް،" ރިޕްރީވްގެ ޖީދު ބަސްޔޫނީ ބުންޏެވެ.

"އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމު ސައުދީން ވަނީ ސަމާސާއަކަށް ހަދައިފައި،" އޭނާ އިތުރަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް