Support Us

ތޫފާން "ބައިރޮން"ގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޣައްޒާގައި ފެންބޮޑުވެފައިވާ ޓެންޓަކުން ކުދިންތަކެއް ހިމާޔަތް ހޯދަނީ

ޣައްޒާއަށް އެރި 3 ދުވަހުގެ ތޫފާންގައި 14 މަރު

ޣައްޒާއަށް އެރި ތިން ދުވަހުގެ ތޫފާން "ބައިރޮން" މިއަދު މައިތިރިވިއިރު، ތިން ކުޑަކުދިންނާއެކު މަދުވެގެން 14 މީހުން މަރުވެއްޖެއެވެ.

ގެދޮރު ނެތިފައިވާ އެތައް ބަޔަކު ދިރިއުޅެމުންދިޔަ ކޭމްޕްތަކުގައި ހުރި ޓެންޓްތަކާއި އިމާރާތްތަކުގައިވަނީ ފެންބޮޑުވެފައެވެ. ބޯކޮށް ވާރޭ ވެހުމުންނާއި ގަނޑުވާ ފަދަ ފިނި ވައިޖެހުމުން އެތައް ބަޔަކުވަނީ ހާލުގައި ޖެހިފައެވެ.

ފެންބޮޑުވި ޓެންޓެއްގައި މަރުވި އެއް ކުއްޖަކީ އުމުރުން އަށް މަހުގެ ރަހަފު އަބޫ ޖަޒަރުއެވެ.

"އަހަރެމެންނަށް ހޭލެވުނުއިރު ހުރިހާ ދިމާއެއްގައި ވަނީ ފެންބޮޑުވެފައި. އަހަރެންގެ އަންހެން ދަރިފުޅު މަރުވީ ފިނިގަދަވެގެން،" ރަހަފު މަރުވި ގޮތް ކިޔައިދެމުން އޭނާގެ މަންމަ ހާޖަރު އަބޫ ޖަޒަރު ބުންޏެވެ.

ޣައްޒާ ސަރުކާރު މީޑިއާ އޮފީހުގެ ޑިރެކްޓަރު އިސްމާއީލު އަލްސަވަބްތާ ބުނީ އެތައް ހާސް ހިޔާތައް ހަލާކުވެ، އަދި ނެތިގެން ވެސް ގޮސްފައިވާ ކަމަށެވެ.

"ކަންތައްތައްވަނީ ވަރަށް ނާޒުކު ފައްތަރެއްގައި،" އޭނާ ބުންޏެވެ.

އދ.އިން ބުނީ ހިޔާވަހިކަން ފޯރުކޮށްދޭން ބޭނުންވާ ތަކެތި ލިއްބައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ފެންބޮޑުވުމާއި ބަލި ފެތުރުމުގެ ނުރައްކާ އެބައޮތް،" އދ.ގެ އޮފިޝަލަކު ބުންޏެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގެ ސަބަބުން 70،000 އަށްވުރެ ގިނަ މީހުން ޝަހީދުވިއިރު، 1.5 މިލިއަން މީހުންގެ ގެދޮރުވަނީ ނެތިގެން ގޮސްފައެވެ. އެހެންކަމުން ގެދޮރު ނެތިގެންދިޔަ މީހުންނަށް މޫސުމުގެ އަސަރުތަކުން ސަލާމަތްވެވޭނެ ގޮތްތަކެއް މިހާރަކު ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް