Support Us

ޣައްޒާގައި ގެދޮރު ނެތް ރަށްވެހިން ދިރިއުޅޭ ޓެންޓްތަކެއް

ޣައްޒާއަށް 3 ދުވަހުގެ ތޫފާނެއް

ޣައްޒާއަށް މާދަމާއިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ބޯކޮށް ވާރޭ ވެހި، ފިނިކަން ގަދަވާނެ ތޫފާނެއް އަންނާނެ ކަމަށް ލަފާކޮށްފިއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނީ މި ތޫފާންގެ ސަބަބުން ގެދޮރު ނެތިފައިވާ މީހުން އިތުރަށް ހާލުގައި ޖެހޭނެ ކަމަށެވެ.

"މި އިންސާނީ ކާރިސާއިން ސަލާމަތްވުމަށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލަން،" އެ އިދާރާއިން ބުންޏެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޓެންޓްތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ފެންބޮޑުވާނެ ކަމަށް މީޑިއާ އޮފީހުން ބުންޏެވެ.

"ގަދަ ވަޔާއެކު އުދަ އެރުމާއި އަދި ގުގުރުން ވެސް ކުރިމަތިވާނެ،" އެ އިދާރާއިން ބުންޏެވެ.

ޓެންޓްތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާތަކެއް ހާލުގައި ޖެހޭނެ ކަމަށް ބެލެވޭއިރު ހަރީފު މޫސުމުގެ ފިނިކަމުން ވެސް އެ ޓެންޓްތަކުން ސަލާމަތެއް ނުލިބޭނެ ކަމަށް މީޑިއާ އޮފީހުން ބުންޏެވެ.

ފަލަސްތީން ނަސްލު ނައްތައިލަން އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި ޣައްޒާގެ މުޅި އާބާދީގެހެން ގެދޮރު ވަނީ ނެތިގެން ގޮސްފައެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މި ދިޔަ އޮކްޓޫބަރު 10 ގައި ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއެކު އިސްރާއީލުން ސުލްހަ ވިޔަސް، އެމެރިކާއިން ގާއިމުކޮށްދިން ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާއާ ހިލާފަށް އިސްރާއީލުން އަދިވެސް ދަނީ ހަމަލާތައް ކުރިއަށްގެންދަމުންނެވެ. އެއީ މި މުއާހަދާގެ ދެވަނަ މަރުހަލާ ތަންފީޒު ކުރަން މިހާރު ތައްޔާރުވެފައިވީ ނަމަވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް