Support Us

ހޮނިހިރު ދުވަހު އިސްރާއީލުން ދިން ހަމަލާއެއްގައި ސުންނާފަތިވި، ޣައްޒާގެ ބުރައިޖު ރެފިއުޖީ ކޭމްޕްގައި ހުރި އިމާރާތެއްގެ ދަށުން ޝަހީދުވި މީހުންގެ ހަށިގަނޑުތައް ޣައްޒާގެ މަދަނީ ދިފާއީ ބާރުގެ މުވައްޒަފުން ހޯދަނީ

ޣައްޒާ ހަނގުރާމަ ހުއްޓައިލައި މުއާހަދާގެ ދެވަނަ މަރުހަލާ ފަށަނީ

މި ދިޔަ އޮކްޓޫބަރު 10 ގައި ގާއިމުކުރި ޣައްޒާ ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާގައި ސޮއިކުރުމަށްފަހު ވެސް އިސްރާއީލުން ހަމަލާ ދިނުން ކުރިއަށްގެންދަނިކޮށް، އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފަށަން ތައްޔާރުވެއްޖެއެވެ.

އެމެރިކާއިން ހުށަހަޅައިގެން ތަންފީޒުކުރި ޕްލޭނަކީ ޣައްޒާ ކޮންޓްރޯލްކުރާ ޖަމާއަތް ހަމާސްއާއެކު އިސްރާއީލުންވެފައިވާ އެއްބަސްވުމެކެވެ.

ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ނަމެއްގައި ދެ މަހެއްހާ ދުވަހަށް މިހާރު ހުއްޓައިލައިފައި އޮތަސް އަދިވެސް ހަމަލާތައް ކުރިއަށްދާތީ ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 70،000 އަށްވުރެ މައްޗަށް އަރައިފައެވެ. މިހެންވެ ސުލްހައިގެ ދެވަނަ މަރުހަލާ ފަށަން އުޅެނީ ހަމާސްއާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

"އެމެރިކާއިން ހުށަހަޅައިފައިވާ ރޭވުމުގައި އިތުރަށް ސާފުކުރަން ޖެހޭ ބައިވަރު ކަންތައްތައްވޭ،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނައީމް އިއްޔެ ބުންޏެވެ.

ހަމާސްގެ އަތުގައި ހުރި ހަތިޔާރު ބޭނުންކުރުން ހުއްޓައިލުން ނުވަތަ ގުދަންކުރަން އެއްބަސްވި ނަމަވެސް، ސުލްހަ ގާއިމުކުރުމުގެ މަރުހަލާގައި ހަމާސްގެ އަތުން ހަތިޔާރު އަތުލުމުގައި ބައިނަލްއަގުވާމީ ފައުޖެއްގެ ރޯލާ ހަމާސްއިން ދެކޮޅުހެދިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ބުނީ ސުލްހައިގެ މުއާހަދާގެ ދެވަނަ މަރުހަލާ ތަންފީޒު ކުރާއިރު ހަމާސްގެ އަތުން ހަތިޔާރު އަތުލައި ޣައްޒާއަކީ ހަތިޔާރު ނެތް ތަނެއް ގޮތަށް ހަދަން އުނދަގޫވާނެ ކަމަށެވެ.
"ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ތަންފީޒު ކުރިއިރަށްވުރެ ދެވަނަ މަރުހަލާ ކުރިއަށްގެންދަން ވެސް ވަކި ފަސޭހައެއް ނުވާނެ،" ނަތަންޔާހޫ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް