Support Us

ބޮލުގައި ކަޅު ކުލައިގެ ކޮތަޅެއް އަޅުވައިގެން އާމިރު ރަޝީދު އަލީ ކޯޓަށް ވެއްދުމަށްޓަކައި ފުލުހުންގެ ވެހިކަލަކުން ބާލަނީ

ދިއްލީގައި ގޮއްވައިލި ކާރުގެ ވެރިޔާ ހައްޔަރުކޮށްފި

މި މަހު 10 ގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަމިއްލައަށް މަރުވެގެން ގޮއްވައިލި ކާރުގެ ހާދިސާއާ ގުޅިގެން އެ ކާރުގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ބަހާއި ޓެކްސީގެ ކާރުބާރު ބޮޑު އަދި ތާރީހީ ރެޑް ފޯޓް ސަރަހައްދުގައި ކާރު ގޮއްވައިލީ އެ ދުއްވަމުން އުމަރުއްނަބީ ކިޔާ މީހެކެވެ.

ވިއްސަކަށް މީހުން ޒަހަމް ވެސް ވި ހާދިސާގައި ހައްޔަރު ކުރީ ކާރު ރަޖިސްޓްރީކޮށްފައިވާ އާމިރު ރަޝީދު އަލީ ނަމަކަށް ކިޔާ މީހެކެވެ.

"މިއީ ތަހުގީގަށް ލިބުނު މައިގަނޑު ކާމިޔާބެއް،" ތަހުގީގުގައި ބައިވެރިވާ އޮފިޝަލަކު ބުންޏެވެ.

ތަހުގީގުތަކާ ބެހޭ ގައުމީ އިދާރާ، ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެން.އައި.އޭ)އިން ބުނީ އަމިއްލައަށް މަރުވެގެން ދިން ކަމަށް ތުހުމަތު ކުރެވޭ ހަމަލާގައި އުމަރުއްނަބީ ލައްވައި ކާރު ގޮއްވައިލި ހާދިސާގައި އާމިރުގެ އަތެއް ވާކަމަށެވެ.

"ކާރު ގަންނަން އާމިރު ދިއްލީއަށް އައީ ކަޝްމީރުން،" އެ އިދާރާގެ އޮފިޝަލަކު ބުންޏެވެ.

މިއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ބަލައިފައި ކަޝްމީރުން ވެސް ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *