އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ގޮއްވައިލި ބޮމުގައި އަށް މީހުން މަރުވެ ވިއްސަކަށް މީހުން ޒަހަމް ވެއްޖެއެވެ.
ބޮން ގޮއްވައިލީ ރޭގެ ވަގުތެއްގައި ތާރީހީ ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގައެވެ. މިއީ ބަހާއި ޓެކްސް އެއްވާ ކާރުބާރު ބޮޑު ތަނެކެވެ.
"ބޮން ގޮއްވައިލީ އެއްގަމު އުޅަނދެއްގައި. އޭގެ ސަބަބުން ކައިރީގައި ހުރި އެހެން އުޅަނދުތަކަށް ވެސް ގެއްލުން ލިބުނު،" ދިއްލީގެ ޕޮލިސް ކޮމިޝަނަރު ސަތިޝް ގޮލްޗާ ބުންޏެވެ.
ދާހިލީ ވަޒީރު އަމިތު ޝާހް ވިދާޅުވީ "ތަފުސީލީ ތަހުގީގެއް" ހިންގަވާނެ ކަމަށެވެ.
"ތަހުގީގު ކުރެވޭނެ ހުރިހާ ދިމާއެއް ވަގުތުން ވަގުތަށް ބަލާނަން. އަދި ހާމަވާ ނަތީޖާތައް އާއްމު ކުރާނަން،" އަމިތު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ކައިރީގައިވާ ސްޓޭޓްތައް ކަމަށްވާ އުއްތަރު ޕްރަދޭޝް އަދި މުމްބާއީގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.



advertisment