Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މަޖަލަކަށް އޯޑަރު ދިން އަންހެންކުއްޖަކަށް ރެސްޓޯރަންޓުން ފޮނުވި ސިޓީ

އެކުވެރި އެވަލެންއެވެ.

ތިބާ ރޭގައި ދިނީ ވަރަށް ބޮޑު އޯޑަރެކެވެ. ނަމަވެސް އެ ބަލާ ނާންނަމުއެވެ.

އަހަރެމެން ތިބާއަށް ގުޅަން މަސައްކަތްކުރުމުން އަހަރެމެންގެ ފޯން ނަންބަރުތައް ތިބާ ބްލޮކް ކުރީމުއެވެ.

އެ އޯޑަރުގައި ހިމެނޭ ކާބޯތަކެތި ތައްޔާރުކުރުމަށް ބަދިގޭގައި ވަރަށް ބޮޑަށް މަސައްކަތްކުރަންޖެހުނެވެ. އަދި އަހަރެމެންނަށް މާލީ ގެއްލުން ލިބުނެވެ. ސަބަބަކީ އޭގެ އަގު އަހަރެމެންނަށް ނުލިބުމުންނެވެ.

އަހަރެމެންގެ ޝިއާރަކީ ކުރިން ވެސް އަދި ކުރިމަގުގައި އަބަދުވެސް މިއެވެ: "ކާމިޔާބަކީ މި ގޮތެވެ." އަދި މި ސަބަބަށްޓަކައި، އަހަރެމެންނަށް ކުރެވޭނެ ހަމައެކަނި ކަމަކީ ތިބާއަށް ކާމިޔާބަށް އެދެވުމެވެ. އެއީ ތިބާ އިހުތިހާރު ކުރީ ފަގީރު ގޮތެއް ކަމަށް ވިޔަސް މެއެވެ.

ކާމިޔާބަށް އެދެމޭ މި ދެންނެވީ އެހެން ވިޔަފާރިތައް ނުވަތަ ރެސްޓޯރަންޓްތަކާމެދު ތިބާގެ އަމަލުތައް މި ގޮތަށް ތަކުރާރު ނުކުރުމެވެ. ސަބަބަކީ ނުރަނގަޅު އަމަލުތައް އެންމެ ފަހުން އައިސް ލައިގަންނާނީ އެ ކަންތައް ކުރާ މީހާއަށެވެ.

އާނއެކެވެ. ތިބާ ކުރި ކަމަކުން އަހަރެމެންނަށް ގެއްލުމެއް ލިބުނެވެ. ނަމަވެސް އޭގެ ސަބަބުން އަހަރެމެންނަށް ހާއްސަ ހަވީރެއް ލިބުނެވެ. ސަބަބަކީ މރ. ފެނާންޑޯއާ އަހަރެމެން ދިމާވިއެވެ. އޭނާއަކީ ކާމިޔާބުގެ އަސްލު މާނަ އޭނާގެ އަމަލުތަކުން ދޭހަވާ މީހެކެވެ.

މިހެން މި ބުނީ ރެސްޓޯރަންޓް ބަންދު ކުރުމުގެ ކުރިން ނުގެންގޮސް ހުރި އެ އޯޑަރާމެދު އަހަރެމެން އަމަލުކުރާނެ ގޮތަކާމެދު ވިސްނަމުން އައި އިރު މރ. ފެނާންޑޯ ދޮރުގައި ޓަކި ޖަހައިފިއެވެ. އަދި އެ ރޭ ނުވަތަ ޖެހިގެން އަންނަ ހެނދުނު އޭނާ އަހަރެމެންނަށް ކޮށްދެވިދާނެ އެއްވެސް ކަމެއް އޮތްތޯ އެއްސެވެ. ގިނަ މީހުން ފަދައިން އޭނާއަކީ ވެސް ފިތިފައި ހުރި ޖާގައެއްގައި ހުރި މީހެކެވެ. ގެއަށް ކާބޯތަކެތި ގެނައުން ކަހަލަ އާދައިގެ ކަންތައްތަކުގައެވެ. ސަބަބަކީ އޭނާ މިހާރު އަންނަނީ ދެ ކާފަދަރިން ބަލަމުންނެވެ.

މރ. ފެނާންޑޯ މިހާރު ވެސް އުޅެނީ ވަޒީފާއެއްގައެވެ. ނަމަވެސް އޭނާ އަދިކިރިޔާ ފެށީއެވެ. މިހެންވެ ފުރަތަމަ މަހުގެ މުސާރަ އަދި ނުލިބެއެވެ. އެ ދުވަހު ކާނެ އެއްވެސް އެއްޗެއް އޭނާ ގެއަކަށް ނުގެނެއެވެ. އަދި ބަލަމުން އައީ އޭނާގެ ކާފަދަރިންނަށް ކާންބޯން ދޭނެ އެއްޗެއް ފެނޭތޯއެވެ.

އެއްވެސް ފަސްޖެހުމެއް ނެތި ތިބާގެ ކާބޯތަކެތި އަހަރެމެން އޭނާއަށް ދިނީމެވެ.

އޭނާ އަހަރެމެންނަށް ޝުކުރު އަދާކުރިއެވެ. އަހަރެމެންނަށް ދޭނެ ފައިސާ ހޯދުމަށް އޭނާ ދެން ބޭރަށް ޖެހިލުމަށް ބޭނުން ވާތީ އަހަރެމެންނަށް ޔަގީންކަން ދިނުމުގެ ގޮތުން އޭނާގެ ފޯން ރެސްޓޯރަންޓްގައި ބާއްވައިފައި ދިއުމަށް ވެސް އޭނާ ހުށަހެޅިއެވެ. ނަމަވެސް އަހަރެމެން ހަމަ ވަގުތުން އެ ކަމަށް "ނޫނެކޭ" ބުނީމެވެ.

ތާޒާ، ހޫނުކަންމަތީ ހުރި ކާ އެއްޗެއް އަހަރެމެން އޭނާއަށް ދިނީމެވެ. އަދި ބޯނެ އެއްޗެއް ވެސް ދިނީމެވެ. ދިގު ދުވަހަކަށް ފަހު އޭނާ ކުޑަކޮށް އަރާމުކޮށްލުމަށްޓަކައެވެ.

އޭނާ ވި ހިނިތުން ތިބާގެ ހިތަށް ވެސް ނުގެނެވޭނެއެވެ. އޭނާ ހަމައެކަނި ރޭނގަޑުގެ ނާސްތާ ގެއަށް ގެންދިޔައީކީ ނޫނެވެ. ނަމަވެސް އެއީ ހަމަ ހެނދުނުގެ ނާސްތާ އާއި އަދި އޭގެ އަނެއް ދުވަހުގެ މެންދުރުގެ ނާސްތާ ވެސް މެއެވެ.

މރ. ފެނާންޑޯގެ އެ ރެއަކީ "ކާމިޔާބު" ރެއެކެވެ. ސަބަބަކީ މުޅި މި މަހު އޭނާ އާއި އޭނާގެ ކާފަދަރިންނަށް ކާބޯތަކެތި ދޭން އަހަރެމެންނަށް ނިންމީއެވެ.

އެވަލެންނެއެވެ. އަހަރެމެންގެ ހިތުގައި ތިބާއާމެދު އެއްވެސް ނަފުރަތެއް ނެތެވެ. ސަބަބަކީ ރޭގައި އަހަރެމެންނަށް ފެނުނު ހިނިތުންވުމުގެ ސަބަބުން އަހަރެމެން ބުނާ އެއްޗެއް އަލުން ހަނދާންވުމުންނެވެ. އެއީ އަހަރެމެންގެ ޝިޔާރަކަށް ހެދި އިބާރާތްކޮޅެވެ: "ކާމިޔާބަކީ މި ގޮތެވެ."

  • ތަރުޖަމާއެއް