ބައެއް "އައިޑިއާ" ނުވަތަ ހިޔާލަކީ އެ އުފަންވީއްސުރެ އިތުރު ބަދަލުތަކަކަށް ބޭނުން ނުވާ ހިޔާލެކެވެ. އެއަށް އުނިއިތުރު ގެނެސް، އިތުރު ކުރިއެރުންތަކާއި ތަރައްގީ ވެސް ގެނެސް، ނުވަތަ ޒަމާނީ ކުރާކަށް ވެސް ނުޖެހޭ ހިޔާލެކެވެ. އެ ހިޔާލު ދެމިގެން ދަނީ އަބަދުވެސް އެ ހުރި ގޮތަށެވެ.
މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ "ސޭފްޓީ ޕިން" ނުވަތަ ދިވެހީން ކިޔާ ގޮތުން ނަމަ "ކުދި ދަތި"އެވެ. ކުޑަކުދިން ފޮތި ނެޕީ ޖެހި ޒަމާނުގައި "ބޮޑު ދަތި" ވެސް މި އަށް ކިއިއެވެ.
ކުދި ދަތި އީޖާދުކުރީ 1849 ގައި އެމެރިކާގެ މެކެނިކަލް އިންޖިނިއަރެއްކަމަށްވާ ވޯލްޓާ ހަންޓްއެވެ.
މިއީ ސާދާ ގޮތަކަށް ނަރުކޮޅެއް، ވިސްނުންތޫނު ހިޔާލަކާ އެއްގޮތަށް ބަނޑިކޮށްލައިގެން ހަދައިފައިވާ އެއްޗެކެވެ. ސްޓީލް، ސްޓެއިންލެސް ސްޓީލް، ބްރާސް، ނިކެލް، ލޮއެ، ދަގަނޑު، ރިހި އަދި ރަނުން ވެސް ކުދި ދަތި ހަދައެވެ.

ކުދި ދައްޗަށް ބަދަލެއް ނުގެންނަތާ 176 އަހަރުވީއެވެ.
ކޮންމެ ހިޔާލަކީ ކަވި ހިޔާލަކަށް ވާކަށް ނުޖެހެއެވެ. އަބަދު ބަދަލުކުރަން ޖެހޭ ހިޔާލަކަށް ވެސް ވާކަށް ނުޖެހެއެވެ.
ބައެއް ފަހަރަށް ހިޔާލެއްގެ މޮޅުއިތުރުކަން ބިނާވެފައިވަނީ އެއިން ރަނގަޅު ބޭނުމެއް ހިފޭނެ ގޮތެއްގެ މައްޗަށެވެ. އޭގެ އުފެދުން ބައްޓަންވެފައިވާ ގޮތުންނެވެ. އެހެންކަމުން އެ ހިޔާލަށް އިތުރު ބަދަލެއް ގެންނާކަށް ނުޖެހެއެވެ.
- ތަރުޖަމާއެއް
