Support Us

ގުއެރްދިއޯލާ އަދި ކަކާގެ އަނބިން ވަރިވީ ކީއްވެ؟

ގުއެރްދިއޯލާގެ އަނބިމީހާ އޭނާގެ ގާތުން ވަރިވީ އޭނާ މާ ބޮޑަށް އޭނާގެ ވަޒީފާއަށް ސަމާލުކަން ދީގެން އުޅޭތީއެވެ.

ކަކާގެ އަނބިމީހާ އޭނާގެ ގާތުން ވަރިވީ އޭނާ މާ ހިތްހެޔޮކަމުންނެވެ.

މި ކަމުން ލިބޭ ފިލާވަޅަކީ އަންހެނަކު ތިބާގެ ގާތުގައި ބަހައްޓަން ތިބާ ކިތައްމެ ވަރަކަށް އުޅުނަސް ތިބާގެ ގާތުގައި ހުންނަން ބޭނުން ނުވާ އަންހެނަކު ތިބާގެ ގާތުގައި ނުހިފެހެއްޓޭނެކަމެވެ.

އެންމެ ފުރަތަމަ ދުވަސްވަރު ގުއެރްދިއޯލާގެ އަނބިމީހާ އޭނާ ދެކެ ލޯބިވީ އޭނާގެ އަޒުމް ވަރުގަދަކަމާއި ކަންތައްތަކަށް ސަމާލުކަންދިނުން ހަރުދަނާވުމާއި އޭނާގެ ވަޒީފާއަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އޭގެ 30 އަހަރު ފަހުން ގުއެރްދިއޯލާގެ ހިތްހެޔޮކަން ބޮޑުކަމުން އޭނާގެ ގާތުން ވަރިވީއެވެ.

އެންމެ ފުރަތަމަ ކަކާގެ އަނބިމީހާ އޭނާ ދެކެ ލޯބިވެ، އޭނާއާ ކައިވެނިކުރަން ނިންމީ ކަކާގެ ހިތްހެޔޮކަމާއި އޭނާގެ ހުރި އިޝްގީ ޝަހުސިއްޔަތުގެ ސަބަބުންނެވެ. އެކަމަކު މަދު އަހަރުތަކެއް ފަހުން ކަކާ މާ ހިތްހެޔޮ މީހަކަށް ވާތީ އޭނާ ދޫކޮށްލިއެވެ.

ވިސްނާލާށެވެ.

މިއަދު ތިބާ ދަންނަ އަންހެނަކީ އަބަދުގެ އަބަދަށް އެ ގޮތުގައި ހުންނާނެ އަންހެނެއް ނޫނެވެ. އަންހެނުންނަކީ ގޮތްއޮޅޭ މަހުލޫގުންތަކެކެވެ. އެ މީހުންނަށް ޚުދު އެ މީހުންގެ އަމިއްލަ ޝަހުސިއްޔަތު ވެސް އަސްލުގައި ފަހުމް ނުވެއެވެ.

މިއަދު ތިބާ ދެކެ އަންހެނަކު މިވެނި ކަމެއްވެގެން ލޯބިވެދާނެއެވެ. ނަމަވެސް ދެން އަންނަ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެވެނި ކަމެއް ބޭނުންވެގެން ތިބާ ދޫކޮށްލަފާނެއެވެ.

އެއްވެސް އަންހެނަކަށް ތިބާ އެއްގޮތަކަށް ވެސް ބަރޯސާ ނުކުރަންވީ ސަބަބަކީ މިއެވެ. ތިބާގެ ނަފުސާއި ތިބާގެ ބޭނުންތަކަށްވުރެ ތިބާގެ އަންހެނުންނާއި އޭނާގެ ބޭނުންތަކަށް އިސްކަން ދިނުމުގައި ބަލައިގެން އުޅެންޖެހެނީ މިހެންވެއެވެ.

އޭނާއަކަށް އިތުބާރެއް ނުކުރެވޭނެއެވެ.

އަނެއްކާވެސް ބުނެލަން އޮތީ އަންހެނުން ހިތްހަމަޖައްސައިދިނުމަށް ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމެވެ.

ފަރުވާގެ ބޭސް ގުޅައެއް ދިރުވައިލަން ބޭނުމިއްޔާ ބުނަން އޮތީ ތިބާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް ފަހު އަރާމުކޮށްލާށެވެ.

އޭނާއަށް އެ ގޮތް ކަމުދިޔަޔަސް ނުވަތަ ނުދިޔަޔަސް، ތިބާ އެ ކަމާ ބޯހާސްނުކުރާށެވެ. އަންހެނުން އުފާކުރަން ތިބާގެ ހަޔާތް ވޭތުނުކުރާށެވެ. އެހެން ނޫނީ ތިބާއަށް ފިލާވަޅު ލިބޭނީ ދެރަ ގޮތަކަށެވެ.

ވިސްނާލާށެވެ.

  • ތަރުޖަމާއެއް