Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: މާމުއިކުޅަނދުރުގެ ބައެއް އާދަޔާ ހިލާފު ސިފަތައް

މާމުއިކުޅަނދުރަށް ވަކިވަކި އިންސާނުންގެ މޫނު ދެނެގަނެވެއެވެ. މިއީ އިންސާނުންނަށް ވެސް އެހެން އިންސާނުންގެ މޫނުގެ ސިފަ ދެނެގަނެވޭ ގޮތްކަމަށްވާ "ކޮންފިގަރަލް ޕްރޮސެސިން" ނިޒާމުންނެވެ. މާމުއިކުޅަނދުރުގެ މި ހުނަރު ހުރިކަން ދެނެގަނެވިފައިވަނީ ސައިންސްވެރިންކޮށްފައިވާ ތަހުލީލުތަކުންނެވެ. ހައިރާންވާ ކަމަކީ މި ހުނަރު މި ކުޑަ މަހުލޫގަށް ލިބިފައިވަނީ އެ ސޮރުގެ ސިކުނޑި ސެސަމީ އޮށަކަށްވުރެ ކުޑަވިޔަސްމެއެވެ.

މުސްކުޅި މާމުއިކުޅަނދުރު އިރުއޮއްސުމުން ބައެއް ފަހަރު ހަތައަށް އަންނާކަށް ނޭނގެއެވެ. ވަރުބަލިވުމުންނެވެ. ނުވަތަ ރޯނާވުމުންނެވެ. މިހެންވުމުން އެ ސޮރު އިރު އަރަން ދެން ނިދަނީ މަލެއްގެ މަތީގައެވެ. ނިދަނީ ފަސް ގަޑިއިރާއި އަށް ގަޑިއިރާ ދެމެދުގެ ދިގުމިނަކަށެވެ. މި ނިންޖަކީ އެ ސޮރަށް މުހިންމު އެއްޗެކެވެ. އެއީ އެ ސޮރުގެ ހަނދާންތައް ރައްކާތެރިކުރުމަށާއި ތަންތަނަށް ދަތުރުކުރުމުގެ ހުނަރު ދެމެހެއްޓުމަށެވެ.

"އިންސެކްޓް" ބާވަތުގެ އެހެން ސޫފިތައް ފަދައިން މާމުއިކުޅަނދުރުގައި ހުންނަނީ ފިނި ލެއެވެ. ނަމަވެސް ހުރިހާ މާމުއިކުޅަނދުރެއްވެގެން އެއް މަހުލޫގެއް ނުވަތަ "ސުޕާ-އޯގަނިސަމް"އެއް ގޮތަށް ހަތާގައި ހަރަކާތްތެރިވުމަށް އެ ސޮރުމެންގެ ހަށިގަނޑުގެ މަސްތައް ހަރަކާތްތެރިކުރުވައިގެން ހަތައިގެ ޓެމްޕަރޭޗަރު ހޫނުކަމުގައި ދަމަހައްޓައެވެ.

ފިނި ހަރީފު މޫސުން ދިގު ސަރަހައްދުތަކުގައި ވެސް މާމުއިކުޅަނދުރަށް ދިރިއުޅެވެއެވެ. ނަމަވެސް ދޭތެރެއަކުން އެ ސޮރުމެން ހަތައިން ބޭރަށް ދަތުރުކުރެއެވެ. އެއީ ބޮޑުކަމު ދިއުމަށެވެ.

މާމުއިކުޅަނދުރަކީ އެ ސޮރު މަރުވުމުން ވެސް އިންސާނުންނަށް ފައިދާކުރަނިވި ކަންތައްތަކެއް ދޫކޮށްފައި ދާ އެއްޗެކެވެ. އެ ގޮތުން ސަގާފީ ބޭސްވެރިކަމެއްކަމަށްވާ "އެޕިތެރަޕީ"ގައި މާމުއިކުޅަނދުރުގެ އުފެއްދުންތައް ބޭނުންކުރެވެއެވެ. އެޕިތެރަޕީއަކީ އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައް ދުޅަވުމުން ސަލާމަތްކޮށްދިނުމާއި ޖަރާސީމުން ހަށިގަނޑު ދިފާއުކޮށްދިނުމާއި އަދި ހަށިގަނޑުން ވިހައިގެ މާއްދާތައް ބޭރުކޮށްދޭ ފަރުވާއެކެވެ.

  • ތަރުޖަމާއެއް