Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ހަގީގީ ރީތިކަން ވަނީ ހަމައެކަނި ބޭރުފުށަކު ނޫނެވެ.

ލޮލާއި ހަމާއި އިސްތަށިގަނޑާއި މޫނުގެ ބައްޓަން މިއީ މާތް ﷲ ކޮންމެ މީހެއްގައި ތަފާތުކޮށް އަދި ހާއްސަ ގޮތަކަށް އުފައްދަވައިފައިވާ، އެ ކަލާނގެ ކުޅަދުންވަންތަކަމުގެ އިލާހީ "ކުރެހުންތެރި"ކަމެކެވެ.

ބޭރުފުށުގެ ރީތިކަން މާބޮޑަށް ފާޅުވެފައި ހުއްޓަސް އެތެރެފުށުގެ ރީތިކަމަކީ މާ މާނަފުން އަދި ދާއިމީ ރީތިކަމެކެވެ.

މީހެއްގެ ބޭރުފުށުގެ ސިފައަށް މަލާމާތްކުރުމަކީ ފުރައްސާރަ ކުރި މީހާގެ ޖާހިލުކަމާއި އަނިޔާވެރިކަން ދައްކައިދޭ ކަމެކެވެ. މިއީ އެ ހަނގާކުރި މީހާގެ ނަފުސުގައި ހުރި ނުކުޅެދުންތެރިކަމެއް ނުވަތަ "އިންސެކިއުރިޓީ"އެއް ހުރިކަމުގެ ނިޝާނެކެވެ.

ހަމައެކަނި ޖިސްމާނީ ރީތިކަމަކީ "ތިލަ" ރީތިކަމެކެވެ. ހަގީގީ ރީތިކަން ވަނީ ހެޔޮ ހިތެއްގައެވެ. ރަނގަޅު ސިކުނޑިއެއްގައެވެ. އަދި މަޑުމައިތިރި ރޫހެއްގައެވެ.

ސީދާސާދާކަމާއި ރަނގަޅު އަހުލާގާއި ހަމްދަރުދީވުމާއި ލޯތްބަކީ އެ މީހެއްގެ އެތެރެ ނަފުސު މުއްސަނދިކޮށްދޭ ކަމެކެވެ. މިއީ އޭނާ ހަގީގާތުގައި ރީތިކޮށްދޭނެ ސިފަތަކެވެ.

ހަގީގީ ރީތި މީހަކީ ބުނާ ބަސްތަކުންނާއި އިހުތިރާމް އަދާކުރުމުންނާއި ހަމްދަރުދީ ފާޅުކުރުމުން އެހެން މީހުންގެ ރޫހު އުފުލައިދޭ މީހުންނެވެ.

ސަގާފީ ގޮތުން ކަނޑައަޅައިފައިވާ ރީތިކަމުގެ މިންގަނޑުތަކަކީ އިންސާނުންގެ މެދުގައި އޮޅުވައިލައިފައިވާ ކަންކަމެވެ. އެ މީހެއްގެ އަގަކީ ކޮބައިކަން ކަނޑައަޅަން މި މިންތަކަށް ތަބާވާކަށް ނުޖެހޭނެއެވެ.

ކޮންމެ މީހެއްގެ ވެސް އެ މީހެއްގެ އަމިއްލަ އަދި ހާއްސަ ރީތިކަންވެއެވެ. މިހެންވެ، އެކަކު އަނެކަކުގެ ރީތިކަމާ އަޅާބެލުމަކީ ނުރައްކާތެރި ކަމެކެވެ. އަހަރެމެން އަގުކުރަން ޖެހޭނީ ބޭރުފުށަށްވުރެ ރޫހީ ސިފަތަކަށެވެ. ސަބަބަކީ ޖިސްމާނީ ރީތިކަމަކީ ވަގުތު ދާ ވަރަކަށް ފުހެވެމުންދާނެ އެއްޗެކެވެ. ނަމަވެސް އެތެރެފުށުގެ ހެޔޮކަމާއި ހިތްތިރިކަމާއި ލޯތްބަކީ މާނަވީ އަދި ދާއިމީ ގުޅުން އަނެކުންގެ ދެމެދުގައި އުފައްދައިދޭނެ ކަންތައްތަކެވެ. މިހެންވެ އެތެރެފުށުގެ ރީތިކަމަކީ އަގުގެ ގޮތުން މާ ބޮޑު އަދި ދާއިމީ އެއްޗެކެވެ.

މާތް ﷲ ހުރިހާ އިންސާނުން ވެސް އުފެއްދެވީ ރީތިކޮށެވެ. ހަމުގެ ކުލައިން ފެށިގެން ޖިސްމާނީ ސިފަތައް ތަފާތުކުރައްވައިފައިވާއިރު އެ ކަމަށް މަލާމާތްކޮށް، ފުރައްސާރަކުރުމުން އެއީ އަނެކާއަށް ލިބޭނެ ޖަޒުބާތީ ގެއްލުމެކެވެ.

ހަގީގީ ރީތިކަމަކީ ހިތްހެޔޮކަމާއި ލޯބިން ފުރިފައިވާ ހިތަކާއި ސިކުނޑިއެކެވެ. އެ މީހަކު އެ މީހެއްގެ ގޮތުގައި ބަލައިގަތުމަކީ މުހިންމު ކަމެކެވެ. އެކަކު އަނެކަކާ އަޅައިކިޔައިގެން ނުވާނެއެވެ. އެތެރެފުށުގެ ރަނގަޅު ކަންތައްތައް ބަލައިގަންނާށެވެ. ކޮންމެ މީހަކަށް ވެސް ހަގީގީ މާނައިގެ ރީތި ދިރިއުޅުމެއް ލިބޭނީ ޝުކުރުވެރިވުމާއި ހިތްތިރިކަމާއި އަދި ލޯބިން ފުރިފައިވާ ހަޔާތަކައިގެން ކުރިއަށްދިއުމުންނެވެ.

  • ތަރުޖަމާއެއް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ސުރުޚީގައި އެއޮތް "ކިހިނެތް" މި ލަފުޒުގެ ނިމޭ ތަނުގައި ތާ ސުކުން ޖަހާފައިވަނީ ކޮން ހަމައަކުންތޯ؟ އެއީ އެ ލަފުޒު ކިޔާއިރު އަޑު ނުކުންނަ ގޮތްތޯ؟ ރަދީފުގައި އޮންނަނީ އަލިފު ސުކުން. "ކިހިނެއް" މިގޮތަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *