Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ކައިވެނި ކުރުމުގެ ކުރިން ކޮންމެހެންވެސް އެނގުން މުހިންމު

ދޭދޭ ގުޅުންތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ގެރީ ޗެޕްމެން ލިޔެފައިވާ ފޮތް "ތިންގްސް އައި ވިޝް އައި ހެޑް ނޯން ބިފޯ ވީ ގޮޓް މެރީޑް" ("ކައިވެނި ކުރުމުގެ ކުރިން އަހަރެމެންނަށް އެނގު ނަމައޭ ހިތަށް އަރާ ކަންތައްތައް")ގައި އޭނާ ވަނީ ވަރުގަދަ އަދި ދާއިމީކޮށް ދެމިގެންދާނެ ޒަވާޒީ ދިރިއުޅުމެއް ގާއިމުކުރަން ކޮންމެހެން މުހިންމު 10 ފިލާވަޅެއް ކިޔައިދީފައެވެ.

މި ބަލައިލަނީ މި 10 ފިލާވަޅަށެވެ:

1. ހަމައެކަނި ލޯތްބަކުން ނުފުދެއެވެ.

ކެތްތެރިކަމާއި ގޮތްދޫކުރުމާއި އިތުބާރުކުރުމާއި އަދި ކައިވެނި ދަމަހައްޓަން އަބަދުމެ މަސައްކަތްކުރަންޖެހެއެވެ.

2. ދެމަފިރިންގެ ޝަހުސިއްޔަތުގައި ތަފާތު ހުންނާނެކަން ބަލައިގަންނާށެވެ.

އެއީ ދެ މީހުންގައި އެއްގޮތް ކަންތައްތަކެއް ހުރި ނަމަވެސްމެއެވެ. އާއްމުކޮށް ކުރާ ކަންތައްތައް ނުވަތަ "ހެބިޓް" އާއި އަގުކުރާ ކަންތައްތައް ނުވަތަ "ވެލިއުސް" އާއި ކަންތައްތަކާމެދު ދެކޭ ގޮތް ނުވަތަ "ޕާސްޕެކްޓިވް" މިއީ ދެ މީހުންގައި ތަފާތުވެދާނެ ސިފަތަކެވެ. މި ކަން ފަހުމްވެ، ބަލައިގަތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

3. މައްސަލަތައް ހައްލުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

ހަމަޖެހިލައިގެން އިހުތިރާމާއެކު މައްސަލަތައް ހައްލުކުރުމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާވާނެއެވެ.

4. މާލީ ކަންތައްތަކަކީ މުހިންމު ކަންތައްތަކެކެވެ.

ފައިސާގެ ކަންތަކުގައި މަޝްވަރާކުރަންވާނީ ތެދުވެރިކަމާއެކުއެވެ. ހަރަދުތަކަށް ބަޖެޓު ކަނޑައަޅާއިރު ދެމަފިރިން ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުން ދެ މީހުންގެ ދެމެދުގައި ނުތަނަވަސްކަމެއް ނުއުފެދޭނެއެވެ. އަދި ކަންތައްތައް ފަހުމްވާލެއް ފަސޭހަވާނެއެވެ.

5. ޒަވާޖީ ހަޔާތަކީ ވަގުތާއި ހިތްވަރު ބޭނުންވާ ދިރިއުޅުމެކެވެ.

ވަރުގަދަ ޒަވާޖީ ގުޅުމަކަށް ކެނޑިނޭޅި ފަރުވާތެރިކަމާއެކު މަސައްކަތްކުރަންޖެހެއެވެ. އެ ކަމަށް ކޮލިޓީކޮށް ވަގުތު ދޭންވާނެއެވެ. އަދި ދެމަފިރިންނަށް ވެސް މުހިންމީ ކޮން ކަންތައްތަކެއްތޯ ކަނޑައަޅަންވާނެއެވެ.

6. ޖަޒުބާތީ ބޭނުންތައް ފުއްދެންވާނެއެވެ.

އަނެކާގެ ޖަޒުބާތީ އެދުންތަކަކީ ކޮބައިކަން ދެނެގަނެ އެ ކަންތައްތައް ފުރިހަމަކޮށްދިނުމުން ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން އެއީ ފުން ގުޅުމަކަށް ބަދަލުވެ، އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަޖެހުން ލިބޭނެއެވެ.

7. ގާތްކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން ކައިރިވުމެއް ނޫނެވެ.

ޖަޒުބާތީ ގޮތުން ގާތްކަން ބާއްވައި، އަނެކާގެ ދިފާއީ ނިކަމެތި ކަންތައްތައް ރައްކާތެރިކޮށްދީ، ދެ މީހުންގެ ދެމެދުގައި އިތުބާރު އުފެއްދުމުން ޖިސްމާނީ ގޮތުން އުފެދޭ ގާތްކަން މާނަފުންވާނެއެވެ.

8. މުއާމަލާތްކުރުމަކީ ޒަވާޖީ ދިރިއުޅުމުގެ ބިންގަލެވެ.

ސާފުކޮށް، ހަމްދަރުދީވާ ހާލު މުއާމަލާތް ކުރުމުން އަނެކާގެ ބޭނުންތައް ފަހުމްވެ، ދެމަފިރިންގެ ދެމެދުގައި ދުރުކަން އުފެދުމުން ސަލާމަތްވާނެއެވެ.

9. ރަހްމަތްތެރިކަމެއް ބިނާކުރާށެވެ.

އެކުވެރިކަމެއް ގާއިމުކުރުމުން ދެމަފިރިންގެ ގުޅުން ދެމެހެއްޓުމުގައި މަޖާކުރުމުން ޖަޒުބާތީ އެހީއެއް ލިބިގެންދާނެއެވެ.

10. ގުޅުން ބޮޑުކުރަން ހިފާށެވެ.

"ޕާފެކްޓް" ނުވަތަ އެންމެ ފުރިހަމަކުރާކަށް ނޫނެވެ. ޒަވާޖީ ދިރިއުޅުމުގެ ބޭނުމަކީ ދެމަފިރިން އެކުގައި ދެ މީހުންގެ ނަފުސު، ވަގުތާއި ހާލަތާ އެއްގޮތަށް ބަދަލުވެ، ތަރައްގީވުމަށް ފުރުސަތު ދިނުމާއި އެ ކަމަށް މަގުފަހިކުރުމެވެ. އެއީ ދެ މީހުންގައި އުނި ސިފަތަކެއް ނުހުންނާނެ ކަމަށް ބަލައިގެންނެއް ނޫނެވެ.

މި 10 ފިލާވަޅުން ގެރީ ޗެޕްމެން ބުނެދެނީ ހަގީގީ މާނައިގައި އަދި އިހުސާންތެރިކަމާއެކު ޒަވާޖީ ދިރިއުޅުމަކަށް އެދޭ މީހަކަށް، ކައިވެނިކުރުމުގެ ކުރިން ހުރިހާ ކަމަކަށް ލޯ ހުޅުވިފައިވާ ހާލު އެ ކަމަށް ތައްޔާރުވާނެ މުހިންމު ގޮތްތަކެވެ. ޒަވާޖީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލައި، ޒަވާޖީ ދިރިއުޅުމުގައި ލިބޭނެ އުފާތައް ވެސް ބަލައިގަންނާނެ ގޮތްތަކެވެ.

  • ތަރުޖަމާއެއް