މާތްރަސްކަލާނގެ ވޮޑިގެން ވާކަމުގެ ޢަޤްލީލު ދަލީލުތަކާއި ހެކިތައް ކަޝްފުވުން ހުރީ ޢިލްމެއްގެ އަލީގައި ދެނެގަނެވޭ ގޮތުމުގެ މައްޗަށް ބިނާވެފައެެވެ. އޭގެ ތެރޭގައި ކައުނީ ކަންތައްތަކުގެ ތެރެއިން ކޮންމެ އަހަރަކު އިރު ވަށައިގެން ދުނިޔެ ހިނގަމުންދާ ހިނގުން ދުނިޔޭގެ ނިސްބަތުން ބަލާއިރު ދުނިޔޭގެ ބިމުގެ އުތުރާއި ދެކުނާއި މެދަށް އިރު އައިސްގޮސް ވުމުގައި އަބަދާއި އަބަދު ދެމިހުންނަ ދެމިހުުން ހިމެނެއެވެ.
ޔާސީން ސޫރަތުގެ 38 ވަނަ އާޔަތުގެ ޢިލްމީ ސިއްރުތަކުގައި އިރުގެ މި ދައުރުވުމުގެ ޙަޤީޤަތްވެސް ހިމެނިގެން ވެއެވެ. ފަހެ، އެގޮތުގައި އެތައް މިލިޔަން އަހަރެއް ވޭތުވެދާ ހިނދުވެސް ޒައްރެއްގެ މިންވަރުގެ ތަފާތެއް އައުމެއްނެތި އިރު އެ ދައުރުވުން ސާބިތުވެ ދެމިހުންނަ ދެމިހުރުން ހިމެެނެއެވެ. އަދި އިރުގެ އެ ދައުރުވުމުގެ ސާބިތުކަން ހިސާބުގެ އަލީގައި ދެނެގަނެ ކަށަވަރު ކުރެވޭކަމީ، އެކަލާނގެ ވޮޑިގެންވާކަން ޢަޤްލީގޮތުން ދެނެގަނެވޭ ހެކިތަކުގެ ތެރެއިން ބޮޑުވެގެންވާ ހެއްކެއް ކަމުގައި ފުދި އިތުރުވެސް ވެއެެވެ. ޔާސީން ސޫރަތުގެ ފަސް ވަނަ އާތަރުގެ ޢިލްމީ ސިއްރުތަކުގެ ތެރޭގައި އިރުގެ އެ ދައުރުވުމުގެ ޙަޤީޤަތްވެސް ހިމެނިގެން ވެއެވެ.
މި ލިޔުމުގެ މަޤްޞަދަކީ، މިއަދު މާލެ މައްޗަށް އިރު އަންނަ އައުން ބަޔާންކުރުން ކަމުގައިވިޔަސް އެކަން ބަޔާން ކުރުމުގެ ކުރީގައި މާލެ މައްޗަށް އިރު އޮލަނބުވާކަން ހިސާބުގެ އަލީގައި ދެނެގަންނަ ގޮތް އާންމު ވިސްނުމަށް ފަސޭފައިން ވިސްނައިގަނެވޭނޭ ގޮތުގެ މިސާލެއް ހިމަނައިލުމަކީ ނުހަނު ބޭނުންތެެރި ކަމެއް ކަމުގައި ފެންނާތީ އެފަދަ މިސާލެއް ކުރިން ގެނައުމަށް އިސްކަން ދޭނަމެވެ.
އެކަން ވިސްނައިގަނެ ދެނެގަނެވޭނޭ ފަސޭހަ މިސާލެއް ބަޔާން ކުރާނަމަ އިރުގެ ފުލަށް (ނުވަތަ އިރުގެ ބިމާވީ ދިމާޔަށް) މޮހޮރެއް ޖަހާފައި އެ މޮހޮރުގައި އައްސައިގެން އޮލަނބެއް ލައިފިނަމަ އެ އޮލަނބުގެ ފޫ، ބިމުގައި ޖެހޭތަން ނުވަތަ ޕޮޒިޝަން އަބަދުވެސް ހިސާބުގެ އަލީގައި ދެނެގަނެވޭ ގޮތަށް ދުނިޔެ އިރުގެ ވަށައިގެން ކުޑަވެސް ހުއްޓިލުމެއް މަޑުޖެހިލުމެއްނެތި ފުރޮޅެމުން ހިނގަމުންދާ ދިއުން ހިސާބުގެ އަލީގައި ދެނެގަނެ ކަށަވަރު ކުރެވޭކުރުން ފުދެއެވެ. އެގޮތޮން ޙިސާބުގެ އަލީގައި މިއަދު އިރު މާލެމައްޗަށް އޮލަނބުވާކަން އެއްވެސް ތަފާތެއްނެތި ދެނެގަނެވެއެވެ.
މިއަދަކީ، އަހަރެއްގެ ތެރޭގައި އިރު މާލެމައްޗަށް އޮލަނބުވުމަށް ފުރުޞަތުލިބޭ ދެ ދުވަހުން އެއް ދުވަހެވެ. ދުނިޔޭގެ ބިމުގައި މާލެ އޮންނަ ތަނަކީ، އުތުރު ޢަރުޟުން 4 ދަރަޖަ 10 ދަގީގު 28 ސާނިޔާއެެވެ. އިރުމަތީ ޠޫލުން 073 ދަރަޖަ އާއި 30 ދަގީގާއި 33 ސާނިޔާއެެވެ. މިއަދު މާލޭގަޑިން މެންދުރު 12:10:04 ގައި އިރުގެ ޑިކްލިނޭޝަނަކީ، 04 ގަދަޖަ 16 ދަގީގ 48 ސާނިޔާއެވެ. އިރުގެ ލޯކަލް އަވަރ އެންގަލް އަކީ، 359 ދަރަޖަ 59 ދަހީގު 39 ސާނިޔާއެވެ. އެހެންކަމަށްވާތީ، މިއަދު މަލޭގަޑިން 12:10:04 ގައި އިރު ހުންނާނީ ސީދާ މާލެ މަތީގައެވެ.
އެހެންކަމުން މާލޭގައި ހުންނަ މީހާގެ ހިޔަނި އެވަގުތު ހުންނަނީ ސީދާ އެމީހެއްގެ ދަށުގައެެވެ. ސީދާ އޮލަނބަށް ހުންނަ ކޮންމެ އެއްޗެއްގެވެސް ހިޔަނި އެ އެއްޗެއްގެ ދަށަށް ވަދެ ފޮރުވިގެންދާނެއެވެ. އެވަގުތު އޮލަނބަށް ހުންނަ އެއްޗެއްގެ ހިޔަނި އެ އެއްޗެއްގެ އެއްވެސް ފަރާތަކަށް ނެއްޓި ފެންނާކަށެއް ނުހުންނާނެއެވެ.
ހުޅުލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި އެނޫންޗެސް މާލެ ވަށައިގެން ކައިރީގައި ހުރި ތަންތަނަށްވެސް އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި ފޮރުވިގެން ދާނެއެވެ.
މިފަދަ ކަންކަން ބަލައި ދެނެގަތުމީ މާތްރަސްކަލާނގެ ވޮޑިގެންވާކަމުގެ ޢަޤްލީ ދަލީލުތަކުން ޢަޤީދާ ތާޒާވޭވެ ހުންނާނޭ ކަންކަމެވެ. މާތްﷲ ވޮޑިގެނކާމެދު ފިކުރުކޮށް ހޯދައި ބަލައި ދެނެގަތުމަށް މަސައްކަތް ކުރުމަކީ، ބޮޑުވެގެންވާ ޢިބާދާތެއް މެއެވެ.
ޔޫނުސު ސޫރަތުގެ 101 ވަނަ އާތަރުގައި، މާތްﷲ، އެކަލާނގެ އަޅުތަކުންނަށް އަމުރު ކުރައްވާފައިވާ އަމުރުފުޅަށް ކިޔަމަން ގަތުމުގެ ޢަމަލީ ކަންކަމުގެ ތެރެއިންވާ ކަމެވެ.
