މި ރޯދަމަހަކީ، ދެކޭތައެއް ހިފާ ރޯދަމަހެކެވެ. ފުރަތަމަ ކޭތަ މިމަހުގެ 14 ވަނަދުވަހު، ދުނިޔޭގެ ހުޅަނގު ސަރަޙައްދު ތަކަށް ފެންނަގޮތަށް ހިފައި، ނިމި، ހިނގާއްޖެއެވެ. އެއީ، ފުރިހަމަ ހަނދުކޭތައެކެވެ.
ދެވަނަ ކޭތައަކީ މި މާރިޗު މަހުގެ 29 ވަނަދުވަހު ހިފާ އިރު ކޭތައެވެ. އެއީ، މުޅި ކޭތައެއް ނޫނެވެ. އެ ކޭތަ ހިފާނީ 93%ގެ މިންވަރަށެވެ. އެއީ، އެ ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނައިރު ދުނިޔޭގެ ބައްރަށް ފެންނާނެ މިންވަރެވެ. އެ ކޭތައިގެ ވަގުތުގެ މިންވަރަކީ 1:48 މިނިޓެވެ.
އެ ކޭތަ އެންމެ ބޮޑަށް ފެންނާނީ ކެނެޑާގެ ވިކޮޓޯރިއާ އައިލެންޑަށެވެ. އެއީ، އެ ކޭތަ ފުރިހަމަވާ ވަގުތެވެ. އެއީ، އެތަނަށް އެދުވަހު ހެނދުނު 6:53 އެވެ. އެއީ، މާލެއަށް ހަވީރު 6:53 އެވެ. އެއީ 12 ގަޑި އިރުގެ ވަގުތު ތަފާތުވުމެކެވެ.
މާލެއަށް އެދުވަހު ހަވީރު 6:15 ގައި އިރު އޮއްސޭނެއެވެ. އެކަމަކު، އެދުވަހު މާލެއަށް މަޣްރިބު ނަމާދު ބަންގި ގޮވާނީ އޭގެ ދެ މިނިޓު ފަހުން، 6:17 ގައެވެ.
ރާއްޖެއަށް އެ ކޭތަ ނުފެންނާނެ އެއް ސަބަބަކީ، އެ ކޭތަ ހިފާން ފަށާތާ ދެ މިނިޓު ތެރޭގައި ރާއްޖެއަށް އެދުވަހު އިރު އެއްސޭނެތީއެވެ. އެ ކޭތަ ހިފައި، ވީއްލާނީވެސް ރާއްޖެއަށް ރޭގަނޑުގެ ވަގުތުގައި ކަމަށް ވާތީއެވެ.
